ފަޅުރަށްތައް ސަލާމަތްކުރަން ބ. އަތޮޅު ކައުންސިލުން މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން، ބ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ކަންބޮޮޑުވުންތައް އަޑު އައްސަވަނީ: ކައުންސިލުން ކައިރި ރަށްތަކުން މަންފާ ނެގެންޖެހޭނެ ކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން، ބ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ކަންބޮޮޑުވުންތައް އަޑު އައްސަވަނީ: ކައުންސިލުން ކައިރި ރަށްތަކުން މަންފާ ނެގެންޖެހޭނެ ކަމަށް -- ފޮޓޯ: މަޖިލީހުގެ އިދާރާ

ބ. އަތޮޅުގައި ރިސޯޓްތައް ހިންގާ ކުންފުނިތަކުން އެ އަތޮޅުގެ ފަޅުރަށްތައް ހަލާކުކުރާ ކަމުގެ ޝަކުވާ އެއަތޮޅުގެ އަތޮކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އުފުލައިފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން ބ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރީ އެކަަމަށް އެދި އެކައުންސިލުން ފޮނުއްވި ސިޓީއަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. ކައުންސިލަރުން ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ އެ އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން، އެކި ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލާ ހަވާލުކޮށްދޭން ސަރުކާރުގައި އެދެން އެކައުންސިލުން ފާސްކުރި ގަރާރަކުން ނިންމާފައިވާ ކަމަށެވެ. މީހުން އުޅޭ ރަށްރަށުގެ ކައިރީގައިވާ ފަޅުރަށްތަކުގެ ތެރެއިން މިހާރު ކުއްޔަށް ނުދީ ހުރި ރަށްތައް، މަންފާވާ ގޮތަށް ބަލަހައްޓަން، އެ ރަށްރަށުގެ ކައުންސިލާ ހަވާލުކޮށްދޭން އެދެން ވެސް އެ ގަރާރުގައި ވެ އެވެ.

ކައުންސިލުން ފާސްކޮށްފައިވާ ގަރާރު

އަފްރާހު ވިދާޅުވި ގޮތުގައި ބ. އަތޮޅު ކައުންސިލުގެ ހަތަރުވަނަ ބައްދަލުވުމުން ފާސްކުރި ގަރާރުގައި ހަތް ކަމެއް ކުރަން އެބަ އޮތެވެ. އެ ކަންތައްތަކަކީ:

  1. ރިސޯޓްތަކުން މިހާރު ހިލޭ ބޭނުންކުރަމުން އަންނަ ފިނޮޅުތަކެއް ކުއްޔަށް ދިނުން.
  2. އެންވަޔަރްމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ރަށްތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުން.
  3. މީހުން އުޅޭ ރަށްތަކުގެ ކައިރީގައިވާ ފަޅުރަށްތައް، އަތޮޅު ކައުންސިލަށް މަންފާވާ ގޮތަށް. އެރަށްރަށުގެ ކައުންސިލާ ހަވާލުކުރުން
  4. ޓޫރިޒަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އަމަލުކުރަމުން ގެންދާ ރަށްރަށުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުން.
  5. ވަރުވާއަށް ދޫކޮށްފައިވާ ރަށްތައް އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރުން.
  6. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފިނޮޅުތަކަށް ކައުންސިލްގެ ހުއްދަނެތި އެރުން މަނާކުރުން.
  7. ބަޔޯސްފިޔާ ރިޒާވް ހިންގުން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުން.

ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަފްރާހް ވިދާޅުވި ގޮތުގައި އެ ގަރާރުގައިވާ ކަންތައްތައް ކައުންސިލުން ވަނީ ކަމާ ބެހޭ މިނިސްޓްރީތަކަށް މިހާރުވެސް ވަނީ ހުށަހަޅައިފަ އެވެ.

"އެގޮތުގެ މަތިން އަޅުގަނޑުމެން މިވަނީ ފިޝަރީޒް މިނިސްޓްރީއަށާއި އެންވަޔަރްމެންޓް މިނިސްޓްރީއަށް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

އަަފްރާހް ވިދާޅުވީ އެއްވެސް ރަށެއް އަދި ފިނޮޅެއް ވެސް އަތޮޅުކައުންސިލާ ހަވާލުކުރެވެން ނެތް ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ޖަވާބުދީފަ އެވެ. އެހެން ނަމަވެސް އަތޮޅު ކައުުންސިލްގެ ބެލުމުގެ ދަށުގައި މިހާރު ހުރި ރަށްތަކުގެ މަންފާ ކައުންސިލަށް ނެގިދާނެކަމަށް ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް، ކައުންސިލަަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލަށް މިކަމުގައި މިހުރި ގޮންޖެހުންތަކަކީ، އަތޮޅު ކައުންސިލްގެ މެމްބަރުން މި ނިންމި ނިންމުން ތަންފީޒުކުރުމުގައި ސަރުކާރުގެ އިދާރާތަކުން އަޅުގަނޑުމެންނަށް އެކަށީގެންވާ އެއްބާރުލުން ނުދިނުން،" އަފްރާހު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބ.ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ ފަޅުރަށްތަކުގެ ހާލަތު ބަލަން ބ. އަތޮޅު ކައުންސިލުން ނެގި ކޮމިޓީއަކުން އަތޮޅުގެ ހުރިހާ ފަޅުރަށަކަށް ގޮސް ހާލަތު ބަލާފައިވާ ކަމަށެވެ. ފަޅުރަށްތަކަށް ގޮސް ބެލި އިރު ބައެއް ރަށްރަށުގެ ހާލަތު ހުރީ ލޮލުން ކަރުނަ އަންނަހާ ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާފިއު އަކީ ފަޅުރަށްތައް ބަލަން ދިޔަ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ކައުންސިލަރެކެވެ.

"ބައެއް ރަށްރަށް އެބަހުރި، ރިސޯޓް ހަދާފައި ކައިރީގައި އޮތް ރަށް ނަގާފައި އެބަހުރި، އެ ރިސޯޓުން އެޅި ކުނިން، ހަމަ ރީތި ކުޅިތައް ވެސް އެބަހުރި ހިއްކާލާފައި. އެކަމަކު އެންވަޔަރްމެންޓް މިނިސްޓްރީއަކަށް ވެސް އީޕީއޭއަކަށް ވެސް މިކަންކަމެއް ނުފެނޭ،" ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ހާލަތު އެހެން ހުރި އިރު އެރަށްތައް ހަވާލުކޮށްފައި ވަނީ ކޮންކޮން ބަޔަކާ ކަން ވެސް އަތޮޅު ކައުންސިލަކަށް ނޭނގެ އެވެ. އެ މައުލޫމާތު ސާފުކުރަން ފިޝަރީޒް މިނިސްޓްރީއަށާއި އެންވަޔަރްމެންޓް މިނިސްޓްރީއަށް ލިޔެގެން ވެސް އެކަން އޮޅުން ނުފިލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީތަކަަކަށް ނޭނގޭ އެރަށްތައް ހަވާލުކޮށްފައި ހުރީ ކޮންކޮން ބަޔަކާ ކަމެއް. ސިޓީ ފޮނުވާލީމާ ބުނަނީ އޭ ތިމަންނަމެންނަކަށް ނޭނގޭ. އަނެއް މިނިސްޓްރީއަށޭ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކަމެއް މިއީ ބަލައިގަންނަން،" ޝާފިއު ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލުގެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފަހު ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކޮމިޓީން މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox