ިސިންގަޕޫރު ބަލިކޮށް ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ކޮމަންވެލްތު ކޮލިފައިން ފައިނަލާ ގާތަށް

މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމް.

މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އެޑަމް.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ވާދަކުރާ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) މިއަދު ކުޅުނު ދެ ވަނަ މެޗުން ސިންގަޕޫރުގެ ޕެއާ އަތުން މޮޅުވެ، ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ކުޅެން ޖެހިފައިވަނީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށެވެ. މިއަދު ހެނދުނު ލަންކާގެ ޕެއާ އަޝެން އާއި މަލިންތާގެ ޕެއާ އަތުން ބަލިވީ 21-18 އާއި 21-15 އިންނެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ރާއްޖޭން ވަނީ ސިންގަޕޫރުގެ ޕެއާ ޒިހާއޯ ރޭމެންގް ގެ ޕެއާ އަތުން 21-12 އާއި 21-08 އިން މޮޅުވެފަ އެެވެ.

ރާއްޖޭން މާދަމާ މެލޭޝިއާގެ ޕެއާ އަތުން ހެދުނު ކުޅޭ މެޗުން މޮޅުވެއްޖެނަމަ މާދަމާ ހަވީރު ކުޅޭ ކޮމަންވެލްތު ކޮލިފައިން ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ސިންގަޕޫރު ޕެއާ ވަނީ 21-19، 21-11 އިން މެލޭޝިއާ ބަލިކޮށްފަ އެވެ. މިއަދު ހަވީރު މެލޭޝިއާގެ ޕެއާ ވަނީ ލަންކާ އަތުން 16-21، 15-21 އިން ބަލިވެފަ އެވެ. އެހެންކަމުން، މާދަމާގެ މެޗަށް ނުކުންނައިރު ވެސް މެލޭޝިއާ އަށް ފައިނަލުގެ ފުރުސަތު ނެތެވެ. ފައިނަލުގެ ޖާގަ ބޮޑަށް ހުޅުވިފައި އޮތީ ދެ މޮޅު ހޯދި ލަންކާ އަށެވެ. ރާއްޖެ އާއި ސިންގަޕޫރަށް އެއް މޮޅު ލިބިފައިވާއިރު، މާދަމާގެ މެޗުތައް މި ދެ ޓީމަށް މުހިންމުވާނެ އެވެ.

މި ފަހަރުގެ ކޮމަންވެލްތު ކޮލިފައިން އަކީ އެޑަމް އާއި ކުޑަކާއްޓެ ބީޗްވޮލީބޯޅައިގެ ޕެއާއެއްގެ ގޮތުގައި ކުޅޭ ދެ ވަނަ މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތަކީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތެވެ. އެޑަމް އަކީ މި ފަަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އެވެ. ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ކުޑަކާއްޓެ ވެސް ހިމެނެ އެވެ. ކުޑަކާއްޓެ މީގެ ކުރިން ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

އަންނަ ޖުލައި މަހު ފަހުކޮޅު އިންގްލެންޑްގެ ބާމިންހަމްގައި ފަށާ ކޮމަންވެލްތު ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ޓްރެއިނިންއެއްގެ ގޮތުން ގައުމީ ބީޗްވޮލީބޯޅަ ޓީމު ވަނީ ގަތަރުގައި ކޭމްޕެއް ބާއްވައިފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕްގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާގެ އިތުރުން ގައުމީ ކޯޗު ވިނީޝިއުސްއާ އެކު ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ ވެސް ބައިވެރިވި އެވެ. ބީޗްވޮލީބޯޅަ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ހަރަކާތްތެރިވަމުން އަންނަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox