ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Mar 16, 2022, 3:27 AM
ޓީ10 ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީ10 ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކޮންމެ ރޯދަ މަހަކު ބާއްވާ ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީބީއެމް އިން ރޯދަ މަހު ބާއްވާ ފޯރިގަދަ ކްރިކެޓް ކާނިވަލުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވަނީ މި މަހު 25 ވަނަ ދުވަހާ ހަމައަށެވެ. ބައިވެރިވުމުގެ ފުރުސަތު އޮތީ އޯޕަން ބައިން 12 ޓީމާއި ސަރުކާރު އޮފީސްތަކުން އަށް ޓީމަކަށާއި ކުންފުނިތަކުގެ ތެރެއިން 16 ޓީމަކަށެވެ.

ގަވާއިދުގައި ހިމަނާފައިވާ ބައިތަކަށް ބަލާއިރު، އޯޕަން ބައިގައި ޓީމަކަށް ގިނަވެގެން ގައުމީ ޓީމުގެ ދެ ކުޅުންތެރިންނަށް ކުޅެވިދާނެ އެވެ. ސަރުކާރު އޮފީސްތަކުގެ ޓީމުތަކަށް ގިނަވެގެން ބިދޭސީ ދެ ކުޅުންތެރިންނަށް ކުޅެވިދާނެ އެވެ. ކުންފުނިތަކުގެ ކެޓަގަރީ ވަނީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދޫކޮށްލައިފަ އެވެ.

ކޮންމެ ކެޓަގަރީއެއްގައި ޓީމު ބައިވެރިކުރުމަށް ވެސް ފީއެއް ނަގާގޮތަށް ސީބީއެމް އިން ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން އޯޕަން ބައިގެ ޕާޓިސިޕޭޝަން ފީ އަކީ 1000 ރުފިޔާ އެވެ. ސަރުކާރު އޮފީސްތަކުގެ ބައިން ބައިވެރިވުމުގެ ފީ އަކީ 1500 ރުފިޔާ އެވެ. އަދި ކުންފުނިތަކުގެ ބައިން ބައިވެރިވުމުގެ ފީ އަކީ 5000 ރުފިޔާ އެވެ.

މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމަށް ބަލާއިރު، އޯޕަން ބަޔާއި ސަރުކާރުގެ އޮފީސްތަކުގެ ބައިގެ ތެރެއިން ކޮންމެ ޗެމްޕިއަން ޓީމަކަށް 8000 ރުފިޔާ ދޭނެ އެވެ. ކޮމްޕެނީތަކުގެ ބައިން ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކްރިކެޓް ކާނިވަލުގައި ބައިވެރިވުމަށް އެދޭ ފޯމު، www.maldivescricket.org އިން ޑައުންލޯޑް ކުރެވޭނެ އެވެ.

ސީބީއެމް އިން ވަނީ މި އަހަރު ޖެނުއަރީ މަހު ޓީ20 ކްރިކެޓް މުބާރާތެއް ބާއްވައިފަ އެވެ. އަދި މިހާރު ޓީ10 ކްރިކެޓް މުބާރާތެއް ކުރިއަށްދާއިރު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވަން ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑު ޔޫތު މިނިސްޓްރީން ނެގުމުން ޓީ10 މުބާރާތުގެ ދެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުރިއަށްދާނީ މި މަހު 25 އާއި 26 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox