އެމްއެމްއޭ އާއި ބީއެމްއެލްއާ ދެކޮޅަށް ދައުވާކޮށް އިންވެސްޓުކުރި ފަރާތްތަކުގެ ފައިސާ ދޫކުރޭވޭނެ ގޮތެއް ހޯދަނީ

ކިންގްސް ފޮރެކްސް ގެ ޗެއާމަން އަލްހާން ފަހުމީ އާއި، އެ ކުންފުނީގެ އިސް ދެ ބޭފުޅުން -- އަދަދު ފޮޓޯ އަހުމަދު ސައީދު

ކިންގްސް ފޮރެކްސް ގެ ޗެއާމަން އަލްހާން ފަހުމީ އާއި، އެ ކުންފުނީގެ އިސް ދެ ބޭފުޅުން -- އަދަދު ފޮޓޯ އަހުމަދު ސައީދު

ކިންގްސް ފޮރެކްސް އަށް ގެއްލުންވެ ބަދުނާމުވާ ގޮތަށް އަމަލުކޮށްފައި ވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށާއި، އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ފައިސާ ދިނުމަށް ގޮތްތަކެއް ހޯދާނެ ކަމަށް ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިންގްސް ކެޕިޓަލް ހޯލްޑިންސްގް ޗެއާމަން، ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ މިދިޔަ ހަފުތާ ބަންދުގައި އެމްއެމްއޭ އިން ބަޔާނެއް ނެރެ، ބީއެމްއެލް އިން އެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައިވާ ވަނީ ހަގީގަތް ރަނގަޅަށް އޮޅުން ނުލިފުލުވާ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެެވެެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ޕޮންޒީ ސްކީމަކަށް އާންމުން ސަމާލުވުމަށް އެދި އެމްއެމްއޭ އިން ނެރެފައިވާ ބަޔާނުގައި ވަކި ބަޔެއްގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ބަޔާނުގެ ސަބަބުންނާއި، ބީއެމްއެލް އިން އެ ކުންފުނީގެ އެކައުންްޓް ފްރީޒް ކުރުމާއި ގުޅިގެން ގިނަ ނޫސް ތަކަކުން ކިންގްސް ފޮރެކްސް ބަދުނާމުވާ ގޮތަށް މައުލޫމާތު ފަތުރާ އެ ކުންފުނީގެ އިތުބާރު ގެއްލުވާލަން މަަސައްކަތް ކޮށްފައިވާ ކަމަށް އަލްހާން ތުހުމަތު ކުރެއްވި އެވެ.

"މި މައްސްލާގައި ބޭންކް އޮފް މޯލްޑިވްސް އާ ވާހަކަ ދައްކައިފިން މިކަން ހައްލު ކުރަން، މިކަން މި ކުރިއަށް ގެންދިއައީ ކޮން ހަމައަކުން ކޮން އުސީލަކުންކަން ބަޔާންކޮށް ދިނީމަ އެ ބޭފުޅުން ވިދާޅުވީ އެ ގޮތެއް ގަބޫލެއް ނުކުރަމޭ، އެކައުންޓް އެކްޓިވޭޓް ކޮށްދެވޭކަށް ނެތޭ،" އަލްހާން ވިދާޅުވި އެވެ. "އަޅުގަނޑު މި ގަސްދުކުރީ މިވަރުގެ ބޮޑު ގެއްލުމެެއް މިވަރުގެ ބޮޑު ބަދުނާމެއް ދިނީމަ، އެހެންވީމަ ބޭންކް އޮފް މޯލްޑްވްސް އާ އެމްއެމްއޭގެ މައްޗަށް އަޅުގަނޑު ގަސްދުކުރަނީ ދައުވާކުރަން، ކުންފުނީގެ ގުޑްވިލް ގެއްލި އަޅުގަނޑު އަބުރު ގެއްލި ލިބުނު މާލީ ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން،"

އަލްހާންގެ ލޯޔަރުންގެ ޓީމުން ބުނީ އަންނަ ހަފުތާގެ ތެރޭގައި ދައުވާ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އަލްހާން ވިދާޅުވި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ހުޅުވާލި ކިންގްސް ފޮރެކްސް ގެ އިންވެސްޓްމަންޓް ޕްލޭން ތަކުގައި 1،600 އަށްވުރެ ގިނަ މީހުން އިންވެސްޓު ކޮށްފައިވާއިރު، ދަތި ކުރުމުގެ ފިޔަވަޅުތައް އެލުމާ ގުޅިގެން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. ފޮރެކްސް ޓްރޭޑް ކުރުމަށް އެކި ފަރާތްތަކުން އިންވެސްޓް ކޮށްފައިވާ ފައިސާ ގެ އަދަދެއް އެ ކުންފުނިން ހާމައެއް ނުރެ އެވެ. ކިންގްސް ފޮރެކްސް ގެ އެންމެ ކުޑަ އިންވެސްޓްމަންޓް ޕްލޭންގައިވާ ގޮތުގައި 10،000 އިންވެސްޓް ކުރުމުން، ޖުމްލަ 25،000 ރުފިޔާ، އަށް މަސް ދުވަހަށް ބަހާލައިގެން އިންވެސްޓް ކުރާ ފަރާތައް ލިބޭނެ އެވެ.

"އެއްވެސް ފަރާތްތަކަށް މަކަރުހަދާ އޮޅުވާލައިފައެއް ނޯންނާނެ، ހުރިހާ ފައިސާގެ މުއާމާލާތެއް ހިންގާފައިވާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ހުރިހާ ފަރާތްތަކާއެކު ވެސް ކޮށްފައިވާ ކޮމިޔުނިކޭޝަން ފެންނަށް ހުންނާނެ،" އަލްހާން ވިދާޅުވި އެވެ. "ވާހަކަ މިދައްކަނީ މިކަމުގެ ހަގީގަތް ނޭނގި ތިބެ، އަޅުގަނޑުމެންނަކީ ބޭރުގެ ފަރާތްތަކާއި އެފިލިއޭޓް ވެގެން ފޮރެކްސް ޓްރޭޑް ކުރާބައެއް."

ކިންގްސް ފޮރެކްސް އިން ބުނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބޭ ގޮތަށް ބައެއް ފަރާތްތަކުން އިންވެސްޓް ކޮށްފައިވާއިރު، އިންވެސްޓް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފައިސާ ދޫކުރޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަލްހާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ބީއެމްއެލް އިން ހުރައްތައް ކުރިމާތިވާނެތީ، މިހާރު ނިންމާފައިވަނީ އިންވެސްޓަރުންގެ އީވޮލެޓް އަށް ފައިސާ ޖާމާކޮށްދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުހުއްޓުވޭނެ، ޓްރޭޑް ކުރުމެއް ވެސް ނުހުއްޓުވޭނެ، މިކަން ހުއްޓުވަންޔާ ޖެހޭނީ އިންޓަނެޓް ކަނޑާލަން، ބޭންކް އޮފް މޯލްޑިވްސް ކަންބޮޑުވެގެން މި އުޅެނީ، ބޭންކުގައި ހުރި ފައިސާ ނަގައިގެން ގެނެސް ފޮރެކްސް ގައި އިންވެސްޓް ކުރާތީ، މިހާތަނަށް އިންވެސްޓް ކޮށްފައިވާ ފާރަތްތަކުގެ ތޭރޭގައި ހިމެނެނީ ޒިންމާދާރު، ކިޔަވައިގެން ތިބި ފަރާތްތައް،" އަލްހާން ވިދާޅުވި އެވެެ.

ކިންގްސް ފޮރެކްސް އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ބްރޯކާ ޑެރައިވް އާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމާށާއި، ފޮރެކްސް ޓްރޭޑް ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާއި ކުރިއަށް އޮތްތަކުގައި މާ ފުޅާކޮށް، ފޮރެކްސް ޓްރޭޑް ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox