ކްލަބެއް ހޯދަން ޑިބާލާގެ އޭޖެންޓް އިންގްލެންޑަށް

Mar 30, 2022, 2:39 PM
ކްލަބެއް ހޯދަން ޑިބާލާގެ އޭޖެންޓް އިންގްލެންޑަށް

ލަންޑަން (މާޗް 30) - މި ސީޒަނަށް ފަހު ޔުވެންޓަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އާ ކްލަބެއް ހޯދަން ކުރާ މަސައްކަތުގައި އޭނާގެ އޭޖެންޓް އިންގްލެންޑްގެ ޓީމުތަކަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުވެންޓަސް އިން ޖެނުއަރީ މަހު ފިއޮރެންޓީނާ އަށް ބޮޑު އަގުދީފައި ސާބިއާގެ ފޯވާޑް ޑޫސާން ވްލަހޯވިޗް ގެނައީ ޑިބާލާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވާތީ އެވެ. އެކަން ޔުވެންޓަސްގެ ސީއީއޯ މައުރީޒިއޯ އަރީވަބެނޭ ވަނީ އިޓަލީގެ މީޑިއާ އަށް ޔަގީންކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ޔުވެންޓަސް އިން 2025 ވަނަ އަހަރާ ހަމައަށް ޑިބާލާ އަށް އާ ކޮންޓްރެކްޓެއް ދިނީ މިހާރު ދެމުން އަންނަ މުސާރަ އަށް ވުރެ ކުޑަ އަދަދަކަށް އެއްބަސްވުމަށެވެ. އެކަމަކު، ޑިބާލާ ބޭނުންވަނީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. ޑިބަލާ މި ވަގުތު ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ ބޯނަހާ އެކު އަހަރަކު 16 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

ޔުވެންޓަސް އިން ކޮންޓްރެކްޓް އާ ކުރަން ޑިބާލާ އަށް ހުށަހެޅީ އަހަަރަކު ބޯނަހާ އެކު 14 މިލިއަން ޑޮލަރެވެ. އެ ހުށަހެޅުމަށް ޑިބާލާގެ ފަރާތުން އެއްބާރުލުމެއް ނުލިބި އެންމެ ފަހުން އޭނާ ދޫކޮށްލަން ޔުވެންޓަސް އިން ނިންމީ އެވެ.

އުމުރުން 28 އަހަރުގެ ޑިބާލާގެ އޭޖެންޓް، ޖޯޖް އަންޓުން ވަނީ މިހާތަނަށް އިންގްލެންޑްގެ މެންޗެސްޓާ ސިޓީ، ޓޮޓެންހަމް އަދި އާސެނަލާ މަޝްވަރާތަކެއް ބާއްވައިފަ އެވެ.

މީގެ ކުރިން އަންޓުން ވަނީ އިންޓަ މިލާންގެ އިސް ވެރިންނާ އެކު ޑިބާލާގެ ޓްރާންސްފާގެ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފަ އެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކުރިން ޕަލާމޯ އަށް ކުޅުނު ޑިބާލާ ގެންނަން އިންޓަ އިން ވެސް ދޭން ނިންމީ ކުޑަ މުސާރައެކެވެ. އެހެންވެ، އަންޓުން ނިންމީ އެހެން ކްލަބްތަކާ މަޝްވަރާކުރުމަށެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިނގިރޭސި ކްލަބަކުން ޑިބާލާ ގަޔާވާ ހުށަހެޅުމެއް ނުލިބިއްޖެނަމަ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ އެކު ވެސް އަންޓުން ވާހަކަދައްކާނެ އެވެ. އެއީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ މީގެ ކުރިން ޑިބާލާގެ ސޮއި ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox