ބާ އިމްތިހާނުގެ އަގަކީ 10،000ރ

Mar 24, 2022, 10:24 AM
ގައުމި ޔުނިވާސިޓީން ގަނޫނީ ދާއިރާއިން ކިޔަވައި ދަސްވެނިވުނު ދަރިވަރުންތަކެއް. ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރާ ކޮންމެ ކުއްޖަކު ވެސް ބާ އިމްތިހާން ފުރިހަމަކުރަން ލާޒިމުވޭ/ ފޮޓޯ: މޯލްޑިވްްސް ނެޝަނަލް ޔުނިވާސިޓީ

ގައުމި ޔުނިވާސިޓީން ގަނޫނީ ދާއިރާއިން ކިޔަވައި ދަސްވެނިވުނު ދަރިވަރުންތަކެއް. ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރާ ކޮންމެ ކުއްޖަކު ވެސް ބާ އިމްތިހާން ފުރިހަމަކުރަން ލާޒިމުވޭ/ ފޮޓޯ: މޯލްޑިވްްސް ނެޝަނަލް ޔުނިވާސިޓީ

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ދަރިވަރެއްގެ އަތުން 10،000ރ. ގެ ފީއެއް ނެގުމަށް މޯލްޑިވްސް ބާ ކައުންސިލުން ކަނޑައަޅައިފި އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ ގާނޫނީ ފަންނު ކިޔަވާ އަދި ކިޔަވައި ނިމިފައިވާ ދަރިވަރުންނާއި މުއާސަލާތުކުރަން ހާއްސަކޮށްފައިވާ ޓީމްސް ޕްލެޓްފޯމުގައި ބާ އިމްތިހާނާ ގުޅިގެން ކަނޑައެޅި އަގުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މައުމޫން ހަމީދު ފޮނުއްވި މެސެޖުގައި ބާ ކައުންސިލުން އިމްތިހާނު ބާއްވަނީ ބޮލަކަށް ޖުމްލަ 20،000ރ. ގެ އަގަކަށް ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ޑިސްކައުންޓްއަކާއެކު މި އަހަރު ބާއްވާ އިމްތިހާނުގައި ކޮންމެ ދަރިވަރަކު ދައްކަން ޖެހެނީ 10،000ރ. އެވެ.

އެގޮތަށް ނިންމާފައިވަނީ އިމްތިހާނު ބާއްވަން ދާ ހަރަދަށް ބެލުމަށްފަހު އެވެ. ބާ ކައުންސިލްގެ ނިންމުން ރަސްމީ ގޮތެއްގައި މާދަމާގެ ވަގުތެއްގައި ނޫސް ބަޔާނަކުން ހާމަކުރަން ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް, ބާ ކައުންސިލްގެ ރައީސް މިއަދު ދަރިވަރުންނަށް ހާމަކުރި އަގުތަކާއި ދޭތެރޭ މިހަރު ވެސް ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބާ އިމްތިހާނުގެ އަގުބޮޑުވުމަކީ ދަރިވަރުންނަށް ދާއިރާއަށް ނުކުތުމަށް ކުރިމަތިވާ އިތުރު ހުރަހެއް ކަމުގައި ބައެއް ދަރިވަރުން ބުނެ އެވެ.

މި އަހަރުގެ ޖޫން 25 ވަނަ ދުވަހު ބާ އިމްތިހާނު ބާއްވަން ތައްޔާރުވަމުންދާއިރު ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ.

ބާ އިމްތިހާނަކީ ގާނޫނީ ދާއިރާއިން ކިޔަވައި ދަސްވެނިވޭ ކޮންމެ ދަރިވަރަކު އެ ދާއިރާއިން ޕްރެކްޓިސް ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެކެވެ.

އެ އިމްތިހާން ރާއްޖެއަށް ތައާރަފްކުރިީ 2019 ވަނަ އަހަރު ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނުންނެވެ. އިމްތިހާނުގެ އިތުރުން ވެސް ގާނޫނީ ދާއިރާއިން ކިޔަވައި ނިމުމަށްފަހު އެއް އަހަރު ދުވަހުގެ ޓްރެއިނިންއެއް ވެސް ދަރިވަރުން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox