ބަންގްލަދޭޝް އަތުން ހައްގު މޮޅެއް ލިބުމުން ގައުމީ ކޯޗު މޮރިއޭރޯ އުފަލުން

ރޭގެ މެޗަށް ފަހު މޮރިއޭރޯ ގައުމީ ޓީމުގެ އުމެއިރު ގައިގައި ބައްދާލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭގެ މެޗަށް ފަހު މޮރިއޭރޯ ގައުމީ ޓީމުގެ އުމެއިރު ގައިގައި ބައްދާލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕަށް ފަހު ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުމާއި ހަމައަށް ކުރެވުނު މަސައްކަތަށް ބަލާއިރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް މޮޅެއް ހައްގުކަމަށް ގަބޫލުކުރާ ކަމަށް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރާ ބުނެފި އެވެ.

މޮރިއޭރޯ ހަވާލުވިތާ ދެ ހަފްތާއެއްހާ ދުވަހުގެ ފަރިތަކުރުން ވެސް ނުލިބި ލަންކާ މުބާރާތުް ރާއްޖޭން ނިންމާލީ މޮޅެއް ނުލިބި އެވެ. އެ މުބާރާތުގައި ލަންކާއާ 4-4 އިން އެއްވަރުވެ، ބަންގްލަދޭޝް އަތުން 2-1 އިން ބަލިވި އެވެ. އަދި ފަހު މެޗުގައި ސީޝެލްސްއާ 0-0 އިން އެއްވަރުވި އެވެ.

ފީފާ ތާރީހުގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ރާއްޖެ އިން ވަނީ ބަންގްލަދޭޝް 2-0 އިން ބަލިކޮށް، ފޯ ނޭޝަންސް ކަޕްގެ ނާކާމިޔާބީގެ ބަދަލުހިފައިފަ އެވެ. މި މެޗުގައި ދިވެހި ޓީމުން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި އެވެ. ބަދަލުތަކަކާ އެކު ނުކުތް ރާއްޖޭގެ ޓީމު ވަނީ މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން ކުޅެފަ އެވެ. މިއީ ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް މެޗެވެ.

ގައުމީ ޓީމާއިއެކު ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަށް ފަހު މޮރިއޭރޯ ބުނީ ޒުވާން ކުޅުންތެރިން ނުކުމެ މި މެޗުގައި ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި މެޗުން މޮޅުވީ ކުޅުންތެރިން ޖޯޝާއި ފޯރީގައި ކުޅެގެން ކަމަށް ވެސް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"އާ ކުޅުންތެރިން ޓެސްޓް ކޮށްލެވިއްޖެ. އެމީހުން ސާބިތުކޮށްދީފި ފުރުސަތު ލިބިއްޖެއްޔާ މޮޅުވެވޭނެކަން. އަހަންނަށް މި މެޗު ވަރަށް މުހިންމު. ވަރަށް މަސައްކަތް ކުރެވިއްޖެ މި މެޗަށް. ހުރިހާ ކަމަކަށް ބަލާއިރު އަހަރެން ގަބޫލުކުރަނީ މިއީ ހައްގު މޮޅެއް ކަމަށް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ، މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޮރިއޭރޯ ބުނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗަށް ވުމާ އެކު މި މެޗުން މޮޅުވުން މުހިންމު ކަމަށެވެ. އަނެއްކޮޅުން ލަންކާ މުބާރާތުގައި ނުކުތް ނަތީޖާއަށް ފަހު މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށް ވެސް މޮރިއޭރޯ ވަނީ ބުނެފަ އެވެ. ހުރިހާ ގޮތަކަށް ބަލާއިރުވެސް ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު ކުޅުމަކާ އެކު މޮޅުވެވުމުން އެކަމުގެ ހިތްހަމަޖެހުން މޮރިއޭރޯ ފާހަަގަކުރި އެވެ.

ޓީމުގެ ކުޅުމަށް ގެނައި ބަދަލާއި ބެހޭގޮތުން ކުރި ސުވާލަކަށް ދިން ޖަވާބުގައި މޮރިއޭރޯ ބުނީ ބޭނުންވާ ގޮތަށް ޓީމްގެ ގޭމް ޕްލޭން މިހާރު ބައްޓަން ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުޅުންތެރިން ވެސް އޭނާގެ ސްޓައިލަށް ވަރަށް ބޮޑަށް ހޭނެމުން އަންނަ ކަން މޮރިއޭރޯ ފާހަގަކުރި އެވެ.

"އަހަންނަށް އެނގޭ ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަން. މެދުތެރޭގައި ކުދި ޕާސްތައް ކުޅެފައި އަރިމައްޗަށް ކުޅެލާ ބޯޅަތަކުން ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަން ފެންނާނެ މިންވަރު. އެކަމަށް ބަލާ ދިރާސާކޮށް ތައްޔާރުވެގެން އަހަރެން މިހިރީ. އަހަރެން ބޭނުންވާ ސްޓައިލަށް މަޑު މަޑުން ކުޅުންތެރިން އެބަ ހޭނޭ. މިއީ ކުރިއެރުމެއް ކަމުގައި އަހަރެން ދެކެނީ،" ކުރިން އިންޓަ މިލާނާއި އިޓަލީ ގައުމީ ޓީމަށް ވެސް ކުޅުނު މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ދިވެހި ކުޅުންތެރިން ފެނުނީ ވަރަށް ރަނގަޅަށް ކޮށްޑިފެންސާ އެކު ޑިފެންސާއި އެޓޭކުގައި ވެސް މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ކަމަށެވެ

ރޭގެ މެޗުގައި ކުލަބު އީގަލްސްގެ މިޑްފިލްޑަރު އަހުމަދު ހަސަން (އައްމަޑޭ) ވަނީ އިތުރު ވަގުތު ބަދަލެއްގެ ގޮތުގައި އަރައި، މުޅިން އަލަށް ގައުމީ ޖޯޒީގައި މެޗެއް ކުޅެފަ އެވެ. ބަންގްލަދޭޝް ކޮޅަށް ރާއްޖޭގެ ފުރަތަމަ ގޯލްޖެހި ހަސަން ރާއިފް އަހުމަދު (ހަންނަ) ޓީމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ދެ ވަނަ ފަހަރަށް ކުޅުނިއިރު، މި މެޗުގައި ޖެހި ގޯލަކީ އޭނާ ގައުމީ ޖޯޒީގައި ޖެހި ފުރަތަމަ ގޯލެވެ. އަދި އަނިޔާ އަށް ފަހު މި ސީޒަނުގައި އެނބުރި އައި އަހުމަދު ރިޒުވާން (ރިޒޭ) ވެސް ވަނީ ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމުގައި ހިމެނި މެޗެއް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox