މޮނާކޯ އިން ޕީއެސްޖީ ބަލިކޮށްފި، ޕޮޗެޓީނޯ ބުނީ ލަދުގަންނަން ޖެހޭ ކަމަށް

Mar 20, 2022, 6:06 PM
މޮނާކޯއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

މޮނާކޯއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

މޮނާކޯ (މާޗް 20) - ފްރެންޗް ލީގުގައި މިރޭ މޮނާކޯ އިން 3-0 އިން ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ ބަލިކުރިއިރު، މިއީ ޕީއެސްޖީ ލަދުގަންނަން ޖެހޭ ނަތީޖާއެއް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ރެއާލް މެޑްރިޑް އަތުން ޗެމްޕިއަންސް ލީގުން ކެޓުމަށް ފަހު ޕީއެސްޖީގެ ފޯމު ވަނީ ދަށްވެފަ އެވެ. ބަލިވެ އުޅޭތީ ލިއޮނަލް މެސީ ނުލައި، މިއަދުގެ މެޗު މޮނާކޯ ދަނޑުގައި ކުޅުނުއިރު، ޕީއެސްޖީގެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ ވެސް ފެނުނީ އާދައިގެ ގޮތަކަށެވެ.

މޮނާކޯ އަށް ލީޑުނަގައިިދިނީ 25 ވަނަ މިނިޓްގައި ފްރާންސްގެ ފޯވާޑް ބެން ޔެޑާ އެވެ. އޭރިއާތެރެއިން ބެން ޔެޑާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. މެޗުގެ 68 ވަނަ މިނިޓްގައި ކެވިން ވޮލަންޑް ވަނީ މޮނާކޯގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި 84 ވަަނަ މިނިޓްގައި ބެން ޔެޑާ ވައްދާލި ޕެނަލްޓީން މޮނާކޯ ތިން ޕޮއިންޓް ޔަގީންކުރި އެވެ. މި ދެ ގޯލާ އެކު ބެން ޔެޑާ ވަނީ ލީގުގައި 17 ގޯލު ޖަހައި، ލަނޑު ލިސްޓު އެއް ވަނައިގައި އެމްބާޕޭ އަށް ވުރެ ދެ ގޯލު ކުރިއަށް ޖެހިލައިފަ އެވެ.

ކުރިން މޮނާކޯ އަށް ކުޅުނު ޕީއެސްޖީގެ އެމްބާޕޭ އަށް މިރޭ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ނުޖެހުނު.

މެޗަށް ފަހު ޕޮޗެޓީނޯ ބުނީ ކޯޗަކަށް ކޮންމެ ގޮތަކަށް ވެސް ކިޔައިދެވިދާނެ ކަމަށާއި މީގެ ކުޅުންތެރިން އަމިއްލަ އަށް ވެސް ކުޅޭހިތުން އެކަން ކުރަންޖެހޭނެ ކަމަށެވެ.

"ކުޅިވަރުގެ ހަމަތަކުން ބަލާއިރު މިއީ ލަދުގަންނަން ޖެހޭ ނަތީޖާއެއް. އަހަރެމެން ކޮންމެ ހެނެއް ވެސް އެބަޖެހޭ ޗެމްޕިއަންސް ލީގުން ކެޓުމުގެ މި މާޔޫސްކަމުން ވީ އެންމެ އަވަހަށް އަރައިގަންނަން،" ޕޮޗެޓީނޯ ބުންޏެވެ.

އެމްބާޕޭ ވެސް ވަނީ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމުން ދިމާވެފައިވާ މައްސަލަތަކަށް ވީ އެންމެ އަވަހަށް ހައްލެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 29 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ 6-1 އިން މެޓްޒް ބަލިކުރި ރެނެސް އެވެ. އެ ޓީމަށް ވަނީ 29 މެޗުން 52 ޕޮއިންޓާ އެކު އެވެ.

ތިން ވަނައިގައި އޮތް މާސޭ އާއި ހަތަރެއްގައި އޮތް ނީސް މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ އަށް އެރޭނެ އެވެ. ނީސް އާއި މާސޭ އެއްވަރުވެއްޖެނަމަ ދެ ވަނައިގައި އޮންނާނީ ރެނެސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox