ވާހަކަ ދައްކައިގެން އެތައް މައްސަލައެއް ހައްލުކުރެވިދާނެ!

Mar 31, 2022, 3:29 AM
ވާހަކަ ދައްކައިގެން އެތައް މައްސަލައެއް ހައްލުކުރެވިދާނެ!

ދިމާވާ މައްސަލަތަކުގައި ވާހަކަ ދައްކަން ނޭނގުމަކީ މި ޖީލަށް ދިމާވެފައިވާ ނުކުޅެދުންތެރިކަމެކެވެ. ޓެކްނޮލޮޖީގެ ދުނިޔެއަށް ފަރިތަވެ، ކިތަންމެ ދުރަށް އަޑު ގެންދަން އެނގުނަސް، އަސްލު ދިރިއުޅުމުގައި ހިނގާ ކަންކަމާއި ކުރިމަތި ލުމާއި، އަނެކާ ދައްކާ ވާހަކަ ކެތްތެރިކަމާއެކު އަޑު އެހުމުގެ ގާބިލުކަން އަހަރެމެންގެ ނެތެވެ. މި ގޯސް އާދައާ ހެދި އެތަކެއް އާއިލާ އެއް ރޫޅިއްޖެ އެވެ. މައިންބަފައިންނާއި ދަރިން ވަކިވެ، އެކުވެރިން ދުރުވެ، އޮފީހުގެ މާހައުލު ބައިބައި ވެއްޖެ އެވެ.

މިހެން ބުނުމުން ހިތަށް އަރާފާނެ އެވެ. ރައްޓެހި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށްވުރެ ދުރު މީހުން މާ ރަނގަޅެވެ. އޯގާތެރި އެވެ. އިހަށް ދުވަހު ފޭސްބުކް އިން ދިމާވި މީހަކާ ހިއްސާކުރުމުން ވެސް ދިނީ މާ ރަނގަޅު ނަސޭހަތެކެވެ.

ތިއީ ކުށް ހީ އެކެވެ. ކަމެއް ބޮޑުވާއިރު އަބަދުވެސް ގާތުގައި އެހީތެރިވާން އޮންނާނީ އާއިލާ އެވެ. ހެޔޮ އެދޭ ރަހުމަތްތެރިންނެވެ. އެމީހުންނަކީ ކޮބައިކަން އެނގޭނަމަ، ވަގުތު އޮއްވައި އަތުގައި ހިފާށެވެ. ދުރުކޮށް ނުލާށެވެ. ކަންކަމާ ވާހަކަ ދައްކާށެވެ. ހައްލު ހޯދާށެވެ.

Advertisement

ވާހަކަ ނުދައްކައި ހިތު ތެރޭގައި ކިތަންމެ ޝަކުވާއެއް ބަހައްޓައިގެން ހުއްޓަސް އެްއްވެސް ކަމެއް ހައްލެއް ނުވާނެ އެވެ.

ހެޔޮ އެދޭ މީހުންގެ ވާހަކަ އަޑު އަހަންވާނެ، ހިއްސާކުރަންވީ އެމީހުންނާ

މި ބުނަނީ، ހުރިހާ ވާހަކަތަކެއް ދަންނަ އެންމެނާ ހިއްސާކުރާށެކޭ ނޫނެވެ. ރަނގަޅު ގޮތަކީ ވެސް އެއީ އެއް ނޫނެވެ. އެކަމަކު ތިމާ ދެކެ ލޯބިވާ މީހުންނަކީ ކޮބައިކަން އަމިއްލަ އަށް އެނގޭ އިރު، އެމީހުން ދުރުކޮށްލައި، އެމީހުން ހެޔޮ އެދޭތީ ބުނާ ވާހަކަތައް އަޑު ނޭހުމަކީ ހެދޭ ގޯހެކެވެ. އަމިއްލަ އަށް ހޯދާ ދެރަ އެކެވެ.

މާ ބޮޑު ކަމެއް އަދި ނުކޮށްދެވުނަސް، އެފަދަ މީހެއްގެ ފަރާތުން ލިބޭ ހިއްވަރުގެ ބަހަކީ ވެސް އުނދަގޫ ދަނޑިވަޅެއްގައި ހިތަށް ލިބޭނެ ފަރުވާ އެކެވެ.

"އަހަރެންގެ ފިރިމީހާ އަކީ ވަރަށް ރަނގަޅު މީހެއް. އެކަމަކު ދެމީހުންނަށް ރަނގަޅަށް ވާހަކަ އެއް ދައްކައި ނުލެވޭތާ އެތައް ދުވަހެއް މިވަނީ. އޭނަގެ ވަޒީފާ ގެއްލިގެން އެކަމުގެ ސްޓްރެސް ގައި އަބަދު އުޅެނީ. އަހަރެންނާ ވެސް އަނގައިން ބުނަނީ އެއް ނޫން. ވެގެން އުޅޭ ގޮތެއް ބުނެގެން ވާހަކަދައްކައިގެން ދޯ ހައްލެއް ވެސް ހޯދޭނީ. ވެދާނެ، އަހަންނަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތްކަން ގަބޫލުކުރަނީ ކަމަށް،" 28 އަހަރުގެ މަރިޔަމްގެ ދެމަފިރިން ނުލާހިކު ލޯބިވެގެން ކުރި ކައިވެންޏަށް ފަސް އަހަރު ފުރި ދެ ކުދިން ލިބުނު އިރު މިހާރު އެ ދެމެދުގައި ވަނީ ބޯ ފާރެއް ލެވިފަ އެވެ. ވާހަކަ ދެއްކުމާއި ހިއްސާ ކުރުން މަދު ވެގެންނެވެ.

މިއީ ވަރަށް ގިނަ ފަހަރު ވާގޮތެކެވެ. ކަމެއް ދިމާވުމުން ގާތް މީހުންނާ ހިއްސާކޮށްގެން ލިބޭނެ ފައިދާއެއް ނޯންނަ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. އަދި، ހިއްސާކުރިޔަސް، އެމީހުން ދައްކާ ވާހަކަ ތަކާއި ދޭ ނަސޭހަތް އެއްޗަކަށް ނުހަދަ އެވެ.

ވަކި ވަރަކަށް ވުރެ ބޮޑަށް މީހުން ގާތް ވުމުން، އެމީހުން ބުނާނެ އެއްޗިއްސާއި ކަން ކުރާނެ ގޮތް އެނގޭ ކަމަށް ގަބޫލުކުރެވޭ ގޮތްވެ އެވެ. އޭގެ ސަބަބުން އެ މީހުންގެ ގާތުގައި ހިއްސާ ކޮށްގެން އިތުރަށް ލިބޭނެ މޮޅެއް ނެތް ކަމަށް ގަބޫލުކުރެވެ އެވެ.

މިހާ ހިސާބަށް ދާއިރު، ފޯނުގެ މުހިއްމުކަން ބޮޑުވެ އެވެ. އެކަނިވެރިވެފައިވާ ކަމުގެ އިހުސާސް ކުރެވޭތީ ސޯޝަލް މީޑިއާ އަށް ގޮސް ހުސްވެ އެވެ. ސްޓްރެސް ކުޑަ ކޮށްލަން، ނުދަންނަ މީހުންނާއި ވާހަކަ ހިއްސާކުރެވޭ ގޮތްވެ އެވެ.

ވާހަކަ ނުދައްކައި ތިއްބައި ރައްޓެހިން ބީރައްޓެހިންނަށް ވެދާނެ!

އެންމެ ގާތް މީހުންނަކީ ވެސް އަބަދު އެއް ގޮތެއްގައި ތިބޭނެ މީހުންނެއް ނޫނެވެ. މީހަކު އިއްޔެ ހެނދުނު ވިސްނި ގޮތަށް މިއަދު ހަވީރު ނުވިސްނަފާނެ އެވެ. އެހެންކަމުން ވާހަކަ ދެއްކުން އެބަ މުހިއްމުވެ އެވެ. ކޮންމެ ދުވަހަކު ވެސް ހިއްސާކުރުން މުހިއްމެވެ. ނޫނީ އެންމެ ގާތުގައި ތިބޭ މީހުން ބީރައްޓެހިންނަށް ބަދަލުވާން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.

ބައެއް ފަހަރު ދަރިފުޅު ކުރާ ކަމަކުން މައިންބަފައިން ހައިރާންވެ އަންތަރީސް ވާންޖެހޭ ފަހަރު އާދެ އެވެ. ބައިވެރިޔާ ކޮށްލާ ކަމަކުން ސިކުނޑި ސުމަކަށް ދާ ފަހަރު ވެސް އާދެ އެވެ. އެކަމެއް އެއިން މީހަކު ކޮށްފާނެއެކޭ ހިތަށް ވެސް ނާރުވާތީ އެވެ. މިކަހަލަ ތަޖުރިބާ ތައް ކުރަން ޖެހެނީ އެކަކު އަނެކަކަށް އެނގެންޖެހޭ ވަރަށް ނޭނގޭތީ އެވެ. ވާހަކަ ދެއްކުމާއި އަޑު އެހުމާއި ވަގުތު ދިނުން މުހިއްމު ވަނީ މި ސަބަބާ ހެދި އެވެ.

އެހެންވީމަ، މިއަދުގެ ޝެޑިއުލް ބިޒީކޮށްދާނަމަ، ވަގުތެއް ކަނޑަ އަޅާށެވެ. އެންމެ ގާތް މީހުންނަށް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލައި، ހިއްސާ ނުކޮށް އޮތް ވާހަކަ އެއް ހިއްސާކޮށްލާށެވެ. ހަގީގީ ގާތް މީހުންނަށް އަންޑަސްޓޭންޑް ވާނެ އެވެ.

އެކަކު އަނެކަކުގެ ވާހަކަ ތަކާއި އިހުސާސްތައް އަޑު އަހައި ދައްޗާއި އުފާ ޝެއާ ނުކުރެވޭ ނަމަ، ލޯތްބަކުން ކުރާނީ ވަކި ކީއް ހެއްޔެވެ؟

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox