އިންތިގާލީ ސަރުކާރެއް ގާއިމް ކުރާ ނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދޭނަން: ނަމާލް

ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ.

ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ.

އިންތިގާލީ ސަރުކާރެއް ގެންނަން ޕާލިމެންޓުން ފާސްކޮށްފި ނަމަ ސިޔާސީ އެއްބައިވަންތަ ކަމަށް ޖާގަ ދިނުމުގެ ގޮތުން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އިގްތިސާދީ ކާރިސާއާ ގުޅިގެން އާއްމުން ރުޅި ގަދަވެ ސަރުކާރުގެ އިސްތިއުފާއަށް ގޮވަން ފަށާފައި ވަނިކޮށް 11 ސިޔާސީ ޕާޓީއަކުން ވަނީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް ފަހު އާ އިންތިހާބަކަށް އިއުލާނު ކުރުމަށް ބާރު އަޅާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޑެއިލީ މިރާ ނޫހަށް ނަމާލް ވިދާޅުވީ މިއީ އިންތިހާބަކަށް ދާންވީ ވަގުތު ނޫން ކަމަށާއި ނަމަވެސް އިންތިގާލީ ސަރުކާރެއް ގާއިމްކޮށްފި ނަމަ ސިޔާސީ އެއްބައިވަންތަ ކަމަށް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ޑެއިލީ މިރާ ނޫހުން ބުނީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރަން ޕާޓީތަކުން ގޮވާލުމާ އެކު، ސަރުކާރުގެ ތެރޭގައި އެކަން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމާލް ވިދާޅުވީ މި ވަގުތު އިގްތިސާދީ އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށާއި ތެލުގެ ދަތިކަމާއި ގޭހުގެ ދަތިކަން އަދި ހަކަތައިގެ ކާރިސާ ހައްލު ކުރަން އަވަސް ފިޔަވަޅު އަޅަމުންދާ އިރު، ގައުމު ކުރިއަށް ގެންދަން ސިޔާސީ އެއްބައިވަންތަކަން ވެސް ބޭނުންވާ ކަމަށެވެ.

"މިކަން އަޅުގަނޑުގެ ސިކުނޑީގައި ބަހައްޓައިގެން، އިންތިގާލީ ސަރުކާރެއް ގާއިމްކޮށްފި ނަމަ، ހުރިހާ މަގާމަކުން އިސްތިއުފާ ދޭނަން،" ނަމާލް ވިދާޅުވި ކަމަށް ޑެއިލީ މިރާ ނޫހުގައިވެ އެވެ.

ލަންކާއަށް ދިމާވެފައިވާ ކާރިސާގައި ސަރުކާރުގެ އިސްތިއުފާއަށް އާއްމުން ގޮވަމުންދާ އިރު، އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ވަނީ ވެރިކަމުގައި އޮތް ރާޖަޕަކްސަ އާއިލާއަށެވެ.

ރައީސްގެ މަގާމުގައި ގޮތަބަޔާ ރާޖަޕަކްސަ ހުންނެވި އިރު ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވީ ރައީސްގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ރައީސްގެ ކޮއްކޯފުޅު ބެސިލް ރާޖަޕަކްސަ އެވެ. ނަމާލްއަކީ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox