މެސީ، އެމްބާޕޭ އަދި ނޭމާގެ ގޯލުތަކުން ޕީއެސްޖީ އަށް މޮޅެއް

Apr 3, 2022, 9:03 PM
ލަނޑު ޖެހުމަށް ފަހު ނޭމާ، މެސީ އަދި އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ނޭމާ، މެސީ އަދި އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 4) - ފްރެންޗް ލީގުގައި މިރޭ ކީލިއަން އެމްބާޕޭ، ލިއޮނަލް މެސީ އަދި ނޭމާ، ލީގުގެ އެއް މެޗެއްގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް ގޯލު ޖަހައިދިންއިރު، އެ ޓީމުން 5-1 އިން ލޮރިއެންޓް އަތުން މޮޅުވެއްޖެ އެވެ.

މެސީ، މި ސީޒަނުގައި ޕީއެސްޖީއާ ގުޅުނު ފަހުން އެއް މެޗެއްގައި ނޭމާ އާއި އެމްބާޕޭއާ އެކު ލަނޑު ލިސްޓަށް ފުރަތަމަ ފަހަރަށް އެރިއިރު، ތިން ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނެވެ. މެޗުގެ ފުރަތަމަ ގޯލަކީ މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަނުން ޖެހި ގޯލެކެވެ. މެޗުގެ 12 ވަަނަ މިނިޓްގައި މެސީ ހުސް ތަނަށް ދިނީ އެމްބާޕޭ އަށެވެ. އޭނާ ހުސްކޮށްލާފައި ދިން ބޯޅަ ނޭމާ ވަނީ އޭރިއާތެެރެއިން ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލު ޖަހަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕީއެސްޖީގެ މެދުތެރޭގައި ގިނަ މެޗުތަކެއް ކުޅެމުން އަންނަ ސެނެގާލް މިޑްފީލްޑަރު އިދްރީސާ ގާނާ ގޭއި އެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ލޮރިއެންޓުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ލޮރިއެންޓަށް މި ގޯލު ޖަހައިދިނީ ތަރޭމް މޯފީ އެވެ. މި ގޯލާ އެކު ލޮރިއެންޓަށް ކުޑަ ދިރުމެއް ލިބުނު ނަމަވެސް އިތުރު ގޯލެއް ޖެހޭވަރުގެ ކުޅުމެއް ނުދެއްކުނެވެ. ޕީއެސްޖީ ފެނުނީ މާ ވަރުގަދަކޮށެވެ.

ޕީއެސްޖީގެ ތިން ވަަނަ ގޯލު ޖެހުމަށް ފަހު ހަކީމީ (ކ) އާއި އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 67 ވަަނަ މިނިޓްގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން އެމްބާޕޭ ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖަހައި، ޕީއެސްޖީ އަށް އަލުން ދެ ގޯލުގެ ލީޑެއް ނަަގައިދީފަ އެވެ. ޕީއެސްޖީން ފަހުން ޖެހި ދެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، އެމްބާޕޭ އެވެ. އެ ގޮތުން މެޗުގެ 73 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ މެސީ އަށް ގޯލު ޖަހަން ބޯޅަ ދީފަ އެވެ. މިއީ މެސީ މި ފަހަރު ލީގުގައި ކުޅުނު 19 މެޗުގައި ޖެހި ތިން ވަނަ ގޯލެވެ. މެސީ ވަނީ 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މެޗުގެ އިތުރު ވަގުުތުގައި ނޭމާ، ޕީއެސްޖީގެ ފަސް ވަނަ ގޯލު ޖެހީ ވެސް އެމްބާޕޭ ރަނގަޅު ވަގުތުގައި ދިން ބޯޅައަކުންނެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އަށް މިއީ އެ ޓީމުގެ ޖޯޒީގައި އިންޑިވިޖުއަލީ އެންމެ ރަނގަޅު ސީޒަނެެވެ. އެމްބާޕޭ މި ސީޒަނުގައި މިހާތަނަށް ކުޅުނު 38 މެޗުން ވަނީ 28 ގޯލު ޖަހައި 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ފްރެންޗް ލީގުގެ ބާކީ އަށް މެޗަށް ދާއިރު، ޕީއެސްޖީ އެއް ވަނައިގައި އޮތީ 30 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި މާސޭ އޮތީ މިރޭ ސެއިން އެޓިއެން އަތުން 4-2 އިން ހޯދި މޮޅާ އެކު 30 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox