އަޝްފާގަށް އަބަދު ވެސް ގައުމީ ޓީމުން ފުރުސަތު އޮންނާނެ: މޮރިއޭރޯ

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އަޝްފާގު ވެލެންސިއާ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އަޝްފާގު ވެލެންސިއާ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުން މާދަމާރޭ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނެގި 28 ކުޅުންތެރިންގެ ސްކޮޑުގައި އަލީ އަޝްފާގު (ދަގަނޑޭ) ނުހިމެނީ އޭނާ އެގޮތަށް އެދިގެން ކަމަށް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މާދަމާރޭ ނުވައެއް ޖަހާއިރު، ގަލޮޅު ދަނޑުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ ގިނަ ކުޅުންތެރިންތަކަކާ އޭނާ "ޗެޓް" ކުރާ ކަމަށާއި ކުޅުންތެރިންގެ ހާލަތު ވެސް އޮޅުންފިލުވާ ކަމަށެވެ.

"އަޝްފާގާ ބެހޭގޮތުން ބުނާނީ އޭނާ އަށް އަބަދު ވެސް ގައުމީ ޓީމުގެ ދޮރު ހުންނާނީ ހުޅުވިފައި. އޭނަ އަކީ ވަރަށް ވިސްނުންތޫނު ހުނަރުވެރި ކުޅުންތެރިއެއް. އަހަރެން އޭނާއާ ރޭ ވެސް ވާހަކަ ދެއްކިން،" މޮރިއޭރޯ ބުންޏެވެ.

"އަޝްފާގު، ބުނީ ތިއީ ރަނގަޅު ނިންމުމެކޭ. އަހަންނަށް މި ފަހަރު ޓީމަށް ގޮވާނުލުމަކީ. އެއީ މި ފަހަރު އަހަރެން މި ހުރީ އެންމެ ފިޓްކޮށެއް ނޫނޭ އެންމެ ބޭނުންވާ ވަރަށް. ގިނަ އެހެން ކުޅުންތެރިންތަކެއް މި ވަގުތު އެބަތިއްބޭ ފިޓްކޮށް،"

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ދަގަނޑޭ.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މޮރިއޭރޯ ބުނީ ދަގަނޑޭ, 36, ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. ދަގަނޑޭ ނެތުމަކީ އޭނާ އެކަމާ އުފާކުރާ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަޝްފާގު ނެތުމަކީ އަހަރެން އެހެން ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުމެއް ނޫން. ހުރިހާ ކުޅުންތެރިންނާ މެދު ވެސް އަހަރެން ހިތްހަމަޖެހޭ އަޝްފާގުގެ ހަޔާތުގެ ވާހަކަތައް އެންމެނަށް ޗެސް ވަރަށް މުހިންމުވާނެ. އޭނާ އެހާ ވެސް މަޝްހޫރު. އެކަމަކު، މިދިޔަ މަސްތަކުގައި އޭނަ ނުއެއްކުޅޭ. އެހެންވީމަ ކޯޗެއްގެ ގޮތުގައި އަހަރެން އެބަޖެހޭ މިކަން ކަމަށް ވެސް ބަލަން،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއާ ބެހޭގޮތުން މޮރިއޭރޯ ބުންޏެވެ.

ބަންގްލަދޭޝްގެ ނޫސްވެރިއަކު މިއަދުގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ގާތުގައި ކުރި ސުވާލަކީ ދަގަނޑޭ ނެތުމުން ޓީމަށް އަންނާނެ އުނިކަމަކީ ކޮބައިތޯ އެވެ.

"އަޝްފާގުގެ ރިޕްލޭސްމަންޓެއް ނެތް. އެ ޔަގީންކަމެއް. އެކަމަކު، އެބަތިބި ހުނަރުވެރި މޮޅު ކުޅުންތެރިން ހާއްސަކޮށް ޒުވާން ކުޅުންތެރިން ވެސް އެބަތިބި. ކޯޗު (މޮރިއޭރޯ) ބުނިހެން އަހަރެމެން މި ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތ ދޭން އެބަޖެހޭ މި ލިބޭ ފުރުސަތުތަކުގައި،" މޮރިއޭރޯ ބުންޏެވެ.

މި ފަަހަރުގެ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެެލެންސިއާ އަށް ދަގަނޑޭ ކުޅުނެވެ. އެކަމަކު، އޭގެ ފަހުން ޕްރެޒިޑެންޓްސް ކަޕާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ދަގަނޑޭ ނުކުޅެ އެވެ. ދަގަނޑޭ އަށް ދިމާވެފައިވަނީ ކަކުލުގެ އަނިޔާގެ މައްސަލައެކެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox