ގައުމީ ތަށްޓާ އެކު ސައިކްލޯން އެނބުރި ޗެމްޕިއަނުންގެ ސަފަށް

ސައިކްލޯނުން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ސައިކްލޯނުން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ފައިނަލްގައި ފަސޭހަކަމާ އެކު ބެންޗު ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ސައިކްލޯން ބީސީ އިން ހޯދައިފި އެވެ.

ސައިކްލޯނުން އެންމެ ފަހުން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ހޯދީ 2019 ވަނަ އަހަރުގަ އެވެ. އެންމެ ފަހުން 2020 ގައި އެ ޓީމުން ގައުމީ ލީގުގައި ވާދަ ނުކުރެ އެވެ. އެ ފަހަރު އެ ޓީމުގެ ގިނަ ކުޅުންތެރިން ކުޅުނީ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ކުއީންސް ބީސީ އަށެވެ. އެނބުރި އައިސް ސައިކްލޯނުން ގައުމީ ލީގާއި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

ގައުމީ ފައިނަލުގައި މުޅިން އަލަށް ކުޅުނު ބެންޗާއި ވާދަކޮށް ސައިކްލޯނުން މެޗު ކާމިޔާބުކުރީ 95-43 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ސައިކްލޯން އޮތީ ލީޑުގަ އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބްރޮންޔަކާއި ޝައިލާން އަފްޒަލްގެ މޮޅު ކުޅުމާ އެކު ސައިކްލޯނުން ފުރަތަމަ ދެ ކުއާޓާ ނިންމާލީ 26 ޕޮއިންޓުގެ ލީޑަކާ އެކުގަ އެވެ.

Advertisement

ފަހު ދެ ކުއާާޓާގައި ސައިކްލޯން އާއި ބެންޗު ސްޕޯޓްސް އިން ވެސް ދެ ޓީމުގެ ބެންޗުގައި ތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ބެންޗަށް ސްކޯގެ ފަރަގު ކުޑަކޮށްލެވުނީ މެޗުގެ ފަހު ކުއާޓާގައި ސްކޯކުރި ޕޮއިންޓްތަކާ އެކުގަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ އެނާ އެވެ. އެނާ އަކީ ގައުމީ ލީގާއި ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގައި މި އަހަރު ކުޅުނު ހަމައެކަނި ބިދޭސީ ކުޅުންތެރިޔާ އެވެ.

ސައިކްލޯނުން ފައިނަލަށް ނުކުތީ ވެސް ތަށި ހޯދޭނެ ކަމުގެ ޔަގީންކަމާ އެކު

ޗެމްޕިއަންކަން ހޯދި ސައިކްލޯން ބީސީގެ ކޯޗު އަހުމަދު ނަޒީފް (ނަޒީ) ބުނީ ލީގުގައި ބެންޗާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި ނުކުތް ނަތީޖާތަކާ އެކު ފައިނަލް މެޗަށް ނުކުތްއިރު ވެސް ޗެމްޕިއަންކަން ހޯދޭނެ ކަމުގެ އިތުބާރު އޮތް ކަމަށެވެ.

"ފައިނަލަށް އައިއިރުވެސް ޔަގީންކަން އޮތް ވަރަށް ބޮޑަށް، އަނެއްކޮޅުން އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިންގެ ސްކޯރިން ރޭޓްވެސް ވަރަށް ރަނގަޅު. އެހެންވީމަ އެތަންކޮޅު ވެެސް މެޗުން ފެނުނު ތަފާތަކަށް،" 2019 ގައި ވެސް ސައިކްލޯނަށް ތަށި ހޯދައިދިން ނަޒީ ބުންޏެވެ.

ނަޒީފް ވަނީ މި ކާމިޔާބީ ހޯދުމަށް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެނާ ދެއްކި ކުޅުމާއިއެކު ޓީމްގެ ދިވެހި ހުރިހާ ކުޅުންތެރިން ދެއްކި ކުޅުންވެސް ފާހަގަކޮށްފަ އެވެ.

ބެންޗަށް އޮތް ޕްރެޝަރު ބޮޑު

ފައިނަލުގައި އަލަށް ކުޅުނު ބެންޗު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ޝާހިދު ބުނީ ފައިނަލްގައި ފެނުނީ ޓީމްގެ އަސްލު ފެންވަރު ނޫން ކަމަށެވެ. ބޭނުންވި ގޭމް ޕްލޭނާއި އެއް ގޮތަށް ނުކުޅެވުނު ކަމަށް ވެސް ޝާހިދު ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ފައިނަލް މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމުން ގިނަ ފުރުސަތުތަކެއް ހޯދައި ސްކޯކުރަން މަސައްކަތްކުރި ނަމަވެސް ހުސް ފުރުސަތުތަކުގައިވެސް ސްކޯ ނުކުރެވުންކަމަށެވެ.

"ރަނގަޅަށް އޮފެންސްގައި ބޭނުންވި ގޭމް ޕްލޭން ސްޓު ނުކުރެވިގެން އުޅެނިކޮށް ސައިކްލޯނުން ލީޑު ނަގައި ފަރަގު ބޮޑުކޮށްލީ. ގިނަ އެޓެމްޕްޓްތަކެއް ކުރި އެހެންނަމަވެސް ސްކޯ އެއް ނުކުރެވުނު. އެއީ އަސްލު އެންމެ ބޮޑު މައްސަލައަކީ،" ޝާހިދު ބުންޏެވެ.

ބެންޗުގެ ކޯޗު ބުނީ ޑިފެންސްގައި ރަނގަޅަށް ކުޅެވުނު ނަމަވެސް ފައިނަލް މެޗުގެ ޕްރެޝަރާ އެކު ޓީމަށް އޮފެންސްގައި އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox