ތެލުގެ ދަތިކަމާ ހެދި ކޮލޮމްބޯގައި ކުނި އުކުމުގެ ހިދުމަތް މެދުކަނޑާލައިފި

މިއީ ތެލުގެ ދަތިކަމާ ހެދި ކުނި އުކުމުގެ ހިދުމަތް މެދުކަނޑާލި ދެ ވަނަ ފަހަރު. -- ފޮޓޯ: ނިއުސް ފަސްޓް

މިއީ ތެލުގެ ދަތިކަމާ ހެދި ކުނި އުކުމުގެ ހިދުމަތް މެދުކަނޑާލި ދެ ވަނަ ފަހަރު. -- ފޮޓޯ: ނިއުސް ފަސްޓް

ތެލުގެ ދަތިކަމާ ހެދި ކޮލޮމްބޯ ސިޓީގައި ކުނި އުކުމުގެ ހިދުމަތް މާޗް މަސް ތެރޭގައި ދެ ވަނަ ފަހަރަށް މެދުކަނޑާލައިފި އެވެ.

ކޮލޮމްބޯ މުނިސިޕަލް ކައުންސިލުން ބުނީ ކުނި އުކުމުގައި ބޭނުން ކުރާ އުޅަނދުތަކުން ތެޔޮ ހުސްވެފައި ވާތީ، ގަންގަރަމަ، ނަރަހެންޕިތަ، ބޮރެއްލާ އަދި ޑެމަޓަގޮޑައިން ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މާޗް މަހުގެ ފުރަތަމަ ހަފްތާގައި ވެސް ތެލުގެ ދަތިކަމާ ހެދި ކޮލޮމްބޯ ސިޓީގައި ކުނި އުކުމުގެ ހިދުމަތް މެދުކަނޑާލަން ޖެހުނެވެ.

ތެލުގެ ބާވަތްތައް ހޯދަން އާއްމުން ދިގު ކިޔުތަކުގައި މަޑު ކުރަން ޖެހިފައިވާ އިރު، ކިޔުގައި ހުރި ދެ ވަނަ މީހަކު އާދީއްތަ ދުވަހު ވަނީ މަރުވެފަ އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ކަޑަވަތަ ތެޔޮ ކިޔުގައި ހުއްޓާ ހޭނެތިގެން ވެއްޓުނު އުމުރުން 70 އަހަރުގެ މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ވެސް ކެންޑީގައި ކަރާސީން ތެޔޮ ގަންނަން ކިޔުގައި ހުރި އުމުރުން 71 އަހަރުގެ މީހަކު ހޭނެތިގެން ވެއްޓި މަރުވި އެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ކާރިސާގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށް ބުރޫ އަރާފައި ވާތީ ފަށާފައިވާ މުޒާހަރާތައް އާދީއްތަ ދުވަހު ވެސް ބޭއްވި އެވެ.

އުއްބައްތި ދިއްލައިގެން މަގުމަތީގައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ މީހުންނަކީ އެއްވެސް ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ބޭރު ފައިސާގެ ދަތިކަމާ ހެދި ތެޔޮ ނުލިބި، ކަރަންޓާއި ފެން އަދި އެހެނިހެން ހިދުމަތްތައް މެދުކެނޑި، ތަކެތީގެ އަގު އުފުލެން މެދުވެރިވީ ސަރުކާރަން އަވަސް ފިޔަވަޅު ނޭޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox