މުޅި ސްރީލަންކާއިން 13 ގަޑިއިރަށް ކަރަންޓު ކަނޑަނީ

ތެލުގެ ދަތިކަމާ ހެދި ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަމުން ދާތީ ލަންކާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ހުރަސް އެޅިފައި. -- ފޮޓޯ: އޭޕީ

ތެލުގެ ދަތިކަމާ ހެދި ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަމުން ދާތީ ލަންކާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ހުރަސް އެޅިފައި. -- ފޮޓޯ: އޭޕީ

ބުރާސްފަތި ދުވަހު މުޅި ސްރީލަންކާއިން 13 ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފި އެވެ.

ލަންކާގެ އިގްތިސާދީ އަދި މާލީ ކާރިސާގައި ތެލުގެ ދަތިކަން ކުރިމަތިވެ، ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ވަގުތުތަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަމުންނެވެ.

ކަރަންޓު ކަނޑާފައި ހުންނަ ވަގުތު އިތުރުވަމުންދާ އިރު ބުރާސްފަތި ދުވަހު 13 ގަޑިއިރަށް ކަރަންޓު ކަނޑަން ފާސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ވަގުތުން ވަގުތަށް ތެޔޮ ނުލިބޭ ނަމަ، އަންނަ ހަފްތާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް މަދުވެގެން 10 ގަޑިއިރަށް ކަރަންޓު ކަނޑަމުން ދާނެ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ މާޗް ފަސް ވަނަ ދުވަހުގެ ކުރިން ހައްލު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ކެބިނެޓް ބައްދަލުވުމެއްގައި ވިދާޅުވި ނަމަވެސް، ކަރަންޓު އުފައްދާ ޕްލާންޓުތަކަށް ބޭނުންވާ ވަރަށް އަދިވެސް ތެޔޮ ފޯރުކޮށްނުދެވޭ ކަމަށް ނޫސްތަކުން ބުނެ އެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަން (ސީޕީސީ) އިން ބުދަ ދުވަހު ބުނީ އޭޕްރިލް މަހު އެއްވެސް ދަތިކަމެއް ނެތި ޑީސެލް، ޕެޓްރޯލް އަދި ޖެޓް ފިޔުލް ވެސް ސަޕްލައި ކުރެވޭނެ ކަމަށެވެ.

ސީޕީސީގެ ޗެއާމަން ސުމިތު ވިޖޭސިންގެ ނޫސްވެރިންނަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ކަރަންޓު ބޭނުން ކުރުން 35 ޕަސެންޓު މައްޗަށް ޖެހުނު ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެޔޮ އިމްޕޯޓް ކުރަން 1.2 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ ތެޔޮ އެތެރެ ކުރަން ފަސް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބޭނުން ކުރުން އާދަޔާ ހިލާފަށް މަތިވެފައިވާ ސަބަބެއް މިހާތަނަށް ނޭނގޭ ކަމަށާއި ސަބަބު ދެނެގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox