ގަވަރުނަރުގެ ތުހުމަތާ ހެދި ލަންކާގެ ރައީސް ކުރީގެ ބޮޑު ވަޒީރުގެ ކިބައިން މައާފަށް އެދިއްޖެ

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ.

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ކާރިސާގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ސަރުކާރުން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތް ނިވާޑް ކަބްރާލް ތުހުމަތު ކުރެއްވުމުން، ރައީސް ގޮތަބަޔާ ރާޖަޕަކްސަ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.

ލަންކާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ފެށި ކޮންފެރެންސެއްގައި ކަބްރާލް ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، އެފަދަ ކާރިސާއެއް ކުރިމަތިވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭކަން ހާމަކުރައްވައި ޔޫއެންޕީގެ ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ރަނިލް ވިދާޅުވީ މިއީ ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށާއި ހުރިހާ ޕާޓީތައް ކޮންފެރެންސަކަށް އެއްވީ ކާރިސާއިން އަރައިގަނެވޭނެ ގޮތެއް ހޯދަން ކަމަށެވެ.

"މި މައްސަލައިގައި ހިފައި ދިގު ދަންމަން އުޅޭ ނަމަ، ރަސްގެފާނު ވިޖެޔާއާ ހަމައަށް ވާހަކަ ކުރިއަށް ގެންދެވިދާނެ،" ރަނިލް ވިދާޅުވި އެވެ.

ރަނިލްގެ ވާހަކަތަކަށް ފަހު ކޮންފެރެންސްގެ ރިޔާސަތުގައި އިންނެވި ރައީސް ގޮތަބަޔާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އޭގެ އިތުރުން ވެސް ރަނިލް އާއި ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސައާ ދެމެދު ވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރި އެވެ.

ސްރީލަންކާގެ ހާލަތާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައްޔާރު ކުރި ރިޕޯޓުގެ ކޮޕީއެއް ހޯދަން ރަނިލް އެދިވަޑައިގެންނެވުމުން، ރިޕޯޓު ފައިނަލް ނުވާ ކަމަށާއި މިހާތަނަށް ލިބުނީ ޑްރާފްޓެއް ކަމަށް ބެސިލް ވިދާޅުވި އެވެ.

"އައިއެމްއެފްގެ ބޯޑުން ފާސްކުރުމާ އެކު ފައިނަލް ރިޕޯޓު އަޅުގަނޑުމެން ނެރޭނަން،" ބެސިލް ވިދާޅުވި އެވެ.

ރިޕޯޓުގެ ޑްރާފްޓެއް ލިބޭނެތޯ ރަނިލް ސުވާލު ކުރެއްވުމުން، ޑްރާފްޓެއް ވެސް ފޯރުކޮށްދެވެން ނެތް ކަމަށް ބެސިލް ވިދާޅުވި އެވެ. އެ ވާހަކައާ މެދު ނުރުހުންވެ، ރަނިލް ވިދާޅުވީ ރިޕޯޓުގެ ޑްރާފްޓް ރަސްމީކޮށް މަޖިލީހަށް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ތެރެއިން ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ އިރު، ސިޔާސީ ޕާޓީތަކުގެ މެދުގައި އޯލް ޕާޓީ ކޮންފެރެންސެއް ބޭއްވީ މަޝްވަރާގެ ތެރެއިން ކަންކަން ހައްލު ކުރަން ސަރުކާރު ހިންގާ ކޯލިޝަނުން ބޭނުން ވާތީ އެވެ.

ކާރިސާއިން އަރައިގަތުމަށް އައިއެމްއެފްގެ އެހީ ހޯދަން ދާދި ފަހުން ސަރުކާރުން ނިންމާފައިވާ އިރު، އައިއެމްއެފްގެ އެހީ ހޯދުމާ މެދު ޕާޓީތަކުގެ ވިސްނުން ތަފާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox