ކޮންޓުރެކްޓް އާކުރުން ކޮޅެއްގައި ނުޖެހި، މި ސީޒަނަށް ފަހު ޔުވެންޓަސް އިން ޑިބާލާ ދޫކޮށްލަނީ

Mar 22, 2022, 8:09 AM
ކޮންޓުރެކްޓް އާކުރުން ކޮޅެއްގައި ނުޖެހި، މި ސީޒަނަށް ފަހު ޔުވެންޓަސް އިން ޑިބާލާ ދޫކޮށްލަނީ

ޓިއުރިން (މާޗު 22) - އާޖެންޓީނާގެ މިޑްފީލްޑަރު ޕައުލޯ ޑިބާލާގެ ކޮންޓުރެކްޓް އާނުކޮށް، މި ސީޒަނަށް ފަހު ޔުވެންޓަސް އިން އޭނާ ދޫކޮށްލާނެކަން އެ ކްލަބުން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ޔުވެންޓަސް އާއި ޑިބާލާއާ މެދު، ކޮންޓުރެކްޓް އާކުރުމަށް އަނގަބަހުން އެއްބަސްވި އެވެ. އޭރު އެއްބަސްވެފައި އޮތީ ޑިބާލާގެ އަށް ސީޒަނަށް ދޭ މުސާރަ 9.1 މިލިއަން ޑޮލަރަށް ބޮޑުކުރުމަށެވެ.

އެހެން ނަމަވެސް، ޑިބާލާގެ އޭޖެންޓުންނާއި ޔުވެންޓަސް އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ޔުވެންޓަސް އިން ޑިބާލާގެ ކޮންޓުރެކްޓް އާކުރުމަށް ރަސްމީކޮށް "އޮފާ"އެއް ހުށަހަޅާފައެއް ނުވެ އެވެ.

ޔުވެންޓަސްގެ ސީއީއޯ މައުރީޒިއޯ އަރީވަބެނޭ ވަނީ ޑިބާލާގެ ކޮންޓުރެކްޓް އާކުރުމަށް އެ ކްލަބުން މަސައްކަތް ނުކުރާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އޮކްޓޫބަރު މަހު އަނގަބަހުން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ޖެނުއަރީގެ ޓްރާންސްފާގައި ފިއޮރެންޓީނާގައި ހުރި ސާބިއާގެ ފޯވަޑް ޑުސާން ވްލަހޯވިޗް އެ ކްލަބަށް ގެނައި ހިސާބުން، ކްލަބުގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.

"ކްލަބުގެ ފުޓްބޯޅައިގެ އޮނިގަނޑު ވަރަށް ބޮޑަށް ބަދަލުވެއްޖެ ވްލަހޯވިޗް މި ކްލަބާ ގުޅުނު ހިސާބުން. މި ބަދަލުތަކުގެ ތެރޭގައި ޑިބާލާގެ ކޮންޓުރެކްޓް ކަންތައްތައް ވެސް ހިމެނޭ. އެހެންވެ ކޮންޓުރެކްޓް އާނުކުރީ،" އަރީވަބެނޭ ބުންޏެވެ. "ޔުވެންޓަސް އަށް އޮތް އެއްބަސްވި މުސާރަ ކުޑަކޮށް، ކޮންޓުރެކްޓް އާކުރަން ހުށަހެޅެން. އެކަމަކު އެއީ ޑިބާލާ އަށް ކުރެވޭ ބޭއިހުތިރާމެއް."

ޕަލޭމޯ އިން 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ޑިބާލާ އަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.

އަރީވަބެނޭ ބުނީ ޑިބާލާ އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ބޭނުން ކްލަބަށް ނުހިފުމަކީ ކޮންޓުރެކްޓް އާކުރުމަށް ނިންމި އެއް ސަބަބު ކަމަށެވެ.

"ޔުވެންޓަސް އިން މިހާރު މި ފަށާފައިވާ ޕްރޮޖެކްޓްގައި، ޑިބާލާ އަކީ މައިގަނޑު ކުޅުންތެރިއެއް ނޫން،" އަރިވަބެނޭ ބުންޏެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޑިބާލާ ގެންދަން، ޔުވެންޓަސްއާ ވާދަވެރި އިންޓަ މިލާނުން ޝައުގުވެރިވެ އެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑުން ވެސް ޑިބާލާ ގެންދަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. -- އޭއެފްޕީ

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox