ޑެފޯ، 22 އަހަރަށް ފަހު ފުޓްބޯޅަ އިން ރިޓަޔާކޮށްފި

Mar 24, 2022, 2:52 PM
ޑެފޯ، 22 އަހަރަށް ފަހު ފުޓްބޯޅަ އިން ރިޓަޔާކޮށްފި

ލަންޑަން (މާޗް 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކާއި އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ޖަމެއިން ޑެފޯ ފުޓްބޯޅަ އިން ރިޓަޔާކޮށްފި އެވެ.

އުމުރުން 39 އަހަރުގެ ޑެފޯ ވަނީ މަތީ ފަންތީގައި ޕްރޮފެޝަނަލްކޮށް 22 އަހަރު ކުޅެފަ އެވެ. ޑެފޯ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ނުވަ ވަަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގެ ފަސް ކްލަބަކަށް ކުޅުނުއިރު، ޑެފޯ ވަނީ ލީގުގައި 496 މެޗުން 162 ގޯލު ޖަހައިފަ އެވެ.

ކެރިއަރުގެ އެންމެ ފަހު ކްލަބެއް ގޮތަށް ޑެފޯ ކުޅުނީ އިނގިރޭސި ތިން ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ސަންޑަލެންޑަށެވެ. އެންމެ ފަހު މެޗަކީ މިދިޔަ ހޮނިހިރު ދުވަހު ލިންކަންއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗެވެ. އެ މެޗުގައި ޑެފޯ ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

"މިއީ ވަރަށް އުނދަގޫ ނިންމުމެއް. އަހަރެން 22 އަހަރު އެންމެ މަތީ ފަންތީގައި ކުޅެފައި ކުޅުން ހުއްޓާލަން މި ނިންމިއިރު ވާނީ އާއިލާ އާއި ގާތް އެކުވެރިންނާ ވާހަކަ ދައްކާފައި،" ރިޓަޔާކުރުމަށް ފަހު ޑެފޯ ބުންޏެވެ.

އިންގްލެންޑް ގައުމީ ޓީމަށް 57 މެޗުން ޑެފޯ ވަނީ 20 ގޯލު ޖަހައިފަ އެވެ. އިންގްލެންޑްގެ ތިން އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ޑެފޯ ވަނީ ސީނިއާ ޓީމާ އެކު ޔޫރޯ އާއި ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. ޑެފޯ، 2017 ވަނަ އަހަރުގެ ފަހުން އިންގްލެންޑް ގައުމީ ޓީމަށް ނުކުޅެ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑުން ކެރިއަރު ފެށި ޑެފޯ ވަނީ އެ ޓީމުގެ އިތުރުން އިންގްލެންޑްގެ ބޯންމައުތު، ޓޮޓެންހަމް ހޮޓްސްޕާސް، ޕޯޓްސްމައުތު އަދި ސަންޑަލެންޑަށް ކުޅެފަ އެވެ. އޭގެ އިތުރުން އެމެރިކާގެ ޓޮރޮންޓޯ އެފްސީ އާއި ސްކޮޓްލެންޑްގެ ރޭންޖާސް އަށް ކުޅެފަ އެވެ.

ޓޮޓެންހަމުން އެންމެ ފަހުން ހޯދި ކާމިޔާބީ ހާސިލްކުރީ ޑެފޯ އެ ޓީމުގައި ހުއްޓަ އެވެ. އެއީ 2008 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް އެވެ. ޑެފޯ ވަނީ ދާދި ފަހުން ސްކޮޓްލެންޑް ލީގުގެ ޗެމްޕިއަންކަން ރޭންޖާސް އަށް ކުޅެމުން ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox