ލަންކާއަށް ބޭހުގެ ދަތިކަން، ބައެއް ސާޖަރީތައް ވެސް ހުއްޓުމަކަށް

ޕެރަޑެނިޔަ ހޮސްޕިޓަލް.

ޕެރަޑެނިޔަ ހޮސްޕިޓަލް.

ބޭހާއި އެހެނިހެން މެޑިކަލް ތަކެތީގެ ދަތިކަން ކުރިމަތިވެ، ސްރީލަންކާގެ ޕެރަޑެނިޔަ ޓީޗިން ހޮސްޕިޓަލްގެ ހުރިހާ ޝެޑިއުލް ސާޖަރީތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.

ހޮސްޕިޓަލް ޑިރެކްޓަރު ޑރ. އެޗް އެމް އަރްޖުނާ ތިލަކަރަތުނަ ޑެއިލީ މިރާ ނޫހަށް ވިދާޅުވީ ބައެއް ސާޖަރީތައް މެދުކަނޑާލީ ހޯމަ ދުވަހު ކަމަށެވެ.

އެއީ ބޭހާއި ބައެއް މެޑިކަލް ތަކެތީގެ ދަތިކަން ދިމާވުމުން، އެމެޖެންސީ ސާޖަރީތަކަށް އެ ތަކެތި ރައްކާކޮށްފައި ބެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޑިކަލް ސަޕްލައިޒް ޑިވިޝަނުން އަޅުގަނޑުމެންނަށް އަންގައިފި، ބޭނުންވާ ބޭހާއި އެހެން ތަކެތި ލިބުނުހާ އަވަހަކަށް ސާޖަރީތައް އަލުން ފަށަން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ތަކެތީގެ ދަތިކަން ހައްލުވެ، މިއަދުން މިއަދަށް އަލުން ސާޖަރީތައް ފަށާނެ ކަމަށް ބެލެވޭ."

ޑެއިލީ މިރާ ނޫހުން ހޮސްޕިޓަލާ ހަވާލަދީ ބުނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަލުން ސާޖަރީތައް ފަށާފައިވާ ކަމަށެވެ.

ބޭހުގެ ދަތިކަމާ ހެދި ޕެރަޑެނިޔަ ހޮސްޕިޓަލުގެ ސާޖަރީތައް ހުއްޓުމަކަށް އައި އިރު، ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާ ބައެއް ލަންކާ ރައްޔިތުން ވެސް އަންނަނީ ބޭސް ނުލިބޭ ވާހަކަ ދައްކަމުންނެވެ.

ބޭހާއި އެހެނިހެން ޒަރޫރީ ތަކެތީގެ ދަތިކަން ލަންކާއަށް ކުރިމަތިވީ ތަކެތި އިމްޕޯޓް ކުރާނެ ބޭރު ފައިސާ ނެތުމުންނެވެ.

ސާޖަރީތައް ހުއްޓުމަކަށް އައި ހަބަރު ފެތުރުމާ އެކު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރް ވަނީ ލަންކާއަށް އެހީވާން ބޭނުން ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އިންޑިއާގެ ސަފީރު މެދުވެރިކޮށް، ލަންކާއަށް ބޭނުންވާ އެހީތައް ސާފު ކުރާނެ ކަމަށާއި، ފޯރުކޮށްދެވެން އޮތް ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox