ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނިން އުފެއްދުންތެރިކަން މައްޗަށް ޖައްސަން ނިންމައިފި

ތެޔޮ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ތެޔޮ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯގެ ފައިދާ 2021 ވަނަ އަހަރު ދެ ގުނަ އިތުރުވުމާ އެކު، ހަކަތަ އުފެއްދުމުގައި ކުރާ އިންވެސްޓްމަންޓް މައްޗަށް ޖައްސަން ނިންމައިފި އެވެ.

ކުންފުނިން ނިންމީ ކުރިއަށް އޮތް ފަސް އަހަރު އުފެއްދުންތެރިކަން ވަރަށް ބޮޑަށް މައްޗަށް ޖެއްސުމަށެވެ. ރަޝިއާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ރަޝިއާގެ ތެލާއި ހަކަތަ ބޭނުން ކުރުން ހުއްޓާލަން ބައެއް ގައުމުތަކުން ވިސްނާތީ، ރަޝިއާ ނޫން މާކެޓުތަކުގެ ތެލާއި ގޭސް އިތުރަށް އުފެއްދުމަށް އޮތް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ތެލުގެ އުފެއްދުންތެރިކަން މައްޗަށް ޖެއްސުމަށް ބާރު އެޅުއްވި އެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެކަމާ ގުޅޭ މަޝްވަރާތައް ސައުދީ އަރަބިއްޔާ އާއި ތެޔޮ އުފައްދާ އެހެން ގައުމުތަކާ އެކު ބާއްވާފަ އެވެ.

ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ އޯޕެކްގެ މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން އުފެއްދުންތެރިކަން އަދިވެސް މަތިކޮށްފި ނަމަ، ހަކަތައިގެ އަގު ތިރިކުރެވޭނެ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ސައުދީ އަރަމްކޯގެ ފައިދާ ވަރަށް ބޮޑަށް ވެއްޓުނެވެ. ނަމަވެސް ގައުމުތަކުން އަލުން ބޯޑަރު ހުޅުވަން ފެށުމާ އެކު، 2021 ވަނަ އަހަރު ލިބުނު އާމްދަނީ އިތުރުވި އެވެ.

އެގޮތުން 2020 ވަނަ އަހަރު 49 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު އިރު، 2021 ވަނަ އަހަރު ވަނީ އެ އަދަދު 110 ބިލިއަން ޑޮލަރަށް މަތިވެފަ އެވެ. އެނެލިސްޓުން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރުގެ ފައިދާ އެއަށްވުރެ ވެސް މަތިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox