ލަންކާ ސަރުކާރު ތަމްސީލް ކުރާ ޕާލިމެންޓު މެމްބަރުންގެ ގެތައް ކައިރީގައި މުޒާހަރާ

ސަރުކާރު ތަމްސީލް ކުރާ ހުރިހާ ޕާލިމެންޓް މެމްބަރުންގެ ގެތައް ކައިރީގައި މުޒާހަރާ އެބަ ކުރިއަށްދޭ. -- ފޮޓޯ: ޑެއިލީ މިރާ

ސަރުކާރު ތަމްސީލް ކުރާ ހުރިހާ ޕާލިމެންޓް މެމްބަރުންގެ ގެތައް ކައިރީގައި މުޒާހަރާ އެބަ ކުރިއަށްދޭ. -- ފޮޓޯ: ޑެއިލީ މިރާ

ޕާލިމެންޓުގައި ސްރީލަންކާ ސަރުކާރު ތަމްސީލް ކުރާ ހުރިހާ މެމްބަރުންގެ ގެތައް ކައިރީގައި އާއްމުން އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ އެއްވެފައިވާ މީހުން ގޮވަނީ ޕާލިމެންޓް މެމްބަރުން ވަގުތުން އިސްތިއުފާ ދިނުމަށް ކަމަށެވެ.

ބައެއް ހިސާބުތަކުގައި މުޒާހަރާ ހޫނުވެ، ފުލުހުން ބާރުގެ ބޭނުން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރިވުން އެނބުރި ގެތަކަށް ގޮސްފައެއް ނުވެ އެވެ.

ހޯމަ ދުވަހުގެ ހެނދުނު ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅު ކައިރިއަށް އެއްވި މީހުން ވަނީ ފުލުހުންގެ ބެރިކޭޑްތައް ވެސް ފަޅާލާފަ އެވެ.

އޭގެ އިތުރުން މުޒާހަރާއެއްގައި ބައިވެރިވާން މަސައްކަތް ކުރި ބުދު ދީނުގެ ފާދިރީއެއް އެ ތަނުން ދިޔުމަށް ވެސް މުޒާހަރާގެ ބައިވެރިން އެންގި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ލޮސް އެންޖެލިސްގައި ގޮތަބަޔާގެ ދަރިކަލުން ދިރިއުޅުއްވާ ގެ ކައިރިއަށް ވެސް ލަންކާ ރައްޔިތުން ވަނީ ޖަމާވެފަ އެވެ.

އާ ކެބިނެޓް އައްޔަނު ކުރުމުގެ މަސައްކަތް

އާދީއްތަ ދުވަހުގެ ރޭ ބޮޑު ވަޒީރު ފިޔަވައި ކެބިނެޓްގެ އެހެން ހުރިހާ މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެއީ އިންތިގާލީ ސަރުކާރަށް ޖާގަ ދިނުމުގެ ގޮތުންނެވެ.

ހޯމަ ދުވަހު ރައީސް ގޮތަބަޔާގެ ކުރިފުޅުމަތީގައި އާ ކެބިނެޓުގެ ހަތަރު މިނިސްޓަރު ހުވާކުރެއްވި އެވެ. ނަމަވެސް އެއީ ކުރީގެ ކެބިނެޓުގައި ވެސް ތިއްބެވި މިނިސްޓަރުންނެވެ.

ބެސިލް ރާޖަޕަކްސަގެ ބަދަލުގައި ފިނޭންސް މިނިސްޓަރު ކަމަށް އަލީ ސަބްރީ އަދި ފޮރިން މިނިސްޓަރު ކަމަށް ގީއެލް ޕީރިސް ހަމަޖައްސާފައިވާ އިރު، އެޑިއުކޭޝަން މިނިސްޓަރު ކަމަށް ދިނޭޝް ގުނަވަރްދެނަ އަދި ހައިވޭ މިނިސްޓަރަކަށް ޖޯންސްޓަން ފެނަންޑޯ ވަނީ އައްޔަނު ކުރައްވާފަ އެވެ.

ބައެއް ފަރާތްތަކުން ދަނީ އެއީ އާ ކެބިނެޓެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ކެބިނެޓުގައި ތިއްބެވި މެމްބަރުން އެހެން މިނިސްޓްރީތަކަށް އައްޔަނު ކުރުން ނުވަތަ "ކެބިނެޓް ރީޝަފްލް" އެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox