ރާއްޖޭގައި ބާއްވާ ސައުތު އޭޝިއާ ޓީޓީ މުބާރާތް ޕްރޮމޯޓްކުރަން ރެޒޫމޯ މޯލްޑިވްސްއާ ހަވާލުކޮށްފި

Apr 4, 2022, 6:47 AM
ދާދި ފަހުން ކުރިއަށްދިޔަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދާދި ފަހުން ކުރިއަށްދިޔަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިވެހިރާއްޖޭގައި އަންނަ މަހު މަހު ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ޓީޓީ އެސޯސިއޭޝަނުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ރެޒޫމޯ މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

މި މުބާރާތަކީ ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ކުޅެ ޓީޓީން މެޑަލް ހޯދަން ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މި މުހިއްމު ފުރުސަތުގެ ބޭނުން ހިފަން ޓީޓީ ކުޅުންތެރިން ނުކުންނައިރު އެކަމަށް ހުރިހާ ދިވެހިންގެ ސަޕޯޓް ބޭނުންވާނެ ކަމަށެވެ. ރެޒޫމޯއާ އެކު ހެދި އެއްބަސްވުމާ އެކު އެކަން ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އައިއޯއައިޖީގެ މެޗެއްގެ ތެރެއިން ރަފާ އާއި ދީމާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ޓީމުގައި ހިމެނުނު ރާއްޖޭގެ ޓީޓީގައި މި ވަގުތު ތިބި އެންމެ ފުންނާބު އުސް ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. ދެކުނު އޭޝިއާގައި މިވަގުތު ތިބި އެންމެ އުންމީދީ ދެ ކުޅުންތެރިން ރާއްޖޭގައި ތިބުމާ އެކު މި ފަހަރު މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވީ ބޭނުންވަނީ މުބާރާތުގެ ފޯރި ދިވެހިންގެ ތެރޭ ގަދަކޮށްލައި އެ ކުޅުންތެރިންނަށް ދިވެހިންގެ ސަޕޯޓް ހޯދައިދިނުން ކަމަށެވެ.

"އަމިއްލަ ގައުމުގައި ކުޅުމުގެ އެޑްވާންޓޭޖް ކުޅުންތެރިންނަށް ލިބެން އޮންނާނީ ދިވެހިން މެޗުތައް ބަލަން ވަދެގެން. އެކަން ފުރިހަމަކުރަން މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން އެންމެ ފުރިހަމައަށް ހާސިލްކުރެވޭނީ ސްޕޮންސަރުންގެ އެހީތެރިކަން ލިބިގެން ކަމަށާއި އެކަމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ދިވެހި ކުޅުންތެރިން އަމިއްލަ ގައުމުގައި، ގައުމަށް ރީތި ނަން ހޯދައިދޭން މި ނުކުންނަނީ. އެކަމަށް ސްޕޮންސަރުންގެ އެހީ ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ މަހު 9-11 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން ބައިވެރިވެ އެވެ.

ސައުތު އޭޝިއާ ޖޫނިއާ މުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވަން ލިބުނީ މިދިޔަ އަހަރު އެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު ސަބަބުން ރާއްޖޭގައި ނުބޭއްވުނެވެ. މި އަހަރު ލަންކާގައި ސައުތު އޭޝިއާ މުބާރާތް ބާއްވަން ލިބިފައި އޮތް ފުރުސަތު ރާއްޖެ އަށް ދޫކޮށްލިއިރު، އެންމެ ފުރަތަމަ މުބާރާތް ބާއްވަން ނިންމީ މިދިޔަ މަހު އެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިވާ ބައެއް ގައުމުތަކުގެ ކޮވިޑް ހާލަތުގެ ސަބަބުން މުބާރާތް ފަސްކުރަން އެދުމުން މެއި މަހު ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox