ކޮމަންވެލްތު ކޮލިފައިން: އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ އަށް ރިހި މެޑަލް!

Mar 19, 2022, 6:54 PM
ކޮމަންވެލްތު ކޮލިފައިން އަށް ފަހު ކުޑަކާއްޓެ (ކ)، ކޯޗު ވިނީޝިއުސް (ކ.2) ވީއޭއެމްގެ ރައީސް ރަނޭޝް (ވ.2) އަދި އެޑަމް (ވ).

ކޮމަންވެލްތު ކޮލިފައިން އަށް ފަހު ކުޑަކާއްޓެ (ކ)، ކޯޗު ވިނީޝިއުސް (ކ.2) ވީއޭއެމްގެ ރައީސް ރަނޭޝް (ވ.2) އަދި އެޑަމް (ވ).

ސްރީ ލަންކާގައި މިރޭ ނިމުނު ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ވާދަކުރި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ރިހި މެޑަލާ އެކު ކޮލިފައިން ނިންމާލައިފި އެވެ. ޗެމްޕިއަންކަން ނުލިބުމުން ރާއްޖޭގެ ޕެއާ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިނުވެ އެވެ.

މިއީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު ބީޗް ވޮލީބޯޅަ އަށް އަށް ލިބުނު ފުރަތަމަ މެޑަލް އެވެ. އެ ފަހަރު ޓީމު ބައިން ރިހި މެޑަލް ހޯދިއިރު، އިންޑިވިޖުއަލް ބައިން އެޑަމް އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. މަންކޭ މި ވަގުތު ހުރީ ޓީމުގެ މެނޭޖަރަކަށެވެ.

ރާއްޖެ، ސްރީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރްގެ ދެމެދުގައި ކޮމަންވެލްތު ކޮލިފައިން ބޭއްވީ ނިގަމްބޯ ބީޗް ކޯޓުގަ އެވެ. ޗެމްޕިއަންކަން ހޯދާ ޓީމަކަށް އެކަނި މި އަހަރު ޖުލައި މަހު އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ލިބޭ ގޮތަށް އޮތްއިރު، މިރޭގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ލަންކާގެ އަޝެން އާއި މަލިންތާގެ ޕެއާ އަތުން 21-13، 21-13 އިންނެވެ.

ކުޑަކާއްޓެ ބުނީ މިއީ އެންމެ ބޭނުންވާ ނަތީޖާ ނޫން ކަމަށާއި އެކަމަކު، އެޑަމްއާ އެކު ދެ ވަނަ މުބާރާތުގައި ކުޅެ، މި ލިބުނު ރިހި މެޑަލަކީ ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެޑަމް އާއި ކުޑަކާއްޓެ ޕެއާއެއްގެ ގޮތުގައި އެންމެ ފުރަތަމަ މުބާރާތެއް ކުޅުނީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގަ އެވެ.

މިއީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗުކަމަށް ގެނައި ބްރެޒިލްގެ މަތީ ފެންވަރުގެ ކޯޗު ވިނީޝިއުސް މާޓިން ގެނައި ފަހުން ގައުމީ ޓީމުގެ ދެ ވަނަ މުބާރާތެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ބީޗް ވޮލީބޯޅަ ޓީމަށް ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) އިން ހަމަޖައްސައިދިން ކޯޗު ވިނީޝިއުސް ހުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ.

ލަންކާ މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓޭގެ މެޗުތަކަށް ބަލާއިރު، ލަންކާގެ ޕެއާ އަޝެން އާއި މަލިންތާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ފުރަތަމަ މެޗުން ބަލިވީ 21-18 އާއި 21-15 އިންނެވެ. އެކަމަކު، ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ވަނީ ސިންގަޕޫރުގެ ޒިހާއޯ އާއި ރޭމެންގް ގެ ޕެއާ އަތުން 21-12، 21-08 އިން މޮޅުވި އެެވެ. އެހެން ނަމަވެސް މިއަދު ހެނދުނު މެލޭޝިއާގެ ޕެއާ، ޝޮން އާއި ސިމް އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ 19-21، 18-21 އިންނެވެ.

ނަތީޖާތަކަށް ފަހު ޖުމްލަ ރޭންކިން އަށް ބެލިއިރު، ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިއާ އޮތީ މެޗުގެ ނަތީޖާ ޕޮއިންޓުން އެއްވަރުވެފަ އެވެ. އެކަމަކު، ސްކޯ ޕޮއިންޓް ތާވަލުގެ ރޭންކިން އަށް ބަލައިގެން ފައިނަލުގެ ޖާގަ ލިބުނީ އެޑަމް އާއި ކުޑަކާއްޓެ އަށެވެ.

ކޯޗު ވިނީޝިއުސްއާ އެކު ދެން ގަވާއިދުން ޓްރެއިނިން ހަދަމުން އަންނަ ޕެއާ އަކީ ރާއްޖޭގެ ގައުމީ ޗެމްޕިއަން ކަމަށްވާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ. ކޮމަންވެލްތު ކޮލިފައިން ކުރިން ގަތަރުގައި ކޭމްޕްކުރިއިރާއި މުބާރާތުގެ ދަތުރުގައި ވެސް، ޑެންޒޯ އާއި ކޯކޭގެ ޕެއާ ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox