މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން އުޅޭ ކަމަށް ފެތުރޭ ހަބަރުތައް ބޮޑު ވަޒީރުގެ މީޑިއާ ސެކެޓްރީއިން ދޮގުކޮށްފި އެވެ.

އިސްތިއުފާ ދޭން އުޅޭ ހަބަރު ދޮގުކުރި ނަމަވެސް، ޑެއިލީ މިރާ ނޫހުން ބުނީ އިދިކޮޅު މެމްބަރުންނާ އެކު ވަރަށް އަވަހަށް އާ ކެބިނެޓެއް ހުވާ ކުރާނެ ކަމަށެވެ.

އެގާރަ ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނާ އެކު އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީތަކުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރަށް ހުށަހެޅުއްވީ އިންތިގާލީ ސަރުކާރެއް ގެނައުމަށެވެ.

އެ ސަރުކާރުގައި މުޅިން އާ ބޮޑު ވަޒީރެއް ހުރުން މުހިއްމު ކަމަށް ޕާޓީތަކުން ބުންޏެވެ. އެހެންކަމުން މަސްދަރުތަކާ ހަވާލަދީ ލަންކާގެ ނޫސްތަކުން ކުރިން ބުނީ މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް 11 ސިޔާސީ ޕާޓީ ހިމެނޭ ކޯލިޝަނުން އެންމެ ފުރަތަމަ ގޮވާލީ ހޮނިހިރު ދުވަހު އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް ފްރީޑަމް ފްރަންޓް (އެންއެފްއެފް) ގެ ލީޑަރު ވިމާލް ވީރަވަންސަ ވިދާޅުވީ އިގްތިސާދާ ގުޅޭ ރޭވުން ހަދަން ޖެހޭނީ ޕާލިމެންޓުގައި ރައްޔިތުން ތަމްސީލް ކުރާ ހުރިހާ ޕާޓީއެއް އެކުގައި ކަމަށެވެ. އޭގެ ފަހުން ގާނޫނު އަސާސީއާ އެއް ގޮތްވާ ގޮތަކަށް މުޅިން އާ ކެބިނެޓެއް އެކުލަވާލަން އޭނާ ގޮވާލެއްވި އެވެ.

ޕިވިތުރު ހެލާ އުރުމަޔާ (ޕީއެޗްޔޫ) ގެ ލީޑަރު އުދެޔާ ގައްމަންޕިލަ ވިދާޅުވީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރެވުމާ އެކު، އާ އިންތިހާބެއް ބާއްވަން އިއުލާން ކުރަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވީ ރައްޔިތުން ބަނޑުހައި ހޫނުކަމާއި ކަނު އަނދިރީގައި ދިރިއުޅެމުންދާ އިރު، ދަރަނި ދެއްކުމަށް ސަރުކާރުން ހަތް ބިލިއަން ޑޮލަރު ހޭދަކުރަން އުޅޭ ކަމަށެވެ. އޭނާ ގޮވާލެއްވީ ދަރަނި ދެއްކުން މެދުކަނޑާލުމަށެވެ.

ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ސަރުކާރަށް ގޮވާލީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށެވެ. އެ ޕާޓީއިން ބުނީ އިންތިގާލީ ސަރުކާރެއް ގާއިމް ނުކުރާ ނަމަ، ވެރިކަން ކުރާ ކޯލިޝަނުން އިސްތިއުފާ ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox