ކޮވިޑާ ހެދި މެދުކަނޑާލި އިންޑިއާގެ ބައިނަލްއަގްވާމީ ހުރިހާ ވައިގެ ދަތުރެއް އަލުން ފަށަނީ

އެއާ އިންޑިއާގެ ފްލައިޓެއް. -- ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

އެއާ އިންޑިއާގެ ފްލައިޓެއް. -- ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ކޮވިޑްގެ ބަލިމަޑުކަމާ ހެދި އިންޑިއާގެ ވައިގެ ދަތުރުފަތުރަށް އެޅި ފިޔަވަޅުތައް އާދީއްތަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސް، ހުރިހާ ބައިނަލްއަގްވާމީ ދަތުރުތަކެއް އަލުން ފަށަން ނިންމައިފި އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ ކެބިން ކްރޫ މެމްބަރުން އާދީއްތަ ދުވަހުން ފެށިގެން ޕީޕީއީ ބޭނުން ކުރުން ނިމޭނެ ކަމަށާއި އެއާޕޯޓުގައި ޕަސެންޖަރުން ބަލައި ފާސްކުރުން ވެސް ކުރިއެކޭ އެއް ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ދަތުރުތަކުގައި މެޑިކަލް އެމެޖެންސީތަކުގައި ބޭނުން ކުރުމަށް، ފްލައިޓުގެ ތިން ސީޓު ހުހަށް ބެހެއްޓުން ވެސް ނިމުމަކަށް ގެންނަން ވަނީ އިއުލާނުކޮށްފަ އެވެ.

Advertisement

ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ ކޮވިޑް ކޭސްތައް ދަށްވަމުން ދާތީ، ވައިގެ ދަތުރުތައް ވީހާ ވެސް ފަސޭހަކަމާ އެކު ކުރިއަށް ގެންދިޔުމުގެ މަގުފަހިކުރުމަށް ކަމަށެވެ.

އެހެން ނަމަވެސް، އެއާޕޯޓުތަކާއި ފްލައިޓްތަކުގައި ވެސް އަދިވެސް މާސްކު އަޅަން ޖެހޭނެ ކަމަށާއި ސެނިޓައިޒާ އަދި އަތް ދޮވެވޭނެ ގޮތަށް ހަދާފައި ހުންނަން ޖެހޭނެ ކަމަށް ބުންޏެވެ.

އިންޑިއާގެ ހުރިހާ ބައިނަލްއަގްވާމީ ދަތުރުތަކެއް މެދުކަނޑާލީ މާޗް 23، 2020 ވަނަ އަހަރު އެވެ. އެ އަހަރުގެ ޖުލައި މަހު ބައެއް ދަތުރުތައް އަލުން ފެށީ 37 ގައުމަކާ އެކު ހެދި "އެއާ ބަބްލް" އެއްބަސްވުންތަކުގެ ދަށުންނެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތައް ކޮވިޑްގެ ކުރިން އޮތް ގޮތަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ސަރުކާރުން ދިނީ އޮކްޓޯބަރު 18، 2021 ވަނަ އަހަރު އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފާއިތުވި ހަފްތާގައި އެ ގައުމުގައި ކޮވިޑް ޖެހިގެން ރިކޯޑް ކުރަނީ ދުވާލަކު 2000 ކޭސް އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ދުވާލަކު 100 އަށް ވުރެ ތިރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox