"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ޖާބިރު ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރު މަޖިލީހަށް މިއަދު ވަނީ ބަލައިގެންފައި.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރު މަޖިލީހަށް މިއަދު ވަނީ ބަލައިގެންފައި.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތް ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކޮށް ބަހުސްކުރަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ޖާބިރު ވިދާޅުވީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ އަވަށްޓެރި ގައުމަކާ މެދު ނަފުރަތު އުފައްދަން ހިންގާ ހަރަކާތެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވައިގެން މާލެއާއި އެހެން ރަށްރަށުގައި ހިންގާ އެހަރަކާތް ހުއްޓުވަން ގޮވައިލައްވަނީ އެހަރަކާތުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެ، އެ ސިޔާސީ ފިތުނަ ދެގައުމުގެ އާއްމުންނާ ހަމައަށް ފެތުރިދާނެތީ އެވެ. އެގޮތަށް ކަންތައް ވެ އެއް ބަޔަކު އަނެއްބަޔަކަށް ހަމަލާދޭ ހިސާބަށް ދިޔަނުދީ އެހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"...[މިއީ] ސަލާމަތާ ބެހޭ ބާރުތަކުން އަވަސް މަޝްވަރާކުރުމާ އެކީ، އިދިކޮޅު ލީޑަރު [އަބްދުﷲ] ޔާމީނު އިސްވެ ހުންނަވައިގެން އަތޮޅުތަކުން މީހުން ގެނެސްގެން ފުރަމާލޭގައި ބާއްވަން ރާވަމުންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަކީ މިވަގުތަށް ވަރަށް މުހިއްމުކަމެއް ކަމަށް ފެންނާތީ ހުށަހަޅާ ކުއްލި މައްސަަލައެއް،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގައި ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިފައިންގެ ބަނދަރަކާއި ޑޮކްޔާޑަކާއެކު އުތުރު ތިލަފަޅު ތަރައްގީކުރަން ސަރުކާރުން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ.

ކުއްލި މައްސަލައިގައި ޖާބިރު ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީކުރަނީ އެމްއެެންޑީއެފްގެ ބޭނުމަށް ކަމަށާއި އެއީ ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ބައިލެޓްރަލް އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަން އިދިކޮޅު ފަރާތްތަކަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ޖާބިރު މީގެ ކުރިން މަޖިލީހަށް ހުށަހެޅި ގިނަ މައްސަލަތަކެއް ބަލައިނުގަނެ ބޭރުކޮށްލާފައި ވިޔަސް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ ތެރެއިން 30 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އަނެއް ދެ މެމްބަރުން ވޯޓް ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox