ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި

ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ކުރިއަށް ދިޔަ މުޒާހަރާގައި މީހަކު ހުޅު ޖަހަނީ. -- ފޮޓޯ: އޭޕީ

ބުރާސްފަތި ދުވަހުގެ ރޭ ސްރީލަންކާގައި ކުރިއަށް ދިޔަ މުޒާހަރާގައި މީހަކު ހުޅު ޖަހަނީ. -- ފޮޓޯ: އޭޕީ

ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށް، ހުޅަނގު ޕްރޮވިންސްގައި ހަ ގަޑިއިރު ވަންދެން ކާފިއު ހިންގަން ރައީސް ގޮތަބަޔާ ރާޖަޕަކްސަ ނިންމަވައިފި އެވެ.

ކުއްލި ހާލަތު އިއުލާނު ކުރީ އާއްމު ރައްކާތެރިކަމާއި، ހަމަޖެހުން ގާއިމްކޮށް، ހިދުމަތާއި ތަކެތި ސަޕްލައި ކުރުމުގައި ހުރަސްތައް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް ގެޒެޓުގައި ޝާއިއުކުރި އަމުރުގައިވެ އެވެ.

މުޅި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އިރު، ހުޅަނގު ޕްރޮވިންސްގައި ކާފިއު ހިންގީ ހަ ގަޑިއިރުގެ މުއްދަތަކަށެވެ. ހޮނިހިރު ދުވަހު ހެނދުނު 06:00 ގައި ކާފިއު ވަނީ ނިންމާލާފަ އެވެ.

ރޭ ދަންވަރު ކާފިއު ހިންގީ ކޮލޮމްބޯގެ އެކި ހިސާބުތަކުގައި އާއްމުން މުޒާހަރާ ކުރަން ފެށުމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ވެސް މުޒާހަރާއެއް އޮތެވެ.

ރައީސްގެ ގެކޮޅު ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އެއްވުމުގައި ހަމަނުޖެހުން އުފެދި، ނޫސްވެރިން ހިމެނޭ ގޮތަށް 45 މީހުން ހައްޔަރު ކުރި އެވެ.

ލަންކާ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށީ ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ކާރިސާއަށް ހައްލު ނުލިބި ދިގުލައިގެން ގޮސްފައި ވާތީ އެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރަކަށް ކަރަންޓުގެ ހިދުމަތް ކަނޑަމުންދާ އިރު، އާއްމު ދިރިއުޅުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން ގޮވާލަނީ ސަރުކާރުގެ އިސްތިއުފާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox