ރިސޯޓު ތަރައްގީކުރަން ބިޑު ލިބުނީ ނުވަ ރަށަށް

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް: ބޮޑު އަގުތަކެއް ވަނީ ހުށަހަޅައިފަ  -- ފޮޓޯ: އަދަދު ފައިލް

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް: ބޮޑު އަގުތަކެއް ވަނީ ހުށަހަޅައިފަ -- ފޮޓޯ: އަދަދު ފައިލް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ރަށްތައް ދޫކުރުމުގެ ތިން ވަނަ މަރުހަލާގައި ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން ނުވަ ރަށަކަށް, ވަރަށް ބޮޑެތި ބިޑު ލިބިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެ 18 ރަށުގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގައި އެވެ. އޭގެ ތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.

މިފަހަރު ބީލަމަށް ހުޅުވައިލި ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި، ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައު އެވެ.

ބީލަމަށް ހުޅުވާލި ރައްތަކުގެ ތެރެއިން ރ. ށ. އަދި ލ. އަތޮޅު އެއްވެސް ރަށަކަށް ބިޑެއް ނުލިބެ އެވެ. ރ. އަތޮޅުން ބީލަމަށްލީ އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު ބިމެވެ.

ލ. އަތޮޅު ކަށިދޫ - 3.1 ހެކްޓަރާއި ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު ބިމެއް ބީލަމަށް ހުޅުވާލި އެވެ. އަދި ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު ބިމެއް ރިސޯޓު ތަރައްގީކުރަން ހުޅުވާލި އެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ނަލަ ނަލަ އަދި ދަތުރު ކުރުމުގަ ފަސޭހަ ރަށްތަކަށް ބޮޑެތި އަގުތަކެއް ވަނީ ބީލަމުގައި ހުށަހަޅާފަ އެވެ. އެގޮތުން، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓުތަކުގެ އެންމެ މަދު މިންވަރަށްވުރެ 250 ޕަސެންޓް އެވްރެޖްކޮށް ބޮޑެވެ.

އަދި، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓަށްވުރެ 929 ޕަސެންޓު ބޮޑު އަދަދެކެވެ.

ހުޅުވާލި ރައްޔަތަކަށް 29 ބީލަން ފޮތް ގަނެފައިވާއިރު 13 ފަރާތަކުން ވަނީ ތަފާތު 9 ރަށަކަށް 18 ބީލަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން:

  • ހއ. އަތޮޅުގެ ދެ ރަށަކަށް ތިން ބީލަން،
  • މ. އަތޮޅުގެ ރަށަކަށް ދެ ބީލަން
  • ފ. އަތޮޅުގެ ދެ ރަށަށް އަށް ބީލަން
  • ތ. އަތޮޅުގެ ރަށަކަށް އެއް ބީލަން
  • ގއ. އަތޮޅުގެ ރަށަކަށް އެއް ބީލަން
  • ގދ. އަތޮޅުގެ ދެ ރަށަށް ތިން ބީލަން

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox