ކިޔެވްގައި އެމެރިކާގެ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ބްރެންޓް ރެނޯޑްއަކީ 2015 ވަނަ އަހަރު ޕީބޮޑީ އެވޯޑް ހާސިލްކޮށްފައިވާ ނޫށްވެރިޔެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބްރެންޓް ރެނޯޑްއަކީ 2015 ވަނަ އަހަރު ޕީބޮޑީ އެވޯޑް ހާސިލްކޮށްފައިވާ ނޫށްވެރިޔެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔޫކްރެއިންގައި މަސައްކަތް ކުރަމުން ދިޔަ އެމެރިކާގެ ނޫސްވެރިޔެއްގެ ގަޔަށް، ވެރިރަށް ކިޔެވް ކައިރީގައި އޮންނަ އިރްޕިން އަވަށުގައި، ބަޑި ޖަހައި މަރާލައިފި އެވެ.

އުމުރުން 50 އަހަރުގެ ބްރެންޓް ރެނޯޑްއަކީ ނޫސްވެރިޔެއްގެ އިތުރުން ފިލްމު އުފައްދާ މީހެކެވެ. އޭނާ މީގެ ކުރިން ވަނީ ނިއު ޔޯކް ޓައިމްސްއަށް މަސައްކަތްކޮށްދީފަ އެވެ.

ކިޔެވް ފުލުހުންގެ ވެރިޔާ އަންދްރިޔޭ ނެބްޔީޓޯވް ވިދާޅުވީ ރެނޯޑްއަށް ޓާގެޓް ކުރީ ރަޝިއާގެ ސިފައިން ކަމަށެވެ. ހަމަލާގައި އިތުރު ދެ ނޫސްވެރިންނަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންދިޔަ އެވެ.

މިއީ ޔޫކްރެއިން ހަނގުރާމަ ރިޕޯޓް ކުރަން އުޅުމުގެ ތެރޭގައި އެހެން ގައުމެއްގެ ނޫސްވެރިޔަކު މަރުވި ފުރަތަމަ ފަހަރެވެ. ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ނިއު ޔޯކް ޓައިމްސްއިން ރެނޯޑްއަށް ދޫކޮށްފައިވާ ޕްރެސް ކާޑެވެ.

އެ ނޫހުން ނެރުނު ބަޔާނެއްގައި ބުނީ ރެނޯޑްގެ މަރާ އެކު "ފުން ހިތާމައެއް" ލިބިފައިވާ ކަމަށާއި ނަމަވެސް އޭނާ ޔޫކްރެއިންގައި އުޅުނީ އެ ނޫހުގެ ފަރާތުން ނޫން ކަމަށެވެ.

އެ ނޫހުން ބުނީ ރެނޯޑް އެންމެ ފަހުން އެ ނޫހާ އެކު މަސައްކަތް ކުރީ 2015 ގައި ކަމަށެވެ. އަދި އޭނާ ޔޫކްރެއިންގައި އަޅައިގެން އުޅުނު ޕްރެސް ކާޑަކީ އަހަރުތަކެއް ކުރިން ދޫކުރި ކާޑެއް ކަމަށެވެ.

އެމެރިކާގެ ގިނަ ނޫސްތަކަކަށް މަސައްކަތްކޮށްދީފައިވާ ރެނޯޑް ވަނީ އަފްގާނިސްތާން، އިރާގް އަދި ހެއިޓީ ފަދަ ނުރައްކާތެރި ގައުމުތަކުން ރިޕޯޓުކޮށްފަ އެވެ. އޭނާއަށް ވަނީ ޕީބޮޑީ އެވޯޑެއް ވެސް ލިބިފަ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި އެންމެ ފުރަތަމަ ނޫސްވެރިޔަކު މަރުވީ ކިޔެވްގެ ޓީވީ ޓަވަރަށް ދިން ހަމަލާގަ އެވެ. އެ ހަމަލާގައި މަރުވީ ޔޫކްރެއިންގެ ޓީވީ ޗެނަލް ލައިވްގެ ނޫސްވެރިޔާ ޔެވްހެނީ ސްކައުމް އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިނގިރޭސި ނޫސްވެރިއެއްގެ ގަޔަށް ވެސް ކިޔެވްގައި ބަޑި ޖެހުމުން އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox