މެސީ އަށް ޓަކައި ބާސެލޯނާގެ ދޮރު ހުންނާނީ ހުޅުވިފައި: ޒަވީ

Mar 20, 2022, 5:59 AM
މެސީ އަށް ޓަކައި ބާސެލޯނާގެ ދޮރު ހުންނާނީ ހުޅުވިފައި: ޒަވީ

ބާސެލޯނާ (މާޗް 20) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަށް އެ ކުލަބުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން މެސީ، 21 އަހަރަށް ފަހު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީ އަށް ބަދަލުވެ މެސީ މިހާތަނަށް އެ ޓީމަށް 26 މެޗު ވަނީ ކުޅެދީފަ އެވެ. އެ މެޗުތަކުގައި އޭނާ އަށް ޖެހުނީ އެންމެ ހަތް ގޯލެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޖެހި ފަސް ގޯލާއި ފްރެންޗް ލީގުގައި ޖެހި ދެ ގޯލެވެ.

މިރޭ ސްޕެނިޝް ލީގުގެ ފޯރިގަދަ އެލްކްލަސިކޯ މެޗުގެ ކުރިން މެސީއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޒަވީ ބުނީ، ބާސެލޯނާ އިން އަބަދުވެސް އެ ޓީމުގެ ލެޖެންޑް މެސީ އަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"ބާސެލޯނާގެ ދޮރު އަބަދު ވެސް މެސީ އަށް އޮތީ ހުޅުވިފައި. ކުލަބުގެ ތަމްރީންތައް ބަލަން ވިޔަސް، ނޫނީ އަހަންނާ ވާހަކަދައްކަން ވިޔަސް މެސީ އަށް އަބަދު ވެސް އެންމެން ވެސް މަރުހަބާ ކިޔާނެ" މެސީގެ ރަން ދުވަސްވަރު އޭނާއާ އެކު ބާސެލޯނާއަށް ކުޅެ އެ ކްލަބުގެ ކެޕްޓަންކަން ވެސް ކުރި ޒަވީ ބުންޏެވެ.

"މެސީގެ ކުރިމަގާ މެދު އަހަރެން އެއްޗެއް ނުބުނާނަން، ސަބަބަކީ އެއީ ޕީއެސްޖީގެ ކުޅުންތެރިއެއް، ބާސެލޯނާ އަށް މެސީ އެނބުރި އަންނަން ހުރިހާ ސަޕޯޓަރުން ވެސް ބޭނުންވޭ."

ޒަވީ ގަބޫލުކުރާ ގޮތުގައި މެސީ އަށް އެކަށީގެންވާ އަލްވަދާއުއެއް ބާސެލޯނާ އިން ނުކިޔަ އެވެ. އެހެންކަމުން ބާސެލޯނާ އަށް މެސީ ކޮށްދިން ކަންކަމަކުގެ އަގު ވަޒަންކުރަން ސަޕޯޓަރުންނަށް ފުރުސަތު ދެވެން އޮވެއްޖެ ނަމަ އެ ފުރުސަތަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

މެސީ ދިޔަ ފަހުން މި ސީޒަނުގެ ކުރީކޮޅުގައި ބާސެލޯނާގެ ފޯމަށް އަސަރުކުރި އެވެ. ސީޒަން ފެށިއިރު ބާސެލޯނާގައި ހުރި ކޯޗު، ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށް ގަތަރުގެ އަލް ސާދުގައި ހުރި ޒަވީ އާ ޓީމު ހަވާލުކުރި އެވެ. ބާސެލޯނާ ހަމަަމަގަށް އަޅުވަން ކުރާ މަސައްކަތުގައި ޒަވީ އަންނަނީ ކުރިއެރުން ހޯދަމުންނެވެ. މި ގޮތުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ލީގުގެ ގަދަ ހަތަރަކަށް މިހާރު ބާސެލޯނާ ވާދަކުރަމުން އަންނައިރު، ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ވެސް އެ ޓީމު ވަނީ ޖާގަ ހޯދައިފަ އެވެ.

ފްރެންޗް ލީގު އެއް ވަނައިގައި ޕީއެސްޖީ އޮތް ކަމުގައި ވިޔަސް އެ ޓީމު ވަނީ ލީގު ކަޕުން ކަޓައިފަ އެވެ. އަދި ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓް ކަމަށްވާ، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެސް މި ފަހަރު ފުރިހަމަވާން ނެތެވެ. އެއީ ގަދަ 16 ބުރުން ރެއާލް މެޑްރިޑް އަތުން ބަލިވެ ކެޓުމުންނެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުން ޕީއެސްޖީގެ ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް އަންނަނީ މެސީ އާއި އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ގޮތުން އެންމެ ފަހުން ލީގުގައި ޕީއެސްޖީ ކުޅުނު މެޗުގައިވެސް ސަޕޯޓަރުން ވަނީ މެސީ ހިމެނޭހެން އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އަޑުގަދަކޮށް އޭނާ ޖެއްސުންކޮށްފަ އެވެ.

ޕީއެސްޖީގައި އަދި ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުމެއް މެސީ އަށް ނުދެއްކޭތީ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، މެސީގެ ދިފާއުގައި ބައެއް ކުޅުންތެރިން އަންނަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި މެސީގެ ވާދަވެރި، ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި ބާސެލޯނާގެ ލެޖެންޑުން ހިމެނެ އެވެ.

އަނެއް ކޮޅުން މި ސީޒަނަށް ފަހު މެސީ، ޕީއެސްޖީ ދޫކޮށްލަން އުޅޭކަމަށް މީޑިއާތަކުގައި ވަނީ އަޑުފެތުރިފަ އެވެ. ފުޓްބޯޅަ ދިރާސާ ކުރާ މީހުންނާއި ގިނަ ސަޕޯޓަރުން ދެކޭގޮތުގައި މެސީ އެނބުރި ދާން އެންމެ ރަނގަޅުވާނީ ކެރިއަރު އެއްކޮށް ކަހަލަ ގޮތަކަށް ހޭދަކުރި ބާސެލޯނާ އަށެވެ.

ސްޕެނިޝް ލީގުގައި މެސީގެ ވިދުން އެންމެ ގަދަވި އެލް ކްލަސިކޯ މެޗު މިރޭ އޮންނާނީ އޭނާ ނެތި އެވެ. މި ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox