ސުޕީރިއާ ކޯޓެއްގެ އިސް ގާޒީއަކަށް ފުރަތަމަ ފަހަރަށް އަންހެނެއް، ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުޒައިފާ

ފެމިލީ ކޯޓަށް މިއަދު އިސް ގާޒީގެ ގޮތުގައި އައްޔަނުކުރި ހުޒައިފާއަށް ޖޭއެސްސީގެ ރައީސް ހިސާން ފަތްކޮޅު އަރުވަނީ؛ ހުޒައިފާ އަކީ ސުޕީރިއާ ކޯޓަކަށް އައްޔަނުކުރި ފުރަތަމަ އަންހެން އިސް ގާޒީ. ފޮޓޯ: ޖޭއެސްސީ

ފެމިލީ ކޯޓަށް މިއަދު އިސް ގާޒީގެ ގޮތުގައި އައްޔަނުކުރި ހުޒައިފާއަށް ޖޭއެސްސީގެ ރައީސް ހިސާން ފަތްކޮޅު އަރުވަނީ؛ ހުޒައިފާ އަކީ ސުޕީރިއާ ކޯޓަކަށް އައްޔަނުކުރި ފުރަތަމަ އަންހެން އިސް ގާޒީ. ފޮޓޯ: ޖޭއެސްސީ

ސުޕީރިއާ ކޯޓެއްގެ އިސް ގާޒީކަމަށް އައްޔަނުކުރި ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައި ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޒައިފާ މުހައްމަދު މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަނުކޮށްފި އެވެ.

ގާޒީ ހުޒައިފާއަކީ މެޖިސްޓްރޭޓް ކޯޓުތަކަށްވުރެ މަތިީ ފަންތީގައިވާ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓަކަށް އައްޔަނުކުރި އެންމެ ފުރަތަމަ އަންހެން އިސް ގާޒީ އެވެ. އޭނާއަށް މިއަދު މަގާމުގެ ފަތްކޮޅު އެރުއްވީ އެކަމަށް އޮތް ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

ޖޭއެސްސީން ބުނީ ގާޒީ ހުޒައިފާ އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކޮށްގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ގާޒީ ހުޒައިފާ އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.

މި ހިނގާ މާޗު މަހުގެ 10 ވަނަ ދުވަހު ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޯޓުގައި މިހާރު ތިއްބެވި ގާޒީންނަށެވެ. އެ އިއުލާނުގައި އިސް ގާޒީގެ މަގާމަށް ހޮވޭ ފަރާތަކަށް ޖުމްލަ 42،375ރ. މުސާރައިގެ ގޮތުގައި ލިބޭނެކަމަށް ވެ އެވެ. އެއީ، އަސާސީ މުސާރައިގެ ގޮތުގައި 31،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 1،375ރ. އެވެ.

އޭގެ އިތުރުން ވެސް ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން އިސް ގާޒީ ހުޒައިފާއަށް ފޯނު އެލަވަންސެއް ވެސް ލިބޭނެ އެވެ. އަދި، ހަމައެއާއެކު މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

އިސް ގާޒީގެ މަގާމަށް ޖޭއެސްސީން އިއުލާންކުރީ ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީގެ ގޮތުގައި މީގެ ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ އަދީބު ނިމިދިޔަ ޑިސެމްބަރުގެ ތެރޭ ރިޓަޔާ ކުރެއްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox