ރަޝިއާ އާއި ޔޫކްރެއިންގެ މަޝްވަރާގެ ދެ ވަނަ ބުރެއް ތުރުކީގައި ފަށަނީ

ރަޝިއާ އާއި ޔޫކްރެއިނުން ތުރުކީގައި ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާ އާއި ޔޫކްރެއިނުން ތުރުކީގައި ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (މާޗް 27) - ރަޝިއާ އާއި ޔޫކްރެއިނުން މަޝްވަރާގެ ދެ ވަނަ ބުރެއް ހޯމަ ދުވަހު ތުރުކީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މަޝްވަރާގައި އިސްކޮށް އުޅޭ ޔޫކްރެއިންގެ އޮފިޝަލް ޑޭވިޑް އަރަހާމިއާ ފޭސްބުކްގައި ވިދާޅުވީ ވީޑިއޯ މަޝްވަރާތަކަށް ފަހު، ދެ ގައުމުން އެއް ތަންވެ، ދެ ވަނަ ބައްދަލުވުމެއް ތުރުކީގައި އޮންނާނީ މާޗް 28 އިން 30 އަށް ކަމަށެވެ.

ރަޝިއާގެ އޮފިޝަލް ލެޑިމިއާ މެޑިންސްކީ ވެސް ވިދާޅުވީ ދެ ގައުމުގެ ވަފުދުން ތުރުކީއަށް ދަތުރުކޮށް، މި ހަފްތާގައި ބައްދަލުކުރާނެ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ވެރިން ތުރުކީގެ އަންތަލްޔާގައި އެންމެ ފުރަތަމަ ބައްދަލު ކުރީ މާޗް 10 ވަނަ ދުވަހު އެވެ. އެ ބައްދަލުވުމުން އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.

އޭގެ ފަހުން ދެ ގައުމުން ގަވާއިދުން ވީޑިއޯ މެދުވެރިކޮށް މަޝްވަރާތައް ބޭއްވި ނަމަވެސް، ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި ތުރުކީގެ ރައީސްތައްޔިބް އުރުދުގާން ވިދާޅުވީ މަޝްވަރާއަށް ހުށަހަޅާފައިވާ ހަ ނުކުތާގެ ތެރެއިން ހަތަރު ނުކުތާއެއްގައި ރަޝިއާ އާއި ޔޫކްރެއިނަށް އެއްބަސްވެވޭ ކަމަށެވެ. އެއީ ނޭޓޯގައި ޔޫކްރެއިން ބައިވެރިނުވުމާއި، ޔޫކްރެއިންގައި ރަޝިއާ ބަސް ބޭނުން ކުރަން ހުރަސް ނޭޅުމާއި، ހަތިޔާރު ބެހެއްޓުމާއި، ސަލާމަތާ ގުޅޭ ނުކުތާތަކެވެ.

titledesc

ނަމަވެސް މިދިޔަ ހުކުރު ދުވަހު ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ ވިދާޅުވީ އެއްވެސް މުހިއްމު ނުކުތާއެއްގައި ރަޝިއާއާ އެކު އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox