އާންމުން ކުރާ ވިޔަފާރިތަކަށް ވަންނަން ކުންފުނި އުފައްދަން ކައުންސިލުތަކުން ހުށަހަޅާ: އަލީ ނިޔާޒް

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: މަޖިލިސް

އާންމުން ކުރާ ވިޔަފާރީތަކުގެ ތެރެއަށް ވަންނަން، ކުންފުނި އުފައްދަން ބައެއް ކައުންސިލްތަކުން ހުށަހަޅަމުންދާ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަތޮޅު އަދި ރަށު ކައުންސިލުތަކަށް މާލީ ބާރުވެރިކަންދީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ވަނީ ތަނަވަސްކޮށްދީފަ އެވެ.

ގާނޫނުން ބޮޑެތި ބާރުތަކެއް ލިއްބައިދީފައިވީ ނަމަވެސް، ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފެއްދުމުގެ ހުއްދަ މިހާތަނަށް ސަރުކާރުން ދީފައިނުވާކަމުގެ ޝަކުވާ ކައުންސިލުންތަކުން އަންނަނީ ކުރަމުންނެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ކުންފުނީގެ ބިލަށް ބަހުސް ކުރައްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދަން ޖެހެނީ، ރަށެއްގެ ނޫނީ އަތޮޅެއްގެ ތަރައްގީގެ ޕްލޭނުގައި ހިމެނިފައިހުރި ކަންކަން ފުއްދުމަށްޓަކައި އެވެ.

އަދި، އެއީ އެހެން އާންމު ވިޔަފާރިތަކަށް ވެސް ގެއްލުންނުވާ ގޮތަށް، އާންމު ވިޔަފާރިތަކަށް ނުވަދެވޭ ގޮތަށް، އާންމުންނަށް ނުކުރެވޭ ވިޔަފާރިތަކަށް ޑިވެލޮޕްމަންޓް ޕްލޭންގައި ހުރި ކަންކަން ހާސިލު ކުރުމަށްޓަކައި އުފައްދަންޖެހޭ ކުންފުނިތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ކުންފުނިތައް ނުއުފެއްދިގެން ބައެއް ކައުންސިލުތަކުން ޝަކުވާ ކުރަމުންދާތީ، އެކަން ލަސްވަމުންދާ ސަބަބުގެ ހަގީގަތް ބެއްލެވިއިރު، ވަރަށް އާދައިގެ ކަންތައްތަކަށް ކުންފުނި އުފައްދަން ކައުންސިލުތަކުން އެދިފައި ހުރި ކަމަށް އަލީ ނިޔާޒް އިއްޔެ ހާމަކުރެއްވި އެވެ.

"މިސާލަކަށް، ރަށެއްގެ ގެސްޓްހައުސް ހިންގުމަށްޓަކައި ކުންފުންޏެއް އުފައްދަން. އަޅުގަނޑު މި ދެންނެވީކީ އެކަމަށް އެދިފައި އޮތް ވާހަކައެއް ނޫން. މިއީ އާންމުކޮށް ރަށުގައި އިގުތިސޯދު ހިންގުމަށްޓަކައި އާންމު ވިޔަފާރިވެރިން ކުރާ ވިޔަފާރިއެއް. އެ ވިޔަފާރި ކުރުމަށްޓަކައި ކައުންސިލުތަކުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހިންގުމަކީ އެއީ، އެންމެ ރަނގަޅު ގޮތެއް ކަމަކަށް؛ އަދި އެއީ މި ގާނޫނުގެ ރޫހެއް ކަމަކަށް ވެސް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.

ލާމާރުކަޒީ ގާނޫނުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރެވޭނެ ވިޔަފާރިތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް ހަދާ ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަލީ ނިޔާޒް އިއްޔެ ހާމަކުރެއްވި ގޮތުގައި އެ ގަވައިދު މިހާރު އެކުލަވާލެވި، ބަންޑާރަ ނައިބުގެ ލަފައަކަށް ވަނީ ފޮނުވިފަ އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި މިހާރު ގަވާއިދު، އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފަޔަކަށް ފޮނުވާފައިވީ. މި ހަފްތާގެ ތެރޭގައި އަނބުރާ ލިބުނީމާ، މި އަންނަ ހަފްތާ ނުވަތަ މި އަންނަ މަހުގެ ތެރޭގައި ލޯކަލް އޮތޯރިޓީގެ ކުންފުނިތައް އުފެއްދުމަށް ކައުންސިލުތަކަށް އެ އިހުތިޔާރު ނުވަތަ އެ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ގަވައިދު ހެދުނު ނަމަވެސް އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ރަށުގެ ތެރޭގައި އާންމުން ކުރާ ވިޔަފާރިއަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފެއްދުމުން ބޭނުންވާ މަގުސަދު ހާސިލުނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox