ލަންކާ ކެބިނެޓުގެ އިސްތިއުފާއާ އެކު އާ ސަރުކާރު އިއުލާނު ކުރަނީ

ލަންކާ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް. -- ފޮޓޯ: އަޑަޑެރަނަ

ލަންކާ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް. -- ފޮޓޯ: އަޑަޑެރަނަ

ސްރީލަންކާ ރައްޔިތުންގެ ފިއްތުންތައް ކުރިމަތިވެ އާދީއްތަ ދުވަހުގެ ރޭ ކެބިނެޓް އިސްތިއުފާ ދިނުމާ އެކު ވަރަށް އަވަހަށް އިންތިގާލީ ސަރުކާރު އިއުލާނު ކުރަން ތައްޔާރުވެއްޖެ އެވެ.

އިގްތިސާދީ ކާރިސާއާ މެދު ހިތްހަމަނުޖެހިފައި ތިބި ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން، 11 ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރީ އާދީއްތަ ދުވަހުގެ މެންދުރެވެ.

އެ ބައްދަލުވުމުގައި ޕާޓީތަކުން ހުށަހެޅީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާ ސަރުކާރު އިއުލާނު ނުކުރާ ނަމަ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެލްއެސްއެފްޕީގެ 14 ޕާލިމެންޓު މެމްބަރުން ސަރުކާރާ ވަކިވާނެ ކަމަށް ބުންޏެވެ.

ސިޔާސީ ހަމަޖެހުމަށް ޖާގަ ދިނުމުގެ ގޮތުން ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ނޫސްތަކަށް މައުލޫމާތު ދިނެވެ.

އެއާ އެކު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން ނިންމަވާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކުރި އެވެ. އެހެން ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ބޮޑު ވަޒީރުގެ އޮފީހުން އެ ހަބަރުތައް ދޮގުކުރި އެވެ.

އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކެބިނެޓް މިނިސްޓަރު ރައީސް އާއި ބޮޑު ވަޒީރާ އެކު ބޭއްވި ބައްދަލުވުމެއް ގިނަ ވަގުތުތަކެއް ވަންދެން ކުރިއަށް ދިޔަ އެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޔޫޓު މިނިސްޓަރު ކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ.

އޭގެ ފަހުން ޖަސްޓިސް މިނިސްޓަރު އަލީ ސަބްރީ ވެސް އިސްތިއުފާ ހުށަހެޅުއްވި އެވެ. އެއާ އެކު ކެބިނެޓުގެ ބާކީ ހުރިހާ މިނިސްޓަރުން ވެސް އިސްތިއުފާގެ ސިޓީގައި ސޮއިކުރަން އެއްބަސްވި އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ އިސްތިއުފާގެ ސިޓީތަކާ އެކު ބޮޑު ވަޒީރު އަންގާރަ ދުވަހުގެ ހެނދުނު ރައީސްއާ ބައްދަލުކުރައްވާނެ ކަމަށެވެ. އެއަށްފަހު މިއަދު ވަގުތެއްގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ނުވަތަ ބަޔާނެއް ނެރުއްވާނެ ކަމަށް ބެލެވެ އެވެ.

ލަންކާގެ ކެބިނެޓް އިސްތިއުފާ ދިން ނަމަވެސް، އަންގާރަ ދުވަހުގެ ހެނދުނު ވެސް އެކި ހިސާބުތަކުގައި ރައްޔިތުންގެ މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެހެންކަމުން ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox