ގައުމީ ބާސްކެޓްބޯޅަ މުބާރާތް: ޓީރެކްސް ބަލިކޮށް ކިންގްސް ފައިނަލަށް

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ޓީރެކްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުން ކިންގްސް ޖާގަ ހޯދިއިރު ފައިނަލުގައި އެ ޓީމު ނުކުންނާނީ ޓީރެކްސް އާއި ރެޑްވިންގްސް ވާދަކުރާ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ރެޑްވިންގްސް ފަހު ސެމީ ފައިނަލުން ފުރުސަތު ހޯދީ ބައުސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ލީގުގެ ގަދަ ދެ ޓީމްގެ ކުރިމަތިލުން، ކިންގްސް އިން ކާމިޔާބުކުރީ 89-72 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު، ދެ ޕޮއިންޓުން ޓީރެކްސް އޮތީ ކުރީގަ އެވެ. ނަމަވެސް ދެ ވަނަ ކުއާޓާއާ ހަމައިން ކިންގްސް އިން މެޗުގެ ކޮންޓްރޯލް ހޯދައި ލީޑް ނެގި އެވެ. ދެ ވަނަ ކުއާާޓާ ނިމުނުއިރު، ކިންގްސް އޮތީ 15 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

ތިން ވަނަ ކުއާޓާގައި ޓީރެކްސް އިން ރަނގަޅު ވާދައެއް ކުރި ނަމަވެސް ކިންގްސް ލީޑު ހިފަހައްޓައި ފަހު ވަގުތު ލީޑު ފުޅާކުރި އެވެ. ފަހު ކުއާޓާގެ ސްކޯ އަށް ބަލާއިރު ޓީރެކްސް ތިން ޕޮއިންޓްގެ ތަފާތެއް ދެއްކި ނަމަވެސް ކިންގްސް އޮތީ ލީޑުގައި ހަމަޖެހިލައިގެންނެވެ.

މުޅި މެޗަށް ބަލާއިރު ދެ ޓީމްގެ މައިގަނޑު ތަފާތަކަށް ފެނުނީ ބިދޭސީ ކުޅުންތެރިންނެވެ. ކިންގްސް ދެ ކުޅުންތެރިން ކަމަށްވާ ޑެކޯރޭ ޖޯންސް އާއި އާލަންޑޯ ކުކް މޮޅު ކުޅުމެއް ދެއްކިއިރު، ޓީރެކްސްގެ އެންމެ މުހިންމު ކުޅުންތެރިޔާ ފިލިޕް ވުކޮސެވިޗަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އަނިޔާގެ ސަބަބުން މެޗު ފެށިއިރު ހުރީ ކޮސްޓާ ޑޮޑެވިޗެވެ. ފިލިޕް މެޗުގައި ކުޅުނީ އެންމެ 14 މިނެޓެވެ.

ޓީރެކްސް އަތުން މޮޅުވެ ޗެމްޕިއަން ކިންގްސް ފައިނަލުން ޖާގަ ހޯދިއިރު، ޓީރެކްސް އާއި ދެކޮޅަށް ސެމީ ފައިނަލް ފަހު މެޗުގައި ނުކުންނާނީ ރެޑްވިންގްސް ބީސީ އެވެ.

ރެޑްވިންގްސް އިން ވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައުސްގެ މައްޗަށް 88-97 ޕޮއިންޓުން ކުރި ހޯދައިފަ އެވެ. ފަހު ތިން ކުއާޓާގައި ބައުސް ވާދަވެރި ކުޅުމެއް ދެއްކިނަމަވެސް، ފުރަތަމަ ކުއާާޓާގައި ނެގި ލީޑާ އެކު ރެޑްވިންގްސް އިން ވަނީ ނުވަ ޕޮއިންޓްގެ ތަފާތުން މެޗު ކާމިޔާބުކޮށްފަ އެވެ.

ފޯރިގަދަ ސެމީ ފައިނަލުގައި ދެ ޓީމުގެ ބިދޭސީ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި މެޗުގައި އެންމެ ބޮޑު ތަފާތަކަށްވީ ރެޑްވިންގްސްގެ ކެޕްޓަން މުހައްމަދު ޒީދާން އާއި ހަސަން ނަދީމް އެވެ. އެ ދެ ކުޅުންތެރިން ވަނީ މުހިންމު ދަނޑިވަޅުގައި ޕޮއިންޓްތަކެއް އެއްކޮށްދީ މެޗުން ޓީމު މޮޅުވުމުގައި ތަފާތު ދައްކައިފަ އެވެ.

ރެޑްވިންގްސް އާއި ޓީރެކްސް ވާދަކުރާ ސެމީ ފައިނަލް ފަހު މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 08:30 ގަ. އެވެ. ގައުމީ މުބާރާތުގެ ފިރިހެން ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 08:30 ގަ އެވެ.

އިއްޔެ ކުޅުނު އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ކުއީންސް ބާސްކެޓްބޯލް ކްލަބް 114-38 ޕޮއިންޓުން ބަލިކޮށް ސައިކްލޯން ބާސްކެޓްބޯލް ކްލަބް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި ސައިކްލޯން ކުޅޭނެ ޓީމެއް އެނގޭނީ ތިން ވަނަ ސެމީ އަށް ފަހު އެވެ. ތިން ވަނަ ސެމީގައި ކުއީންސް ކުޅޭނީ ބެންޗް ސްޕޯޓްސް ކްލަބާ އެވެ. ބެންޗުން ކުޅުނު ސެމީ މެޗުގައި ވަނީ 71-31 އިން އެލީޓް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox