ކާފިއުއަށް ބެލުމެއް ނެތި ލަންކާގައި މުޒާހަރާ، ހާލަތު ގޯސް

ލަންކާގެ ޔުނިވާސިޓީ ދަރިވަރުން މީގެ ކުރިން މުޒާހަރާއެއް ރޫޅާލަން ބާރު ސްޕީޑުގައި ފެން ޖަހަނީ. -- ފޮޓޯ: ނިއުސް ފަސްޓް

ލަންކާގެ ޔުނިވާސިޓީ ދަރިވަރުން މީގެ ކުރިން މުޒާހަރާއެއް ރޫޅާލަން ބާރު ސްޕީޑުގައި ފެން ޖަހަނީ. -- ފޮޓޯ: ނިއުސް ފަސްޓް

ސްރީލަންކާގައި ހިންގަމުންދާ ކާފިއުއަށް ބެލުމެއް ނެތި ޔުނިވާސިޓީ އޮފް ޕެރަޑެނިޔާގެ ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކޮށްފި އެވެ.

ކެންޑީގައި ކުރިއަށް ދިޔަ އެއްވުން ރޫޅާލަން ފުލުހުން ވަނީ ކަރުނަ ގޭހާއި ބާރު ސްޕީޑުގައި ފެން ޖަހާފަ އެވެ. އެއީ ޕެރަޑެނިޔަ ޔުނިވާސިޓީ ސްޓުޑަންޓްސް ޔޫނިއަނުން ރޭވި މުޒާހަރާ އެކެވެ.

ކެންޑީގެ އިތުރުން ވެރިރަށް ކޮލޮމްބޯގެ އިންޑެޕެންޑެން ސްކޮޔާއަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ވަނީ ސަޕޯޓަރުންނާ އެކު ވަޑައިގެންފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހުން ވެސް ހުއްޓުވާފަ އެވެ.

ލަންކާގެ އިދިކޮޅު ފަރާތްތަކުން އެއްވުމުގައި. -- ފޮޓޯ: ޑެއިލީ މިރާ
ލަންކާގެ އިދިކޮޅު ފަރާތްތަކުން އެއްވުމުގައި. -- ފޮޓޯ: ޑެއިލީ މިރާ

ލަންކާގެ އިދިކޮޅު ފަރާތްތަކުން އެއްވުމުގައި. -- ފޮޓޯ: ޑެއިލީ މިރާ

އިދިކޮޅު ލީޑަރާ އެކު ގިނަ އަދަދެއްގެ އިދިކޮޅު ޕާލިމެންޓް މެމްބަރުން ވެސް އެ އެއްވުމުގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރަތު ފޮންސެކަ އަދި ޕަޓަލި ޗަމްޕިކަ ރަނަވަކަ ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑުގައި ތިބި ލަންކާ ރައްޔިތުން ވެސް ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން ނިއުޒީލޭންޑްގެ އޯކްލޭންޑް އަދި އޮސްޓްރޭލިއާގެ ޕާތު، ބްރިޒްބޭން، ސިޑްނީ އަދި މެލްބާންގައި ދިރިއުޅޭ ލަންކާ ރައްޔިތުން އެއްވުންތައް ބޭއްވި އެވެ.

ގައުމުން ބޭރުގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެއިލީ މިރާ
ގައުމުން ބޭރުގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެއިލީ މިރާ

ގައުމުން ބޭރުގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެއިލީ މިރާ

ގައުމުގެ ހާލަތާ މެދު ހިތްހަމަނުޖެހި ސުލްހަވެރިކަމާ އެކު ހިޔާލު ފާޅު ކުރަން މަސައްކަތް ކުރުމުން، ކާފިއު ހިންގައި ރައްޔިތުންނަށް އިތުރަށް ގޮންޖެހުންތައް ޖައްސަމުންދާ ކަމަށް އެ މީހުން ބުންޏެވެ.

ލަންކާ ސަރުކާރުން ނިންމާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ކާފިއު ހިންގުމަށެވެ. އެގޮތަށް ނިންމީ އާދީއްތަ ދުވަހު ރައްޔިތުން މުޒާހަރާއަށް ނުކުންނަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox