މެމްބަރުން ބުރަވަނީ އިމްރާން އިތުރުފުޅު ހެއްދެވި ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފަރާތްތައް ތަހުގީގީ އިދާރާތަކުގައި ތިިބޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަން ދޮގުކުރެއްވުން އެއީ އިތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 17 ގައި ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އޭޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފަރާތްތައް ތަހުގީގީ އިދާރާތަކުގައި އެބަތިބި ކަމަށާއި އެފަދަ ފަރާތްތައް ފުލުހުންގެ ތެރޭގައި ވެސް އެބަތިބި ކަމަށެވެ. އޭޖީގެ އެވާހަކައާ ގުޅިގެން ލިއުމުން ޖަވާބު ހޯއްދަވަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް މިމަހުގެ 14 ވަނަ ދުވަހު ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނެތް ކަމަށެވެ.

އެއާއެކު އޭޖީއާއި ހޯމް މިނިސްޓަރާ ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހެޅުއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިހާރު ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އޭޖީ އިތުރުުފުޅު ހެއްދެވިކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކޯޓްތަކާއި ފުލުހުންގެ އިދާރާގައި ގޯސްހަދާ މީހުން ތިބުމަކީ މުޅި ދުނިޔޭގައި ވެސް ކަން އޮތް ގޮތްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

"މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މިކަހަލަ ބޮޑެތި ޖަރީމާތަކުގައި މިކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހުން މުޅި ދުނިޔޭގައި ވެސް އުޅޭކަން އެނގޭ. އެއީ ދެން ދޮގުނުކުރެވޭނެ ވަރުގެ ވާހަކައެއް،" އީވާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުލުުހުންގެ އިދާރާގައި އެފަދަ ބަޔަކު ނެތް ކަމަށް ހޯމް މިނިސްޓަރަށް ކުއްލިއަކަށް ވިދާޅުވެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އިމްރާން މަޖިލީހަށް ޖަވާބު ދެއްވި އިރު އޭޖީ ދެއްކެވި ވާހަކައަށް މާބޮޑު ސަމާލުކަމެއް ދެއްވާފައި ނުވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީގައި އޭޖީ ދެއްވި ސްޓޭޓްމަންޓަކީ ސީރިއަސް ވާހަކައެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ. ރާއްޖޭގައި އަތުލައިގަންނަ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހަކު ހިފަހައްޓައިނުލެވޭކަން އެއީ ހަގީގަތެއް ކަމަށެވެ. ދައުލަތުގެ އިދާރާތަކުގެ ތެރެއިން ބައެއްގެ ބައިވެރިވުން އެކަމުގައި އޮންނަ ކަމަށް ބެލެވެނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މީގެ ކުރިން ވެސް އެތައް ކަމެއްގައި އިތުރުފުޅު ހައްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެެއްކެވި އެއް ކަމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އިމްރާން ވިދާޅުވި ވިދާޅުވުމެވެ.

"މަނިކުފާނު، ހައެއް މޭގައި ބޮން ގޮއްވާލައިގެން ހޮސްޕިޓަލްގައި އޮއްވާ އެތަނަށް ނުވަދެ ކީކޭތޯ ވިދާޅުވީ؟ ހާލު އަނެއްހެން ގޯހެއް ނޫނޭ. އޭރު މިހުންނަނީ އެތަނަށް ނުވަދެ،" ސައީދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ވިދާޅުވީ ފުލުހުންގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން ތިބޭ އިރު އޭގެ ތެރޭގައި ގޯސް ހަދާ މީހުން ތިބޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ. ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

"އެތަނުގައި އެއްވެސް ގޮތަކަށް ގޯސްހަދާ މީހުން ނުތިބޭ ކަަމަށް އެއްވެސް މިނިސްޓަރަކު ވިދާޅުވާ ނަމަ އަޅުގަނޑު ގަބޫލުކުރާނީ އެއީ ހަމަ ކަނޑައެޅިގެން ހައްދަަވާ އިތުރުފުޅެކޭ،" އަލީ ވިދާޅުވި އެވެ.

އޭޖީ ނުވަތަ ހޯމް މިނިސްޓަރު މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ތުހުމަތުކުރައްވައި އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ތެރެއިން 18 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox