18 އަހަރުގެ އަލްކަރާޒް ތާރީހުގެ ތެރެއަށް: މިއީ ދެ ވަނަ ނަޑާލް؟

Apr 4, 2022, 7:36 AM
އަލްކަރާޒް މިއާމީ ޗެމްޕިއަން ޓްރޮފީ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

އަލްކަރާޒް މިއާމީ ޗެމްޕިއަން ޓްރޮފީ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 4) - ފައިނަލުގައި ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފާ އެކު ސްޕެއިނުގެ 18 އަހަރުގެ ޓެނިސް ތަރި، ކާލޯސް އަލްކަަރާޒް ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

އަންނަ މަހު 19 އަހަރު ފުރޭ އަލްކަރާޒް ރޭ ކުޅުނު މިއާމީ އޯޕަން ފައިނަލުގައި ރޫޑް އަތުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ މާ ބޮޑު ޕްރެޝަރުތަކެއް ނެތި އެވެ. ކޮންފިޑެންސާ އެކު އަލްކަރާޒްގެ މޮޅު ކުޅުން ތަކުރާރުކުރި މި މެޗުގައި ސެޓުތައް ދިޔައީ 7-5 6-4 އިންނެވެ. ދުނިޔޭގެ ރޭންކިން އަށް ވަނައިގައި އޮތް ރޫޑަށް މި މެޗުގައި އަލްކަރާޒް ހާސްކޮށްލެވޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ.

މިއީ ދުނިޔޭގެ ރޭންކިން 16 ވަނައިގައި އޮތް އަލްކަރާޒަށް ޓެނިހުގެ މާސްޓާސް 1000 ލެވަލްގެ މުބާރާތެއްގެ ތަށި ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އޭނާ މާސްޓާސް ލެވަލްގެ މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އަލްކަރާޒަށް ވުރެ ހަނގު އުމުރެެއްގައި އޭޓީޕީ މާސްޓާސް މުބާރާތެއް ކާމިޔާބުކުރީ ޓެނިސް ތާރީހަށް ބެލިޔަސް ދެ ކުޅުންތެރިއެކެވެ. އެއީ 18 އަހަރާއި ފަސް މަހުގައި 1990 ވަނަ އަހަރުގެ ޓޮރޮންޓޯ މުބާރާތް ކާމިޔާބުކުރި މައިކަލް ޗޭންގް އާއި އުމުރުން 18 އަހަރާއި 10 މަސް ދުވަހުގައި މޮންޓެ ކާލޯގައި ޗެމްޕިއަންކަން ހޯދި ސްޕެއިނުގެ ލެޖެންޑް، ރަފައެލް ނަޑާލް އެވެ.

މިއާމީ އޯޕަންގެ މެޗެއްގެ ތެރެއިން އަލްކަރާޒް ސަޕޯޓަރުންގެ ތަރުހީބަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދާދި ފަހުން 21 ވަނަ ގްރޭންޑް ސްލޭމް ޓެނިސް ތަށި (ޓެނިހުގެ އެންމެ ޝަރަފްވެރި މުބާރާތްތަކުގެ ތަށި) އުފުލާލައި ރެކޯޑް ހެދި ނަޑާލް އެންމެ ފުރަތަމަ މާސްޓާސް ތަށްޓެއް ގެނައީ 2005 ވަނަ އަހަރު އެވެ. އޭރު އަލްކަރާޒް އަދި ޓެނިސް ރެކެޓްގައި ވެސް އަތެއް ނުލަ އެވެ. އެކަމަކު، އަލްކަރާޒް ޓެނިހަށް ހިތްޖެހުނީ ނަޑާލްގެ ކުޅުން ފެނިފަ އެވެ.

"އަހަރެން އަބަދުވެސް ރަފާ (ނަޑާލް)ގެ ބޮޑެތި މެޗުތަކާއި ކެރިއަރުގެ ހާއްސަ ވަގުތުތަކުގެ ވީޑިއޯތައް ބަލަން. ވަރަށް ގިނަ ކަންތައްތައް އޭގެއިން ދަސްކުރަން،" މިދިޔަ މަހު އިންޑިއަން ވެލްސް މުބާރާތުގެ ސެމީ ފައިނަލުގައި ނަޑާލް އަތުން ބަލިވި އަލްކަރާޒް ބުންޏެވެ. "އަހަރެންގެ ޓެނިސް ކެރިއަރުގައި ކުރިއަށް ގެންދެވޭނެކަން އެބަފެނޭ،"

އިއްޔެ، އަލްކަރާޒަށް މިއާމީ އޯޕަން ތަށި ލިބުމާ އެކު އޭނާ އަށް އެންމެ ފުރަތަމަ މަރުހަބާކީ އެއް ކުޅުންތެރިއަކީ ނަޑާލް އެވެ. ނަޑާލް ޓްވިޓާގައި ލިޔެފައިވަނީ މިއީ އަލްކަރާޒްގެ ކެރިއަރުގައި ލިބޭނެ ގިނަ ކާމިޔާބީތަކުގެ ފެށުމެއް ކަމަށެވެ.

އަލްކަރާޒް ބުނީ ނަޑާލްގެ އެ މެސެޖަކީ އޭނާ އަށް ކެރިއަރުގައި ކުރިއަށްދާން ލިބޭނެ ހިތްވަރެއް ކަމަށެެވެ.

ޓެނިހުގެ ގިނަ ތަޖުރިބާކާރުން ދެކޭގޮތުގައި ނަޑާލް ދަމަހައްޓަމުން އައި ސްޕެއިނުގެ ޓެނިސް "ލެގަސީ" ދެން ކުރިއަށްގެންދާނެ ކުޅުންތެރިއަކީ އަލްކަރާޒް އެވެ. އުމުރުން 18 އަހަރުގައި އަލްކަރާޒްގެ ފަރާތުން ފެންނަ ޖެހިލުންކުޑަ ކުޅުމަކީ މީގެ އަހަރުތަކެއް ކުރިން ނަޑާލްގެ ކިބައިން ވެސް ފެނުނު ކަންތައްތައް ކަމަށް ކުރީގެ ޓެނިސް ކުޅުންތެރިން ވެސް އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox