ރޯދައަށް އެމްޕީއެލް ތައްޔާރު، އިސްކަން ދޭނީ ހަލާކުވެދާ ކާބޯތަކެއްޗަށް

އެމްޕީއެލް ޕެރިޝަބަލް ގުދަނުން މުދާ ބޭރުކުރަނީ: ރޯދަ މަހު ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ އެމްޕީއެލް އިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޕީއެލް ޕެރިޝަބަލް ގުދަނުން މުދާ ބޭރުކުރަނީ: ރޯދަ މަހު ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ އެމްޕީއެލް އިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރޯދަ މަހާ ދިމާކޮށް ރާއްޖެ އެތެރެކުރާ ހަލާކުވެދާ (ޕެރިޝަބަލް) ކާބޯތަކެތީގެ ބާވަތްތައް ފަސޭހައިން ބޭރުކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން މައި ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޓާސްކްފޯހެއް އެކުލަވާލައިގެން މަސައްކަތް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

މިހެން ވުމުގެ ސަބަބުން ބަނދަރު ބާރުބޮޑުވެ ބާޒާރަށް މުދާ ފޯރުކޮށްދިނުމުގައި ލަސްތައް އާދެ އެވެ. ބައެއް ފަހަރު ބަނދަރުން ބޭރު ނުކުރެވި ހުއްޓާ މުދާ ހަލާކުވެ ވިޔަފާރިވެރިންނަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހި، ބާޒާރުން މުދާ ލިބޭ އަގުތައް އުފުލިފައި އެބަހުއްޓެވެ.

މިކަމަށް ދުރާލާ ތައްޔާރީތަކެއް ވެފައިވާކަން ހާމަކޮށް، ރޯދަ މަހު އެމްޕީއެލްގެ ޕޯޓު ހިދުމަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ޕެރިޝަބަލް ކާނާގެ ބާވަތްތައް އަވަހަށް ބޭރުކުރުން ކަމަށެވެ. އަދި އެކަމަށް އެމްޕީއެލް އިން ވާންޖެހޭ ހުރިހާ ތައްޔާރިތައް ވެފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެގޮތުން ބޯޓު ބަނދަރަށް ވަންނަ ހިސާބުން ފެށިގެން އަވަހަށް ބޯޓުން މުދާ ބާލާ، ކްލިއާ ކުރުމަށް ފަހު ބަނދަރުން މުދާ ބޭރުކުރެވޭނެ އިންތިޒާމުތައް ޓާސްކު ފޯސް މެދުވެރިކޮށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ބާޒާރަށް މުދާ ލިބުން އަވަސްވެ އަގު ހިފަހައްޓަން މަގުފަހި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ  މައުލޫމާތު ދެއްވަނީ: ލަސްނުވެ މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މައުލޫމާތު ދެއްވަނީ: ލަސްނުވެ މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މައުލޫމާތު ދެއްވަނީ: ލަސްނުވެ މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރުން ހިދުމަތްދޭ ގަޑިތައް

ކްލިއަރިން އޮޕަރޭޝަންސް

  • ޕެރިޝަބަލް މުދާ: ހެނދުނު 9:00 އިން ފެށިގެން މެންދަމު 1:30 އަށް
  • ޕެރިޝަބަލް ނޫން މުދާ: ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން މެނދުރު 1:30 އަށް އަދި ރޭގަނޑު 9:00 އިން މެންދަމު 1:30 އަށް

ކާގޯ/ކޮންޓެއިނާ އޮޕަރޭޝަންސް

  • ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން މެނދުރު 1:30 އަށް އަދި ރޭގަނޑު 9:00 އިން މެންދަމު 1:30 އަށް

މި ހިދުމަތްތައް ކުރިޔަށްދާ ވަގުތުތަކުގައި ހުޅުމާލެ ޝިފްޓިން އޮޕަރޭޝަންސް އަދި މެރިން ސާވިސަސް (ޓަގާއި ބާޖު) އޮޕަރޭޝަންތައް ކުރިޔަށް ދާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެ އެވެ. އެކަމަކު މި ނޫން ގަޑިތަކުގައި ވެސް، ޕެރިޝަބަލް ހިފައިގެން އަންނަ ބޯޓުތަކަށް ހިދުމަތް ދިނުމާއި މުދާ ބޭރުކުރުމުގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކާބޯތަކެތި ހިފައިގެން އަންނަ ބޯޓެއް ހުކުރު ދުވަހު އައި ކަމުގައި ވިޔަސް ކްލިއަރިން އަދި މުދާ ބޭލުމުގެ އޮޕަރޭޝަންތައް ކުރިޔަށް ދާނެ"

އޭގެ އިތުރުން ބައެއް އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކަށް، ބޯޓުން ބާލާގޮތަށް ލޮރީއަށް އަރުވައިގެން މުދާ ބޭރުކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ޕެރިޝަބަލް ކާގޯ ފަސޭހައިން ބޭރުކުރެވޭނެ އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތުގެ ތެރެއިން މިފަހުން އެމްޕީއެލްގެ އިސްވެރިންނާއި ކަސްޓަމްސްގެ ބޭފުޅުން ޓުޓޮކުރިންއަށް ގޮސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިގޮތުން އިންޑިއާގެ ޝިޕިން އެޖެންޓުންނާއި ބޯޓުފަހަރު ގެންގުޅޭ ވިޔަފާރިތަކުގެ ޖަމިއްޔާއާ ބައްދަލުކޮށް މަޝްވަރާކުރި އެވެ. މި މަޝްވަރާތަކުގައި ރާއްޖެއަށް ފޮނުވާ ކާނާގެ ބާވަތްތައް ރަނގަޅަށް ޕެކް ކުރުމާ ގުޅޭގޮތުންނާއި އެހެނިހެން ލަކުޑި ބޯޓުފަހަރު ކުޅުދުއްފުށީ ރީޖަނަލް ބަނދަރު ބޭނުންކުރަން ވާހަކަ ދެކެވުނެވެ.

އެމްޕީއެލް އިން ބުނީ މި ދުވަސްވަރު ބަނދަރު ބާރު ބޮޑު ނަމަވެސް ހަމަޖައްސާފައިވާ އިންތިޒާމުތަކާ އެކީ ވިޔަފާރިވެރިންނަށް ދަތިތަކެއް ނެތި މުދާ ބޭރުކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox