ލަންކާގައި ތެޔޮ ގަންނަން ދެ ކިލޯމީޓަރުގެ ސަފެއް، އެކަކު މަރުވެއްޖެ!

ލަންކާގައި ކަރާސީން ތެޔޮ ގަންނަން ދިގު ކިޔުއެއް ހަދާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ލަންކާގައި ކަރާސީން ތެޔޮ ގަންނަން ދިގު ކިޔުއެއް ހަދާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާގެ ކެންޑީގައި ކަރާސީން ތެޔޮ ގަންނަން ދިގު ކިޔުއެއްގައި މަޑުކޮށްގެން ހުރި މީހަކު ހޭނެތިގެން ވެއްޓި މަރުވެއްޖެ އެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ކާރިސާގައި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫ އަރާފައިވާ އިރު، ތެކުގެ ބާވަތްތައް ގަންނަން ޖެހެނީ އެތައް ވަގުތެއް ކިޔުގައި ހޭދަކޮށްގެންނެވެ.

އެގޮތުން ދެ ކިލޯމީޓަރަށް ވުރެ ދިގު ސަފުތައް ބައެއް ހިސާބުތަކުގައި ހަދަ އެވެ. މީގެ ކުރިން ވެސް ސަފުގައި މަޑުކޮށްގެން ތިބޭ ބައެއް މީހުން ހޭނެތޭ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އާއްމުވެފައިވެ އެވެ.

ޑެއިލީ މިރާ ނޫހުން ބުނީ ހޮނިހިރު ދުވަހު ކިޔުގައި ހުއްޓާ ހޭނެތިގެން ވެއްޓުނީ އުމުރުން 71 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

ތެޔޮ ގަންނަން ދިގު ކިޔުތައް ހެދުމުގެ އިތުރުން ފެނާއި ކަރަންޓު އަދި ގޭހުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. އެކި ހިސާބުތަކުން ތާވަލުކޮށްގެން ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް މިހާރު ކަނޑަ އެވެ.

އޭގެ އިތުރުން ކޮލޮމްބޯގެ ބައެއް ހިސާބުތަކަށް ހޮނިހިރު ދުވަހު 24 ގަޑިއިރަށް ފެނުގެ ހިދުމަތް މެދުކެނޑުނެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނީ އެއީ ހޮޅިއަކަށް ދިމާވި މައްސަލައަކާ ހެދި ކަމަށެވެ.

ލަންކާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހުރަސް އެޅެމުން ދާތީ، ކޮންމެ ދުވަހަކު ވެސް މިހާރު މުޒާހަރާތައް އޮވެ އެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް މުޒާހަރާތައް ހޫނުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox