ވިޔަރެއާލުން ޔުވެންޓަސް ކަޓުވާލައިފި، ޗެލްސީ ވެސް ކުއާޓާ އަށް

Mar 17, 2022, 3:06 AM
ލަނޑު ޖެހުމަށް ފަހު ވިޔަރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޔުއެފާ

ލަނޑު ޖެހުމަށް ފަހު ވިޔަރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޔުއެފާ

ޓިއުރިން (މާޗް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވިޔަރެއާލުން ޔުވެންޓަސް ދަނޑުގައި އެ ޓީމު 3-0 އިން ބަލިކޮށް މުބާރާތުން ކަޓުވާލިއިރު، ފަހަތުން އަރައި 2-1 އިން ލިލް ބަލިކުރި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ މަހު ވިޔަރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އޮތީ ދެ ޓީމު 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، ރޭގެ މެޗަށް ނުކުތްއިރު ވެސް ވިޔަރެއާލާއި ޔުވެންޓަސް އަށް ޔަގީންވެފައި އޮތް ކަަމަކީ މޮޅުވާ ޓީމަކަށް ކުއާޓާގެ ޖާގަ ލިބޭނެ ކަމެވެ. ވިޔަރެއާލުން ގޯލުތައް ޖެހީ މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ.

ވިޔަރެއާލުން ފުރަތަމަ ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖެރާޑް މޮރޭނޯ އެވެ. މިއީ ފްރާންސިސް ކޮކަލިން އަށް އޭރިއާތެރެއިން ޑެނިއަލް ރުގާނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މޮރޭނޯ ޖެހި ޕެނަލްޓީ ގޯލަށް ވަނީ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތުގައި ޖެހިފަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ވިޔަރެއާލުން ދެ ވަނަ ގޯލު ޖެހީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ސްޕެއިންގެ ޑިފެންޑަރު ޕައު ޓޮރޭޒް އެވެ.

އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ޔުވެންޓަސް ކޮޅަށް ވިޔަރެއާލުން ތިން ވަނަ ގޯލު ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. މި ގޯލު ޖެހީ އާނައުޓް ޑަންޖޫމާ އެވެ. މިއީ ޔުވެންޓަސްގެ މަތައިސް ޑި ލިޓް އަތުން ބޯޅައިގައި ޖެއްސުމުން ލިބުނު ޕެނަލްޓީއެކެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޖެހިޖެހިގެން ޔުވެންޓަސް ކެޓި ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2020 ގައި ލިޔޯން އަތުން ކެޓިއިރު، 2021 ގައި ކެޓީ ޕޯޓޯ އަތުންނެވެ.

ލިލްގެ ޖާލޯ (ކ) ކައިރިން ޗެލްސީގެ މަައުންޓް ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭ ލިލް ދަނޑަށް ޗެލްސީން ނުކުތްއިރު، ފުރަތަަމަ ލެގުގައި 2-0 އިން މޮޅުވެފައި އޮތް ނަމަވެސް ކުރިމަތިވެފައި އޮތް ނުތަނަވަސްކަމަކީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ މައްސަަލައިގައި ޗެލްސީގެ ރަޝިއާ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ އަސަރު ޗެލްސީ އަށް ކުރަމުންދާތީ އެވެ. ރޭގެ މެޗުގެ ކުރިން ވެސް ލިލް ދަނޑު ބޭރުގައި ޗެލްސީ ސަޕޯޓަރުންތަކަކަށް ދަނޑަށް ނުވަދެވިގެން ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔަ އެވެ.

މެޗުގެ 38 ވަނަ މިނިޓްގައި އޭރިއާތެރެއިން ޗެލްސީގެ ޖޯޖީނިއޯ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ލިލްގެ ތުރުކީ ފޯވާޑް ބުރަކް ޔިލްމާޒް ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖޯޖީނިއޯ ދިން ބޯޅައަކުން ތިރިިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހީ 71 ވަނަ މިނިޓްގައި މޭސަން މައުންޓް ނެގި ހުރަހަކުން ސެޒާ އަޒްޕިލިކުއޭޓާ ފޮނުވާލި ވޮލީއަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ޗެލްސީ އާއި ވިޔަރެއާލްގެ އިތުރުން، ރެއާލް މެޑްރިޑް، ލިވަޕޫލް، ބަޔާން މިއުނިކް، ބެންފީކާ، އެތުލެޓިކޯ މެޑްރިޑް އަދި މެންޗެސްޓާ ސިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox