އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެޕްރީލް 1 އިން އަންނަ މެއި 7 އާ ހަމަޔަށެވެ. އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މުޅި ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓު ބީއެމްއެލް އިން ދޭނެ އެވެ. އަދި، ދަތުރުގައި ބޭނުންކުރުމަށް 1،000 ޑޮލަރު ވެސް ދޭނެ އެވެ.
އޭގެ އިތުރުން، ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިޔަކު ހޮވުމަށް ބޭންކުން ވަނީ ނިންމާފަ އެވެ. ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 އެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެކްސްކުލޫސިވުކޮށް އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ދެމުންދާ ބޭންކެވެ. އަދި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަނީ ވެސް ބީއެމްއެލް އިންނެވެ.







