ލަންކާ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލަނީ، ރައީސްގެ ފޭސްބުކް ޕޭޖުގައި ހިޔާލު ފާޅު ނުކުރެވޭ ގޮތް ހަދައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ (ކ) އަދި ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭބޭފުޅު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ.

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ (ކ) އަދި ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭބޭފުޅު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި އާއްމު ދިރިއުޅުމަށް ހުރަސް އެޅިފައި ވާތީ، ގިނަ ބަޔަކު ނުރުހުން ފާޅު ކުރަން ފެށުމާ އެކު، ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ފޭސްބުކް ޕޭޖުގައި ކޮމެންޓު ނުކުރެވޭ ގޮތް ހަދައިފި އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ގޮތަބަޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ހަރަކާތްތަކުގެ މައުލޫމާތާ އެކު ޕޭޖު ގަވާއިދުން އަޕްޓޭޑް ކުރަމުން ދިޔަ ނަމަވެސް، އާއްމުންނަށް އެއްވެސް ހިޔާލެއް ފާޅު ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ. އެކަމަކު ޕޯސްޓުތަކަށް ރިއެކްޓުކޮށް، ޝެއާ ކުރެވެ އެވެ.

އެ ބަދަލު ގެނައީ ބުދަ ދުވަހު އެވެ. ލަންކާ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅު ކުރަން ފެށީ، އިގްތިސާދީ ކާރިސާގައި ކޮންމެ ދުވަހަކު ވެސް ގަޑިއިރުތަކެއް ވަންދެން ކަރަންޓުގެ ހިދުމަތް ކެނޑުން ފަދަ އެތައް ގޮންޖެހުންތަކާ ކުރިމަތިވާން ފެށުމުންނެވެ.

ގޮތަބަޔާގެ ގެކޮޅު ކައިރިއަށް އާއްމުން އެއްވެފައި. -- ފޮޓޯ: ޑެއިލީ މިރާ
ގޮތަބަޔާގެ ގެކޮޅު ކައިރިއަށް އާއްމުން އެއްވެފައި. -- ފޮޓޯ: ޑެއިލީ މިރާ

ގޮތަބަޔާގެ ގެކޮޅު ކައިރިއަށް އާއްމުން އެއްވެފައި. -- ފޮޓޯ: ޑެއިލީ މިރާ

ރުޅި ގަދަވެފައި ތިބި ގިނަ އަދަދެއްގެ އާއްމުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ގޮތަބަޔާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާކޮށްފަ އެވެ. އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ހަރަކާތްތެރިވި އެވެ.

އަންނަ އާދީއްތަ ދުވަހު ވެސް ރައްޔިތުންގެ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. ސޯޝަލް މީޑިއާ އާއި ސޯޝަލް ނެޓްވޯކްތަކުގައި އުޅޭ އެތައް ހާސް އާއްމުން ރާވަމުންދާ މުޒާހަރާއަށް ބައެއް ސިޔާސީ ޕާޓީތަކުން ވެސް ތާއީދުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox