އަދަދުން ބަލައިލަން ރޯދަމަހުގެ އެންމެ ހާއްސަ ޕްރޮގްރާމްތައް

Apr 4, 2022, 4:54 AM
އަދަދުން ބަލައިލަން ރޯދަމަހުގެ އެންމެ ހާއްސަ ޕްރޮގްރާމްތައް

އަދަދަށް ވަންނަ އިރު މައި ސަފުހާގެ މަތީ ބެނާގެ ވާތު އަރިމަތިން އެ ފެންނަ "ރޯދަ އަދަދު" އަކީ މި ރޯދަމަހު އަދަދުގެ ކިޔުންތެރިންނަށް އެންމެ ޝައުގުވެރި އާ ކޮންޓެންޓު ބަލާލައި ކިޔާލަން ލިބޭނެ ހާއްސަ ސަފުހާ އެވެ. އެއީ އަދަދު ނޫހުން ރޯދަމަހަށް ހާއްސަކުރާ ސެގްމެންޓެވެ. މި ސެގްމެންޓުގައި ހިމަނާ ވީޑިއޯތަކާއި ލިޔުންތަކުން މިހާރުގެ ދިރިއުޅުމާއި، މީހުންނާއި، އާދަކާދައާއި ސިޔާސީ މަސްރަހުގެ އެކި ވާހަކަތައް އަޑު އަހާލައި ކިޔާލަން ލިބޭނެ އެވެ. ދީނީ މައުލޫމާތާއި ފިލާވަޅުތަކާއި، ރޯދަމަހުގެ ސުފުރާމަތި ތައްޔާރުކުރާނެ ގޮތުގެ ހިޔާލުތަކުން ފެށިގެން، ދިވެހި ތާރީހުގެ އެހާރާއި ހަމަ އަށެވެ. އިޝްގީ ލޯތްބާއި ދިރިއުޅުމުގެ ވާހަކަތަކެވެ.

މި ހިމަނާލަނީ "އަދަދު" ޓީމުން ރޯދަމަހަށް ހާއްސަކޮށް އުފައްދައި ސްކްރީނާ ހަމައަށް ގެނެސްދީފައިވާ ޝޯތަކެވެ.

ކުޅިކޮށް

"ކުޅިކޮށް" އަކީ ސިޔާސީ ޓޯކް ޝޯ އެކެވެ. އެކަމަކު އާންމުކޮށް ފެންނަ ޝޯތަކާ ތަފާތު ފީލެއްގެ ޝައުގުވެރި ކޮންސެޕްޓެއްގެ ގޮތުގައި މި ޝޯގެ މިދިޔަ އަހަރުގެ އެޕިސޯޑް ތަކަށް ކިޔުންތެރިންގެ ތަރުހީބާއި ތައުރީފު ވަނީ ލިބިފަ އެވެ.

ކުޅިކޮށް ގެ ހޯސްޓް، އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސައިން ފިޔާޒު މޫސާއާ އެކު ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 9:00 ގައި ދައްކާ މި ޝޯގައި މެހުމާނުން ހޭދަކުރާ ވިއްސަކަށް މިނިޓަކީ ކުޅިކޮށް ކަމުން ދެފަރާތުގެ މެދުގައި "ހޫނު" ސުވާލާއި ޖަވާބު ބަދަލުކުރާ ޕްރޮގްރާމެކެވެ. އެހެންވީމާ ސިޔާސީ "ގޮސިޕް" އާއި ސިއްރުތަކާއި ތުހުމަތުތަކާއި ރައްދު ޖަވާބުތައް މި ޕްރޮގްރާމާއެކު ހޭދަކުރާ ވަގުތުކޮޅުގެ ތެރޭގައި ލިބޭނެ އެވެ.

ލުއި ޝޯ

އިޝްގީ ލޯތްބާއި ކައިވެންޏާއި ވަރީގެ އެކި ކަހަލަ މިސާލުތައް އަހަރެމެންގެ މި މުޖުތަމައުން އަދަދު ނުކުރެވޭ ވަރަށް ނަގާލެވޭނެ އެވެ. މިއީ އާއިލީ އެއްވުންތަކާއި އެކުވެރިންގެ ބައްދަލުވުންތަކުގައި ކުރާ ސަމާސާ ތަކުން ވެސް ޖާގަ ހޯދާ މައުލޫ ތަކެކެވެ. ނުރަސްމީ ބަހަކުން ބުނާނަމަ އެންމެ "ހޮޓް ގޮސިޕް" އެވެ.

"ލުއި ޝޯ" ގައި ބައިވެރިވާނީ ސިޔާސީ ވަޒީފާތަކާއި، ސީރިއަސް މަގާމު ތަކުގައި އުޅޭ މަޝްހޫރު މީހުންނާއި އެމީހުންގެ ހަޔާތުގެ ބައިވެރިންނެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓީވީ ޕްރެޒެންޓަރު އަޒްލިފާ އަބްދުﷲ ހޯސްޓު ކުރާ މި ޝޯގެ މައިގަނޑު ފޯކަސް އަކީ ލޯތްބާއި، ކައިވެންޏާއި، ގޮންޖެހުންތަކާއި، އާންމުކޮށް މީހުންނަށް އެމީހުންނާ ބެހޭގޮތުން އެނގި ފެންނަ ކަންތައްތަކުގެ ފަހަތުގައި ފޮރުވިފައިވާ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެވެ.

'ލުއި ޝޯ'ގެ އެޕިސޯޑްތައް ދައްކާނީ ކޮންމެ ބުދަ ދުވަހެއްގެ ރޭ 9:00 ގަ އެވެ.

މީރު ބައިޓްސް

'މޯލްޑިވިއަން އައިޑޮލް' އިން މަޝްހޫރުކަން ހޯދި ޕްރެޒެންޓަރު އާމިނަތު މައުރީނާ (މައު) ހުށަހަޅައިދޭ މި ޝޯ އަކީ ކައްކާ ޝޯ އެކެވެ. ރޯދަ މަހު ބަދިގޭގެ ކެއްކުން ފަސޭހަ ވާ ގޮތަށް، ގޭތެރެއިން ލިބެން ހުންނަ، ނުވަތަ މާލެއިން ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ކެއުން ތައްޔާރުކުރާނެ ގޮތުގެ ހިޔާލުތައް މައު ހިއްސާކުރެ އެވެ.

ދާދި ފަހުން ކަލިނަރީ އާޓްސް އިން ކިޔެވުން ފުރިހަމަކޮށް، ޝެފެއްގެ ސެޓްފިކެޓް ހޯދި މައުގެ އަމިއްލަ ގޭގެ ބަދިގޭގައި ޝޫޓުކޮށްގެން ނަގާފައިވާ މި ޝޯ އަކީ ރޯދަމަހު ބުރަކޮށް އުޅޭ ޒުވާނުންނަށް ކަމުދާނެ ހިތްގައިމު ޝޯ އަކަށް ވާނެ އެވެ.

އެހާރުން

ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރު 2:00 ގައި ގެނެސްދޭން ހަމަޖެހިފައިވާ މި ޝޯ އަކީ ދިވެހި ތާރީހާއި އިހުގެ ވާހަކަތަކަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ޝައުގުވެރި މައުލޫމާތުތަކެއް ލިބޭނެ ޝޯ އެކެވެ.

ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ހުށަހަޅައިދެއްވާ މި ޝޯގައި ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަމާއި ތުންތުން މަތިން ދެކެވޭ ވާހަކަތަކަށް ތަފާތު ނަޒަރަކުން ވާހަކަ ދައްކާނެ އެވެ. އަދި ތާރީހާ ގުޅުންހުރި އާ މައުލޫމާތާއި ވާހަކަތައް ވެސް ހިއްސާކުރާނެ އެވެ.

ސުންދުސް

އަޅުކަމުގެ މައްސަރުގައި، އަޅުކަމާއި ދީނީ މައުލޫތަކާ ގުޅޭ ފިލާވަޅުތަކާއި ދަރުސް ތަކަކީ ދައްކައި އަޑުއަހަން އެންމެ މުނާސަބު ވާހަކަތަކެވެ.

އަދަދު ގެ 'ސުންދުސް' ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ މި ރޯދަމަހު، ދީނީ މައުލޫމާތު ވީހާވެސް ބޮޑަށް ކިޔުންތެރިންނާއި ބެލުންތެރިންނަށް ފޯރުކޮށްދިނުމެވެ. ކޮންމެ ދުވަހަކު ވެސް އާ އެޕިސޯޑެއް ގެނެސްދިނުމުގެ ބޭނުމަކީ ވެސް މިއީ އެވެ.

ޕްރޮގްރާމް ހުށަހަޅައިދެއްވާނީ ދީނީ އިލްމުވެރިޔާ، ޑރ ޝަހީމް އަލީ ސައީދު އެވެ.

ގޮނޑި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުގެ ކުރިމަތީގައި ރައްޔިތުންގެ އުންމީދުތަކާއި އުދާސްތައް ރަމްޒުކުރުމުގެ ބޮޑު ޒިންމާ ބޮލުއަޅައިގެން ތިބި މީހުންނެވެ. އެކަމަކު މަޖިލީހެއްގެ މިގޮނޑި އަކަށް ހޮވިވަޑައިގެންނެވުމަށްފަހު މެންބަރުންނާއި ރައްޔިތުންނާ ދެމެދު ގިނަ ފަހަރަށް ލެވެނީ ބޯ ފާރެކެވެ.

އަދަދުގެ 'ގޮނޑި' ޕްރޮގްރާމް އަކީ މި ފާރު ފޫދުއްވާލައި، ރައްޔިތުންގެ ފަރާތުން، މެންބަރުންނާ ކުރަން ބޭނުންވާނެހެން ހީވާ ސުވާލުތަކާއި ވާހަކަތައް އޮޅުންފިލުވުމުގެ މަގްސަދުގައި ގެނެސްދޭ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ގެންސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 2:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox