ނަމާލް ރާޖަޕަކްސަ ރާއްޖޭގައި "މަޖާކުރާތީ" ލަންކާ ސޯޝަލް މީޑިއާގައި ފާޑުކިޔުން

ސްޕޯޓްސް އެވޯޑް ހަފްލާއަށް ރާއްޖެ ވަޑައިގެންނެވި ނަމާލް ރާޖަޕަކްސަ ފްލައިބޯޑިން ކުރައްވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

ސްޕޯޓްސް އެވޯޑް ހަފްލާއަށް ރާއްޖެ ވަޑައިގެންނެވި ނަމާލް ރާޖަޕަކްސަ ފްލައިބޯޑިން ކުރައްވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

ސްޕޯޓްސް އެވޯޑް ހަފްލާއަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ، މޫދު ކުޅިވަރު ހަރަކާތްތަކުގައި އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އާއްމުވުމުން ލަންކާގެ ސޯޝަލް މީޑިއާ ހޫނުވެއްޖެ އެވެ.

ހުކުރު ދުވަހު އާއްމުވި ފޮޓޯ އާއި ވީޑިއޯއިން ފެންނަނީ ރާއްޖޭގައި ނަމާލް ފްލައިބޯޑިން އަދި ޖެޓް ސްކީ ދުއްވާ މަންޒަރެވެ.

ސޯޝަލް މީޑިއާގައި ފާޑުކީ ފަރާތްތަކުން ބުނީ ސްރީލަންކާއަށް ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ނަމާލް ރާއްޖެ ވަޑައިގެންނެވުން ބަލައިނުގަނެވޭނެ ކަމަށެވެ. ނަމަވެސް ލަންކާގެ ޑެއިލީ މިރާ ނޫހުން ސުވާލު ކުރުމުން ނަމާކް ވަނީ ރާއްޖެއަށް ކުރެއްވި ދަތުރު ދިފާއު ކުރައްވާފަ އެވެ.

"އަޅުގަނޑު ރާއްޖެ އައިސް މި ހުރީ އެއް ދުވަހަށް، ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރުގެ ދައުވަތަކަށް، ރާއްޖޭގެ ގައުމީ ސްޕޯޓްސް އެވޯޑް ހަފްލާގައި ބައިވެރިވުމަށް. މި ދަތުރު މުހިއްމު ވަނީ ރާއްޖެއަކީ ލަންކާގެ ގާތް އެކުވެރިޔަކަށް ވާތީ،" ނަމާލް ވިދާޅުވި ކަމަށް އެ ނޫހުގައި ވެ އެވެ.

އޭގެ އިތުރުން ދަތުރުގެ އެއްވެސް ކަމަކަށް ލަންކާ ސަރުކާރުން ހޭދަ ނުކުރާ ކަމަށް ވިދާޅުވި އެވެ.

"ފިލާ ތިވެގެން ކާރިސާއަކަށް ހައްލެއް ނުލިބޭނެ. އަޅުގަނޑުމެން މީހުންގެ ތެރެއަށް ނުކުމެ، ލަންކާގެ ފަތުރުވެރިކަން ކުރިއަރުވަން ޖެހޭ. އެކަމުގައި ރާއްޖެ ވަރަށް މުހިއްމު އަދި ސްޕޯޓްސް ފަތުރުވެރިމަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމެއް. ރާއްޖެއިން އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް ހޯދަން ޖެހޭ. ލަންކާ ޒުވާނުންނަށް އެންމެ ގިނައިން ވަޒީފާ ލިބެނީ ރާއްޖެ އާއި މެދުއިރުމަތިން."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox