ޓްރެއިނިންގައި އުޅެނިކޮށް ހާލު ސީރިއަސްވެ އައިސީޔޫއަށްލީ އަމާން ވޯޑަށް ބަދަލުކޮށްފި

އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 19 އަހަރުގެ އަމާނުﷲ ޝަރީފް---

އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 19 އަހަރުގެ އަމާނުﷲ ޝަރީފް---

ސިފައިންގެ ޓްރެއިނިން ފުރިހަމަ ކުރަމުން ދަނިކޮށް ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އަމާނުﷲ ޝަރީފް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އާއިލައިން ބުނެފި އެވެ.

ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ދެ ޒުވާނަކު ހާލުދެރަވެ އައިޖީއެމްއެޗްގައި ފަރުވާދޭންފަށައިފައި ވަނީ މިދިޔަ ހަފްތާތެރޭގަ އެވެ. އެއީ އުމުރުން 19 އަހަރާއި 21 އަހަރުގެ ޒުވާނެކެވެ.

އޭގެ ތެރެއިން ހާލުދެރަވެ އައިސީޔޫގައި ފަރުވާދިން އުމުރުން 19 އަހަރުގެ އަމާންގެ ބައްޕަ، އަބްދުﷲ ޝަރީފް "އަދަދު" އަށް ބުނީ ރޭ އައިސީޔޫއިން ނެރެ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެމްއެންޑީއެފްގެ ޓްރެއިނިންއަކީ ބުރަ މަސައްކަތެއް. އެހެން އުޅޭ އުޅުމުގަ އެފަދަ ކަމެއް ދިމާވެދާނެ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލު ކުރަން. ދެން އެއީ ހަމަ އެ ދުވަހު ދިމާވި ކަމަކަށް ވެސް ވެދާނެ،" ޝަރީފް ބުންޏެވެ.

ޝަރީފް ބުނީ އެ ދުވަހު ހޮސްޕިޓަލަށް ގެނެސް ދެއްކުމުން ޑޮކްޓަރުން ތިން ކަމެއް ފާހަގަ ކުރި ކަމަށާއި އެގޮތުން ހިތުގެ ވިންދު ދަށްވުމުން އައިސީޔޫއަށްލީ ކަމަށެވެ.

"އެމްއެންޑީއެފްގެ އޮފިޝަލުންވެސް ތިއްބާ އަޅުގަނޑު ކައިރީ ހިތުގެ ޑޮކްޓަރު ވިދާޅުވީ މަސްތަކަށް ތަދުވުމާއި ވިންދު ދަށްވުމާއި މިއީ މިފަދަ ޓްރެއިނިންއެއްގަ ގިނަ ބަޔަކަށް ދިމާވެދާނެ ކަމެކޭ. އެގޮތަށް ދެތިން ކަމެއް ފާހަގަ ކޮށްފައި އިން," ޝަރީފް ބުންޏެވެ.

ނަމަވެސް މިހާރު އަމާންގެ ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

އަމާންގެ އިތުރުން ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދިޔަ 21 އަހަރުގެ ޒުވާނާ ވެސް އޮތީ ވޯޑުގަ އެވެ. އައިޖީއެމްއެޗުން ބުނީ އޭނަގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ޓްރެއިނިންގް ހަދަމުންދިޔަ ތިން ހާދިސާ ކައިރީގައި ހިނގާފައި ވާއިރު، ޓްރެއިނިންގަ ހަދަމުންދިޔަ 19 އަހަރުގެ ޒުވާނަކު ވަނީ މަރު ވެސް ވެފަ އެވެ. އެއީ މުހައްމަދު ރާފިލް އެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ރާފިލް މަރުވުމުގައި އެމްއެންޑީއެފްގެ އިހުމާލުތަކެއް އެބަހުއްޓެވެ.

އެގޮތުން ހުން އައިސް ބަލިވެ އުޅޭކަން ބުނަން މެސެޖުކޮށް 11 ފަހަރު ގުޅުމުންވެސް އިމަޖެންސީ ފަރުވާ ނުލިބި މަރުވީ ކަމަށް އާއިލާއިން ބުނެ އެވެ.

އެ ތިން ހާދިސާގައި އެކުދިންގެ ހާލު ދެރަވާން މެދުވެރި ސަބަބުތައް ދެނެގަތުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި ތަހުގީގެއް ވެސް ވަނީ ފަށައިފަ އެވެ.

އެ ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ އަސްކަރީ ތަމްރީނުތައް ބުރަވާނެ ކަމަށާއި، އެކަމުގެ ތެރޭގައި ރިސްކުތައް ހިމެނޭނެ ކަމަށެވެ. އަދި އެ ތަމްރީނުތަކަށް މީހުން ނެގުމުގެ ކުރިން އެ މީހުންގެ ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހަދާކަން އެމްއެންޑީއެފުން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox