މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހަކު ނެތް: އިމްރާން

ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ، މަޖިލީހަށް ލިއުމުން ދެއްވި ޖަވާބެއްގައި އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހަކު ނެތްކަމަށް.

ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ، މަޖިލީހަށް ލިއުމުން ދެއްވި ޖަވާބެއްގައި އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ ފުލުހަކު ނެތްކަމަށް.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ގަސްދުގައި ގޯސްހަދާ ފަރާތްތައް ފުލުހުންގެ ތެރޭގައި ތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިދިޔަ މަހު ވިދާޅުވި ނަމަވެސް, ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އެ ވާހަކަ ދޮގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޭޖީ ދެއްކެވި އެ ވާހަކައާ ގުޅިގެން ލިއުމުން ޖަވާބު ހޯއްދަވަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންނަކީ އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިގެން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާ ގާބިލު ބައެއް ކަަމަށެވެ. އަދި އޭޖީ އެވިދާޅުވި ފަދަ ގޮތަކަށް ގަސްދުގައި ގޯސްހަދާ ބަޔަކު ފުލުުހުންގެ ތެރޭގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމްވެގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.

"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމަ ރޭވިގެން އިންތިޒާމްވެގެން ވެސް އެބަ ތަހުގީގީ އިދާރާތަކުގެ މެދުގައި ނޫނީ ފުލުހުންގެ ތެރޭގައި ނޫނިއްޔާ ދައުލަތުގެ އެހެން ތަންތަނުގައި ވެސް އެބަ ތިބި ހަމަ ގޯސް ހަދާ މީހުން،" ރިފްއަތު އެ ދުވަހު ވިދާޅުވި އެވެ.

އެވާހަކައާ ގުޅުވައި ހަސަން ލަތީފު ކުރެއްވި ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ އެފަަދަ މީހުން ފުލުހުންގެ ތެރޭގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"...ފުލުހުންގެ ތެރޭގައި، ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސްހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްދުގައި ނުނިޔަތެއް ބާއްވައިގެން ކަމަށް ބަންޑާރަނައިބު އިޝާރާތްކުރައްވާފައިވާ ކަމަށް ސުވާލުގައި ބަޔާންކުރައްވާފައި ވީ ނަމަވެސް އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހައިތަނަށް ފާހަގަކުރެވިފައި ނުވާތީ ބަންޑާރަނައިބު ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވާ ވާހަކަފުޅާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިހައިތަނަށް އެއްވެސް މަޝްވަރާއެއް ބަންޑާރަނައިބާ ކޮށްފައި ނުވާ ކަމަށް ދަންނަވަމެވެ،" އިމްރާން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އޭޖީ ވިދާޅުވި ގޮތަށް ކަންތައްކުރާ ފުލުހުން ތިބިކަން ފާހަގަކުރެވިފައިވާ ނަމަ އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ ވެސް ސުވާލުގައި ހަސަން ލަތީފު އެއްސެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ގަސްދުގައި ގޯސް ހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެެހެން ނަމަވެސް މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރަން ފޮނުވުން ފަދަ މަސައްކަތްތަކަކީ ވަރަށް ބުުރަ މަސައްކަތްތަކެއް ކަމަށް ވާއިރު، ޕާފޯމެންސް ދަަށްވެގެން ބައެއް މީހުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން މިދިޔަ ތިން އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ބައެއް ތަފާސް ހިސާބުވެސް އިމްރާންގެ ޖަވާބުގައި ހިމެނުއްވި އެވެ.

"...މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހައިތަނަށް މައްސަލައެއް ހުށަހެޅިފައެއް ނުވެ އެވެ. ނަމަވެސް ދާދިފަހުން ކުރިއަށް ގެންދެވުނު މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލައި ފާސްކުރި ތަކެތީގެ އިންވެންޓްރީ ހެދުމަށް ފަހު މުވައްޒަފަކު ހަނދާން ނެތިގެން އެތަކެތި ނުދީ އޮތުމުގެ ސަބަބުން އެތަކެތި އެނަލައިޒްކުރެވިފައި ނުވާތީ އެތަކެތިން ލިބިދާނެކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ބެލެވުނު މުހިއްމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބެލެވުނު މައްސަލައެއް ބަލައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 26 ޖެނުއަރީ 2022 ގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރަމެވެ،" އިމްރާން ވިދާޅުވި އެވެ.

އެ މައްސަލައިގައި ސުވާލުކުރަން ޖެހޭ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ސުވާލުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox