ރަސްކަން ދިފާއުކޮށް، ކިންގްސް އިން ގައުމީ ތަށި މިލްކުކޮށްފި

ކިންގްސް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ކިންގްސް އިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ފަހަތުން އަރާ ރެޑްވިންގްސް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ކިންގްސް ބީސީ އިން މިލްކުކޮށްފި އެވެ.

ކިންގްސް އިން ގައުމީ ލީގާއި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ކިންގްސް އިން ހޯދާފައިވަނީ 2019 އަދި 2020 ގަ އެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ. ރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި ކިންގްސް އިން ރެޑްވިންގްސް ބަލިކުރީ 88-74 ޕޮއިންޓުންނެވެ. މިއީ ރެޑްވިންގްސް ބީސީ ގައުމީ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރެޑްވިންގްސް އިން ފައިނަލަށް ދަތުރުކުރީ ވަރުގަދަ ޓީރެކްސް ކަޓުވާލައިފަ އެވެ.

Advertisement

ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި މޮޅަށް ކުޅެ ރެޑްވިންގްސް އިން ތަފާތު ދެއްކި އެވެ. ޗެމްޕިއަން ކިންގްސް އަށް މާ ބޮޑު ފުރުސަތެއް ނުދީ މި ކުއާޓާ ނިމުނުއިރު، އެ ޓީމުން 10 ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. ތޯމަސް މަލިކްގެ މޮޅު ކުޅުމާ އެކު އެ ޓީމުން ކިންގްސް ސިއްސުވާލިއިރު، ކިންގްސް އަށް ދެ ވަނަ ކުއާޓާގައި ވެސް ރަނގަޅު ފައިޓެއް އެ ޓީމުން ދިނެވެ. ދެވަނަ ކުއާޓާގައި ކިންގްސް އިން ފަރަގު ކުޑަކުރި އެވެ. ދެ ކުއާޓާ ނިމުނުއިރު 40-43 ޕޮއިންޓުން ރެޑްވިންގްސް ކުރީގައި އޮވެގެންނެވެ.

ކިންގްސް އާއި ރެޑްވިންގްސް ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ކިންގްސް އިން ތިން ވަނަ ކުއާާޓާގައި އެ ޓީމުގެ ފެންވަރު ދައްކާލި އެވެ. ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް އަވަސް ގޭމެއް ކުޅެ ރަނގަޅު ޕްރެސްއެއް ކޮށް ރެޑްވިންގްސް ޕްރެޝަރަށް ވައްޓާލި އެވެ. ކިންގްސްގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންގެ ތަޖުރިބާއާ އެކު އެ ޓީމުން މި ކުއާޓާ ނިމުނުއިރު ނަތީޖާ އަނބުރާލި އެވެ. ކިންގްސް އިން ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލުމުގައި އެމެރިކާ ކުޅުންތެރިޔާ އާލަންޑޯ "ބެންޑޯ" ކުކް މޮޅު ކުޅުމެއް ދެއްކި އެވެ. މި ކުއާޓާ ނިމުނުއިރު 61-56 ޕޮއިންޓުން ކިންގްސް އޮތީ ކުރީގަ އެވެ.

ފަހު ކުއާޓާގެ ފުރަތަމަ ފަސް މިނެޓުގައި ރެޑްވިންގްސް އިން ރަނގަޅު ވާދައެއް ކޮށް ހަތަރު ޕޮއިންޓަށް ސްކޯ ކައިރިކުރި އެވެ. ނަމަވެސް ފަހު ވަގުތު ބެންޑޯވަނީ ކިންގްސް އަށް ބޮޑު ލީޑެއް ނަގައިދީފަ އެވެ. ކިންގްސް މެޗު ނިންމާލީ 14 ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހޯދި ބެންޑޯ އެވެ.

ރެޑްވިންގްސް އަށް ޒިލާގެ ހިފެހެއްޓުމެއް ނެތް ތައުރީފު

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ކިންގްސްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ބުނީ ފައިނަލް މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށާއި މި ނިމުނީ ވަރަށް ވާދަވެރި އަދި ފޯރިގަދަ މެޗެއް ކަމަށް ޒިލާ ބުންޏެވެ.

ޒިލާ ބުނީ ލީގުގެ ދެ ބުރުގައި ތާފަތު ބޮޑުކޮށް ރެޑްވިންގްސް އަތުން މޮޅުވެފައި އޮތުމުން މި މެޗުގައި ރެޑްވިންގްސް އިން ދެއްކީ "ސަޕްރައިޒިން" މޮޅު ކުޅުމެއް ދެއްކި ކަމަށެެވެ.

"އަސްލު ތެދަށް ބުނަންޏާ ހިއެއް ނުކުރަން ރެޑްވިންގްސް އިން މިވަރުގެ ފައިޓެއް ދޭނެކަމަށް، ވަރަށް ވާދަވެރިކޮށް މިދިޔައީ. އެކަމަކުވެސް އަހަރުމެން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން، އިނގޭ އަހަރުންގެ ގޭމް ޕްލޭނަށް ކުޅެން ފަށާއިރަށް ތާފާތު ވާނެކަން،" ޒިލާ ބުންޏެވެ.

ކިންގްސް އަށް ފުރަތަމަ ގައުމީ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި ޒިލާ ފެނުނީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ކިންގްސް އިން ގައުމީ ތަށި މިލްކުކުރިއިރު، ޒިލާ ހުރީ ބެންޗުގައި ކޯޗިން ސްޓާފުންގެ ތެރޭގަ އެވެ. ޒިލާ ބުނީ ގައުމީ ތަށި މިލްކު ކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ހުރިހާ ކުޅުންތެރިން ކޯޗުގެ ގޭމް ޕްލޭނާއި އެއްގޮތަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ޒިލާ ބުނެފައިވެ އެވެ.

ކިންގްސް ޕްރެޝަރަށް ވައްޓާލައި، ދެއްކި ރެޑްވިންގްސް އިން ދެއްކި ހިތްވަރަކީ ނަޒީ އަށް ކާމިޔާބެއް

ރެޑްވިންގްސްގެ ކޯޗު އަހުމަދު ނަޒީފް (ނަޒީ) ބުނީ މުޅިން އާ ކުޅުންތެރިންތަކެއް އައިސް މިވަރުގެ ފައިނަލެއްގައި ކިންގްސް ކަހަލަ ވަރުގަދަ ޓީމަކަމާއި ދެކޮޅަށް ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އޭނާ ބުނީ ފައިނަލްގައި ލީޑުގައި އޮވެ، އެ ލީޑު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެެވެ. ނަމަވެސް މި ކަހަލަ ފައިނަލެއްގައި އަލަށް ކުޅޭއިރު އެހެން އެވީ މި ވަރުގެ ޕްރެޝަރަކަށް ކުޅުންތެރިން އާވުމުގެ ސަބަބުން ކަމަށްވެސް ޒިލާ ވަނީ ބުނެފަ އެވެ.

"މި އޮތީ މުޅިން އާ ޓީމެއް، އެކޮޅުގައި އެއޮތީ ގައުމީ ޓީމްގެ ތިންބައިކުޅަ ދެ ބައި. އެވަރުގެ ޓީމަކާއި ދެކޮޅަށް ކުޅެ ލީޑެއް ނަގައި އެ ޓީމު އެ ޕްރެޝަރަށް ވައްޓާލީ. ވަރަށް ހިތްހަމަޖެހިފައި މިއޮތީ. ފުރަތަމަ ފައިނަލްގައި މިވަރުގެ ކުޅުމެއް ދެއްކުމަކީ ބޮޑު ކާމިޔާބެއް ގޮތުގައި މި ސިފަ ކުރަނީ،" އަންހެން ޑިވިޝަން ތަށި ސައިކްލޯނަށް ހޯދައިދީ ފިރިހެން ޑިވިޝަނުގެ ރަނަރަޕް މެޑަލް ހޯދި ނަޒީ ބުންޏެވެ.

ނަޒީ ބުނީ އިނދިކޮޅު ޓީމްގެ ބެންޗުގައި ތިބީވެސް އެއް ފެންވަރެއްގެ މޮޅު ކުޅުންތެރިން ކަމަށެވެ. އެއީ އެންމެ ބޮޑު އެއް ފަރަގު ކަމަށް ވެސް ނަޒީ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox