ވޯލްޑް ކަޕްގައި ސްޕެއިނާއި ޖަރުމަނު އެއް ގްރޫޕަކަށް

Apr 1, 2022, 8:28 PM
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާއި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (އޭޕްރީލް 1) - ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިނާއި ޖަރުމަނު އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ގްރޫޕް އީގައި ސްޕެއިނާއި ޖަރުމަނުގެ އިތުރުން ދެން އޮތީ ޖަޕާން އެވެ. ދެން މި ގްރޫޕަށް ވަންނާނީ ކޮސްޓަ ރީކާ އާއި ނިއު ޒީލެންޑް ބައްދަލުކުރާ ޕްލޭއޮފުން މޮޅުވާ ޓީމެކެވެ. ސްޕެއިނަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. އަދި ޖަރުމަނުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕުން ވަނީ ލަދުވެތި ގޮތަކަށް ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އޭގެ ފަހުން ޖަރުމަނު ފުޓްބޯޅަ އަށް ވަނީ އެއް ފެންވަރެއްގައި ދަމަހައްޓަމުން އައި ރަނގަޅު ރެކޯޑް ކުރިއަށް ނުގެންދެވިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނުނީ ބަލިނުވެ ވޯލްޑް ކަޕުގެ ޖާގަ ހޯދި ޑެންމާކާއި އެފްރިކާގެ ޕްލޭއޮފް ކާމިޔާބުކޮށްގެން ވޯލްޑް ކަޕްގެ ޖާގަ ހޯދި ޓިއުނީޝިއާގެ އިތުރުން ދެން މި ގްރޫޕްގައި ބާކީ އޮތް ޖާގަ އަށް ތިން ޓީމެއް ވާދަކުރެ އެވެ. އެއީ އޭޝިއާގެ އޮސްޓްރޭލިއާ އާއި ޔޫއޭއީގެ އިތުރުން ދެކުނު އެމެރިކާގެ ޕްލޭއޮފް ޖާގަ ހޯދި ޕެރޫ އެވެ.

ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގެ އެއް ވަނައިގައި އޮތް، ފަސް ފަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ބްރެޒިލް ލައްވާލީ ސާބިއާ އާއި ސްވިޒަލެންޑް އަދި ކެމަރޫނާ އެއް ގްރޫޕެއްގަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބްރެޒިލް، ސާބިއާ އަދި ސްވިޒަލެންޑް ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ދެން އެ ގްރޫޕްގައި އޮތީ ކޮސްޓަ ރިކާ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕްތައް އެތުރިފައިވާ ގޮތުގެ ފޮޓޯއެއް.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ހޯސްޓް، ގަތަރު ހިމެނުނީ އެކުއެޑޯ، ސެނެގާލް އަދި ނެދަލެންޑްސްއާ އެކު ގްރޫޕް އޭގަ އެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އިންގްލެންޑް ގްރޫޕް ބީގައި އޮތީ އީރާނާއި އެމެރިކާގެ އިތުރުން ޕްލޭއޮފުން ހޮވޭ ޓީމަކާ އެކު އެވެ. އެ ގްރޫޕަށް ދެން ވަންނާނީ ޕްލޭއޮފްގައި ވޭލްސް އާއި ޔޫކްރެއިން އަދި ސްކޮޓްލެންޑްގެ ތެރެއިން އަންނަ ޓީމެކެވެ.

މެސީ އާއި ރޮނާލްޑޯ ފަހު ވޯލްޑް ކަޕްގައި ރަނގަޅު ގްރޫޕްތަކަކަށް

މި ފަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އާއި ޕޯޗުގީސް ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ. އާޖެންޓީނާ އާއި ޕޯޗުގަލް ހިމެނިފައިވަނީ ނިސްބަތުން ބަލާއިރު، އުނދަގޫ ގްރޫޕަކަށެވެ.

އާޖެންޓީނާ އޮތީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އަދި ޕޮލެންޑާ އެކު ގްރޫޕް ސީގަ އެވެ. ޕޯޗުގަލް އޮތީ ގާނާ، އުރުގުއޭ އަދި ދެކުނު ކޮރެއާއާ އެއް ގްރޫޕަކަށެވެ.

ޕޯޗުގަލް އަށް މިއީ އުނދަގޫ ގްރޫޕެކެވެ. ޔޫރަޕްގެ ޕްލޭއޮފް ބުރުގައި ކުޅެގެން ވޯލްޑް ކަޕްގެ ޖާގަ ޕޯޗުގަލް އިން ހޯދިއިރު، މި ގްރޫޕްގައި އޮތް ގާނާ އިން ވަނީ އެފްރިކާގެ ޕްލޭއޮފް ބުރުގައި ނައިޖީރިއާ ކަޓުވާލައިފަ އެވެ. އުރުގުއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮތީ ދެކުނު އެމެެރިކާގެ ކޮލިފައިންގެ ހަތް ވަނައިގަ އެވެ. އެކަމަކު، ފަހު މެޗުތަކުގައި ކުރި ހިތްވަރުން އުރުގުއޭ ވަނީ ދެކުނު އެމެރިކާގެ ތިން ވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕްގެ ޖާގަ ހޯދައިފަ އެވެ. ދެން، މި ގްރޫޕްގައި އޮތް ދެކުނު ކޮރެއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު އަތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވި ޓީމެކެވެ.

ގާނާ އާއި އުރުގުއޭ ކުޅޭ މެޗު ހާއްސަވާނެ އެއް ކުޅުންތެރިއަކީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އަށެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ގާނާ މޮޅުވާން ވެގެން ގޯލަށް ފޮނުވާލި ބޯޅައެއް ސުއަރޭޒް ވަނީ އަތުން މަތަކޮށްފަ އެވެ. ސުއަރޭޒަށް ރަތް ކާޑު ދައްކައި، ގާނާ އަށް ދިން ޕެނަލްޓީ އަސަމޮއާ ޖިޔާން ޖެހުމުން އަމާޒުވީ ހުރަސްދަނޑިއަށެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު މި މެޗުގައި ގާނާ ބަލިވީ އެވެ. އެ މެޗަށް ފަހު ވޯލްޑް ކަޕެއްގައި މިއީ ގާނާ އާއި އުރުގުއޭގެ ފުރަތަމަ ކުރިމަތިލުމެވެ.

މި އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ގަތަރު ކުޅޭނީ އެކުއެޑޯއާ އެވެ. އެރޭ އެ ގްރޫޕްގެ އަނެއް މެޗުގައި ސެނެގާލް އާއި ނެދަލެންޑްސް ބައްދަލުކުރާނެ އެެވެ. ދެން އެރޭ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އިންގްލެންޑުން އީރާނާ ކުޅޭއިރު، އެމެރިކާ ކުޅޭ ޓީމެއް އެނގޭނީ ޕްލޭއޮފް މެޗުތައް ފުރިހަމަވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox