ރާއްޖޭގެ ބީޗްވޮލީގެ މަސައްކަތަށް ދުނިޔޭގެ ފެޑެރޭޝަނުގެ ތަރުހީބު

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ވިނީޝިއުސް ބުނެދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު ވިނީޝިއުސް ބުނެދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ބީޗްވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން ހަމަޖައްސައިދިން ދެ އަހަރު ދުވަހުގެ ކޯޗިން ސަޕޯޓް ޕްރޮގްރާމްގެ މަސައްކަތް މިހާތަނަށް ކުރިއަށްދާ ގޮތާ މެދު އެފްއައިވީބީން ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް، ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ވޮލީ އަށް ފަހިކޮށްދޭން އެއްބަސްވެވަޑައިގެންނެވި ފުރުސަތުތަކުގެ ތެރެއިން ދެ އަހަރުގެ ކޯޗިން ސަޕޯޓް ޕްރޮގްރާމަކީ އިސް ބައެކެވެ.

އެ މަސައްކަތުގެ ތެރެއިން ތަޖުރިބާކާރު ބީޗްވޮލީބޯޅަ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ވަނީ ޖެނުއަރީ ނުވަ ވަަނަ ދުވަހު ރާއްޖެ އައިސް ޓްރެއިނިންތައް ފަށައިފަ އެވެ.

ވިނީޝިއުސްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މިހާތަނަށް ދެ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ސްރީ ލަންކާގެ ނިގަމްބޯގައި ކުރިއަށްދިޔަ އޭޝިއަން ސެންޓްރަލް ޒޯން ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާ (އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާ) ވަނީ ވާދަކޮށްފަ އެވެ.

އެ މުބާރާތުގައި ކުރިއެރުންތަކެއް ރާއްޖޭގެ ޕެއާތަކުގެ ފަރާތުން ފެނުނުއިރު، ކޯޗު ވިނީޝިއުސްގެ އިރުޝާދާ އެކު މެޗުތަކުގައި ގިނަ ބަދަލުތަކެއް ގެނެސްގެން ވަނީ ކުޅެން ފަށައިފަ އެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން: ގައުމީ ބީޗްވޮލީ ޓީމުގެ ޓްރެއިނިން ކުރިއަށްދަނީ ހުޅުމާލެ ކޯޓުގައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ފަހުން މި މަހު ލަންކާގައި ބޭއްވި ކޮމަންވެލްތު ކޮލިފައިންގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ފައިނަލުގައި ކުޅެ، ރިހި މެޑަލެއް ހޯދައިފަ އެވެ. ޗެމްޕިއަންކަން ހޯދައިގެން ނޫން ގޮތަކަށް އެ މުބާރާތުގެ ތެރެއިން ކޮމަންވެލްތުގެ ޖާގައެއް ލިބެން ނެތެވެ. އެކަމަކު، އެ މުބާރާތުގައި ވެސް ފެނުނީ ކޯޗު ވިނީޝިއުސްއާ އެކު ކުރަމުން އަންނަ މަސައްކަތުގެ ކުރިއެރުމެވެ.

އެފްއައިވީބީގެ ރައީސް ގްރާސާ ވިދާޅުވީ އެފްއައިވީބީން ރާއްޖޭގެ ބީޗްވޮލީބޯޅަ އަށް އިންވެސްޓްކުރަން ނިންމި ސަބަބަކީ ރާއްޖޭގައި ހުނަރުހުރި ކުޅުންތެރިން އެންމެ ރަނގަޅު ލެވަލަށް ޑިވެލޮޕް ކުރުމަށް ކަމަށެވެ. އެފްއައިވީބީގެ ކޯޗިން ސަޕޯޓް ޕްރޮގްރާމް ރާއްޖޭގައި ފެށިތާ އަދި ތިން މަސް ދުވަސްވީއިރު، މިހާތަނަށް ވެސް ކުރިއެރުންތަކެއް ފެނިފައިވާ ކަމަށް ގްރާސާ ވިދާޅުވި އެވެ.

"އަހަރެން ރާއްޖެ އަށް ކުރި ދަތުރުގައި ބުނިހެން، އަހަރެން ބޭނުން ރާއްޖޭގައި ބީޗްވޮލީބޯޅަ އަކީ އެންމެ ބޮޑެތި ކުޅިވަރުގެ ތެރެއިން ކުޅިވަރަކަށް ހަދަން. ވަރުގަދަ ގައުމީ ޓީމަކާ އެކު އަންނަަން އޮތް ޖީލުތައް ކުޅެން ބޭނުންވާނެ ކުޅިވަރަކަށް ބީޗްވޮލީބޯޅަ ހެދިދާނެ. އެއީ އަދިވެސް އަހަރެން ގަބޫލުކުރާގޮތުގައި ބީޗްވޮލީބޯޅަ އާއި ރާއްޖެ ވަރަށް ގުޅޭ،" ގްރާސާ ވިދާޅުވި އެވެ.

ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވުނު މަޝްވަރާތަކަށް ފަހު ވަނީ އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ޝެޑިއުލްކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް މި އަހަރު ބޭއްވުމުގެ ފުރުސަތު ބޮޑީ ކްރޮސްރޯޑްގަ އެވެ.

އެފްއައިވީބީ އަށް ދިން އިންޓަވިއުއެއްގައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ގުޅިގެން ކުރެވޭ މަސައްކަތުގައި ބީޗްވޮލީބޯޅަ މިދާ މިސްރާބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވިނީޝިއުސް އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ކޯޗެއް. ރާއްޖޭގެ މާހައުލަށް ވަރަށް ފަސޭހައިން ހޭނިއްޖެ. ކޯޗު ވިނީޝިއުސްގެ ރަނގަޅު މަސައްކަތާ އެކު ރާއްޖޭގެ ބީޗްވޮލީބޯޅައިގެ ތަރައްގީގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަދޭ،" ރަނޭޝް ވިދާޅުވި އެވެ.

ވިނީޝިއުސް ބުނީ އެފްއައިވީބީގެ ސަޕޯޓާ އެކު ރާއްޖޭގެ ބީޗްވޮލީ ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ. އަދި އެފްއައިވީބީގެ މި ސަޕޯޓް ޕްރޮގްރާމްގެ ފައިދާ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނާއި ކޯޗުންނާއި ކުޅުންތެރިންނަށް ވެސް ކުރާނެ ކަމަށް ވިނީޝިއުސް ގަބޫލުކުރެ އެވެ.

އެފްއައިވީބީގެ ކޯޗިން ސަޕޯޓް ޕްރޮގްރާމް ކުރިއަށްދާ ވަރަކަށް ވޮލީބޯލް އެސޯސިއޭޝަނުގެ ވިސްނުން ހުރީ ރާއްޖޭގެ ކުޅުންތެރިން މީގެ ތެރޭގައި ބައިވެރިވާ ނިސްބަތް އިތުރުކުރުމެވެ. އެ ގޮތުން ވަރަށް އަވަަހަށް 21 އަހަރުން ދަށުގެ ބީޗްވޮލީ ޓީމެއް އެކުލަވާލައި، ކުޅުންތެރިން އުފެއްދުމަށް ގިނަ ކޯޗިން ކޭމްޕްތަކެއް ހިންގުމުގެ ވިސްނުން ވީއޭއެމުން ގެންގުޅޭ ކަމަށް އެފްއައިވީބީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox